15:04

ބ. ކުޑަރިކިލުގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރުން ފަށައި، މި ވަގުތު އެ ރަށުގެ މުޖުތަމައު ތެރޭގައި އެ ބަލި އޮތް ކަމަށް ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހަންނާނު އައްބާސް ވިދާޅުވެއްޖެ

ކޮވިޑް-19 އާއިއެކު އެންމެ ބޮޑު އަސަރެއް ކުރީ ދަތުރުފަތުރަށެވެ. މުޅި ދުނިޔެ އެކީ ގާތްގަނޑަކަށް ބަންދުވިއެވެ. އަމިއްލަ ގައުމަށް ފިޔަވައި އެހެން ގައުމަތަކަށް ދަތުރު ކުރުމުގެ ފުރުސަތު ބަންދުވިއެވެ. ނަމަވެސް މިހާރު ކޮވިޑާއި އެކު އުޅުން ނޫން ގޮތެއް ނެތުމުން ގިނަ ގައުމުތައް އަންނަނީ ހުޅުވާލަމުންނެވެ.

19 މަސް ދުވަހަށް ފަހު އިންޑިއާ ވެސް މިއަދު ވަނީ ފަތުރުވެރިންނަށް ހުޅުވާލާފައެވެ. ކޮވިޑަށް އެންމެ ގިނަ ބަޔަކު ފައްސިވެ އަދި އެންމެ ގިނަ ބަޔަކު ކޮވިޑް ޖެހިގެން މަރުވި އެމެރިކާ ވެސް އަންނަ ނޮވެމްބަރ މަހުގެ 08 ވަނަ ދުވަހު ހުޅުވާލާނެ ކަން މިއަދު ވަނީ އިއުލާން ކޮށްފައެވެ. ފަތުރުވެރިކަމުގައި މުޅި ދުނިޔެ އަށް މަޝްހޫރު ބާލީ ވެސް މިހާރު ވަނީ ފަތުރުވެރިންނަށް ހުޅުވާލާފައެވެ.

އާއްމު ހާލަތައް އެނބުރި އާދެވޭތޯ ދުނިޔެ އިން މަސައްކަތް ކުރަމުން ގެންދާއިރު އެންމެ ބޮޑު ގޮންޖެހުމަކީ އަދިވެސް ވެކްސިން ފުރިހަމަ ކުރެވިފައިވާ މީހުންގެ އަދަދު މަދުވުމުންނެވެ. މުޅި ދުނިޔެ އިން ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ދުނިޔޭގެ އާބާދީގެ %40 އަށް ވެސް އަދި ނާރައެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮވިޑް އެއްކޮށް ކޮންޓްރޯލް ކުރުމަށް އާބާދީގެ %70 ވެކްސިން ފުރިހަމަ ކުރުން މުހިއްމެވެ. ނަމަވެސް އެލަނޑުދަނޑިއަށް ވާސިލް ވުމަކީ ގޮންޖެހުން ބޮޑު މަސައްކަތެކެވެ.

ކޮވިޑް އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑޫ ލެއި

    މުޅި ދުނިޔެ ހުޅުވުނަސް އައްޑޫ ސިޓީ ނުހުޅުވޭނެޔޯ