ރާއްޖޭގެ ރަށްތައް ނާމާންވީ ގިސާސް ހިފަން ގައުމުގެ ވެރިން ފަސްޖެހުމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު މިފަދައިން ވިދާޅުވެފައިވަނީ އަނިޔާވެރި ގޮތަކަށް އދ. ދަނގެއްޗަށް ނިސްބަތްވާ ވިޔަފާރިވެރިއަކު މަރާލާފައި އޮއްވާ ފެނުމުން އެރަށުގެ ރައްޔިތުންގެ ހިތުގައި ބިރުވެރިކަމެއް އުފެދި ރަށް ނާމާން ވަމުން އަންނަ ކަމަށް މީސްމީޑިއާގައި ގިނަ ބަޔަކު ވާހަކަ ދައްކަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެގޮތުން އުމަރުގެ ފޭސްބުކު ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ އަމާން ރަށްތަކުގެ އަމާންކަން ގެއްލި ހުރިހާ ރަށްތަށް ނާމާން ވެފައިވަނީ ގިސާސް ހިފުމަށް ވެރިން ފަސްޖެހުމާއި، މަސްތުވާ އެއްޗެހި ހުއްޓުވުމަށް ފަސްޖެހުމާ ގުޅިގެން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ޤިސާސް ހިފުމާއެކު މަސްތުވާ އެއްޗެތީގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދޭނަން" ރައީސް ކަމަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ، މަސްތުވާތަކެތީ ރާއްޖެ އެތެރެކުރާ ބޯޓުތަކަށް އެތަކެތި ރާއްޖެއަށް އެތެރެ ނުކުރެވޭ ގޮތަށް ބޯޓުތަކަށް ބަޑި ޖަހަން ޖެހޭ ކަމަށެވެ. އަދި މީގެ ކުރިން ވެސް އުމަރު ވަނީ މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މަހުމޫދުގެ މަރާއި ގުޅިގެން ފުލުހުންގެ ހާއްސަ ޓީމެއް މިވަގުތު ދަނގެއްޗަށް ވަނީ ގޮސްފައެވެ. އެހެން ނަމަވެސް މިހާތަނަށް މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ަޔޔަ

    ހުސިޔާރު

    9
    1
  2. މުހައްމަދުﷲ

    ގިސާސް

    9
    1
  3. މުހައްމަދުﷲ

    ގިސާސް ހިފީ ކޮން އިރަކުތަ؟

    1
    7
  4. ހައްގު

    މާޝާﷲ

  5. ބޮކި

    ކަލޭ ތިވާހަކަ ދައްކަން ލަދުގަންޖެހޭނެ ؟

  6. އައިސް

    މާ ވޯޓާ ޢުމަރު

  7. ނަގުލު ފިއްތި

    ރަނގަޅު ވާހަކައެއް އުމަރު ވިދާޅުވާ ކޮންމެ ފަހަރަކު ކޮންމެވެސް ޖަނަވާރުންގެ ވިސްނުން ތިބިބަޔަކު އުމަރަށް ހަޖޫ ޖަހާނެ. މިއިން ބަަޔަކަށް މިފަދަ ކަމެއް ދިމާވީމަ އިނގޭނީ ކުރާނެ އަސަރު.

  8. ސައުދީއްޔާ

    ދުވަސްކޮޅަކުން އަބުވާގެ އަހައްމަދާ ވެސް ޖަލުން ސަލާމަތް ވެދާނެ ބާކީ ދެތިން އަހަރު. އެއީވެސް މީހެއްގެ ފުރާނަ ދުއްވާލާފަ ކުއް ސާބިތުވެގެން ހުކުމެއް ކޮށްފަ ހުރި މީހެއް. ހުރިހާވެސް މައްސަލަޔަކީ ހެދިފަހުރި ޤާނޫނުތަށް

  9. އުގުރި

    އިސްލާމީ ޝަރީޢަތް ތަންފީޛު ކުރުމަށް ގޮވާލާ... އެހެން ނޫނީ ގާނޫނު ހަދާ ހަދާ ކަލޭމެން ބޯހަލާކު ވާނީ.

    3
    1
  10. ދެބޯ

    ގަޓުގަ ތިހެން ބުނެލަންކެރޭނީ ހާދަ ފިރެހެންވަންތަ ފިރެހެނަކަށޭ. ތިއީ ހަގީގީ މުސްލިމް ލީޑަރުންގެ ސިފަ. އެމެރިކާ ނޫނީ ހުޅަނގުން ބުނާނެ އެއްޗަކައް ބަލާފަ ބުނަން އުޅޭ ބަސް ބަނޑުގަ ބާވާފަ ކަނުކޮއްލައިގެން ތިބެނީ ގިނަދުވަހު ވެރިކަމުގަ ތިބެވޭނެ ކަމައް. އިސްލާމީ ޝަރީއަތް ތަންފީޒް ކުރަން ޖެހޭ. ސަންގޯރު ގާނޫނެއް ބޭނުމެއްނޫން މިތާކައް. ނުކިޔަވާ ތިބެގެން އުޅެންވީގޮތް ކިޔަވައިގެން ތިބި މީހުންނައް ކިޔައިދޭން މަޖުލިސް މިއޮތީ. އުއްމީދަކީ އުމަރު🙏

  11. ކޮރަލް

    އެބުނީ ރަނގަޅު ވާހަކަ އެކެވެ . ދެން އެވާހަކަ ވެސް ސިޔާސީ ނުކުރާށެވެ.

  12. ސސ

    ރައްތަކުގެ އަހުލުވެރިން ﷲ އުރެދި ފާފަކުރުމުގައި ހަދުފަހަނަޅާ ދިއުމުން ﷲ އެތަންތަން ނާމާން ބިރުވެރި ތަނެއްގެ ގޮތުގައި ލައްވާ، އެބައިމީހުން އެބުރި ﷲ ގެ މަގަށް ރުޖޫޢަ ވެއްޖެއުމަށް ދާންދެން !

  13. ޚިޔާލު 3

    ރަގަޅު ވާހަކައެއް މަސްތުވާތަކެއްޗަކީ ހުރިހާ ނުބައިކަމެއްގެ އަސްލު ކަމަށް ވަނީ ހަދީސުންވެސް އަންގަވާފަ ގިސާސް އަކީ ދިރުމެއްކަމަށްވަނީ ވަހީ ކުރައްވާފަ އިންކާރު ކުރުމާއި އަމަލު ނުކޮށް ދޫކޮށްލެވޭނަމަ އަމާންކަމެއް އެކަކަށްވެސް ނުލިބޭނެ ޝަރީއަތަށް އަމަލުތައް ކުރުމަކީ ވާޖިބެއް އެކަން އެމަގުން ކުރާނެ މީހަކު ވެރިއަކަށް ގެންނާންޖެހޭނެ.

  14. Anonymous

    ރަނގަޅު ވާހަކައެއް.
    ﷲގެ އަންގަވާފައި ގޮތް ބަދަލު ކޮށް މާމޮޅެތި ޤާނޫނު ހަދައިގެން ހުރިހާ ކަމެއް ގޯހުން ގޯހަށް.
    ދެންވެސް ޢަދުލަށް ޙުކުމް ކުރުވޭތޯ ބައްލަވާ .
    ވެރިޔާ ޒިންމާ އުފުލަންޖެހޭނެ. މުސްލިމު ޤައުމެއްގެ މުސްލިމު ވެރިއެއް ކުފޫ ހަމަވާނީ.
    ނޫނީ އިސްތިއުފާ ޙައްޤު ވެއްޖެ.

  15. ހަސަދު

    މަނިކުފާނު ވަޒީރު ކަމުގައި ވެސް ގިސާސޭ ކިޔައިގެން ރައްޔިތުން މޮޔަ ހެއްދެވީ. ދެން މިހާރު އަނެއްކާ ކޮން ގިސޯސެއްގެ ވާހަކަބާ ތިޔަދައްކަވަނީ. މަނިކުފާނުގެ ވަޒީރު ކަމުގައިވެސް ފުލުހުންނަށްކަށް ކުށް މަދުކުރުމަށް މާކަބޮޑު ކަމެއް ނުކުރެވުނު. ގިސޯސް އޭ ނުކިޔާ ބަޑިޖަހާނީ އޭ ނުކިޔާ ކުށް ކުރާ މީހުންނަށް ކުށް ނުކެރެވޭނެ ފަދަ ވެއްޓެއް ގާއިމް ކުރުމުގެ ވާހަކަ ދެއްކެވުން މާރަނގަޅުވާނެ.

  16. މުފައްކިރު.

    އިހަކަށް ދުވަހު ނޫހަކުން ދުށީ ސިންގަޕޫރަށް ކެނެބިސް އެތެރެކުރި މީހަކު ދަންޖައްސާ މަރަން ޙުކުމް ކުރި ވާހަކަ. އެއީ ޣައިރު މުސްލިމް ގައުމެއް. މިއީ ސައްތައިން ސައްތަ މުސްލިމް ގައުމެއް. ފާޅުކަން ބޮޑު ގޮތެއްގައި މީހަކު މެރިޔަސް އަދި ސާބިތުވިޔަސް ޢުމުރު ދުވަހު ޖަލުގަ ބޭއްވުން ނޫންކަމެއް ނެތް. ޢުމުރު ދުވަހުގެ ޖަލުގެ ޙުކުމް 25 އަހަރުން ސަލާމަތްވޭ. ރައީސް ޔާމީން، އަދި ޢުމަރު ވެސް މަސައްކަތް ކުރީ އިސްލާމީ މުޖުތަމަޢަކަށް ، ކުށުގެ ވެށީން ސަލާމަތް ވެފައިވާ މުޖުތަމަޢަކަށް ހަދަން. މަރުގެ ޙުކުމް ތަންފީޒު ކުރުމުގެ ފުރުސަތު ލިބުނު ނަމަ ޢުމަރު ބުނިހެން މީހުން މެރުން ފަދަ ބޮޑެތި ކުށް ކުރަން ޖެހިލުންވާނެ. ޢުމަރުގެ ވާހަކަ އަށް ވަރަށް ތާއީދު.

  17. އިންޓް

    އަދި ހަމައެޔާއެކު އާންމު އަދި ފަގީރު ރައްޔިތު މީހާގެ ގޯތިގެދޮރާއި ކަރާމަތާއި އިންސާނީ ހައްގުތައް އެއީ އެއްވެސް އެއްޗެއް ނޫންކަމަށް ފުލުހުންނާއި ދެންވެސް ހުރި މުއައްސަސާތަކުންނާއި ގައުމުގެ ވެރިން ނުދެކުމުން އެމީހުންގެ ޒުވާން ދަރިން ރުޅިގަދަވެގެން ނައްޓައިގެން ގޭންގުތަކާ ގުޅުނީމަ. ދެން ލަލަލާ!