ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމްގެ މެންބަރުން އިންޑިއާ ސަފީރު ސަންޖޭ ސުދީރު ދިރިއުޅުއްވާ ފްލެޓް ކައިރީ ރޭ މުޒާހަރާކޮށްފިއެވެ.

ސަންޖޭ ސުދީރު ދިރިއުޅުއްވާ ހުޅުމާލޭގެ ފްލެޓް ކައިރިއަށް ރޭ އެއްވި މީހުން ވަނީ އިންޑިއާގެ ސިފައިން ރާއްޖެ އިން ފޭބުމަށާއި އަދި ރައީސް ސޯލިހް ވެރިކަމުން އިސްތިއުފާ ދިނުމަށް ވެސް ގޮވާފައެވެ.

މުޒާހަރާ ފެށުމާއިއެކު ފުލުހުން ވަނީ އެސަރަހައްދަށް ގޮސް ސުދީރު ދިރިއުޅުއްވާ ފްލެޓް ކައިރިން މީހުން ދުރުކޮށް ބެރިކޭޑް ޖަހާފައެވެ. އެސަރަހައްދުން މީހަކު ހައްޔަރު ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ވެސް ފެނުނެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ކެމްޕޭން މިހާރު ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ. އިދިކޮޅު ޕީޕީއެމްގެ އިސް ބޭފުޅުން ވެސް މިހާރު ވަރަށް ފާޅުގައި އިންޑިއާ އާއި ދެކޮޅަށް އާއްމުކޮށް ވާހަކަ ދައްކަވައެވެ. މީގެ ކުރިން އެބޭފުޅުން އެގޮތައް ވާހަކަފުޅެއް ނުދައްކަވައެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި މިހާރު ވެސް އިންޑިއާ ސިފައިން ތިބެއެވެ. އެއީ ހއ.ހަނިމާދުއާއި ލ.ކައްދުއާއި އައްޑޫ ސިޓީ ގަމުގައެވެ. އައްޑު އާއި ލ.އަތޮޅުގައި އިންޑިއާ ސިފައިން ތިބެނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ކަމަށް ބުނާ ހެލިކޮޕްޓަރުތައް ދުއްވާށެވެ. ހަނިމާދޫގައި އިންޑިއާ ސިފައިން ތިބެނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ކަމަށް ބުނާ ޑޯނިއާ ފްލައިޓް ދުއްވާށެވެ. އޭގެ އިތުރުން މާލެ ކައިރީ އޮންނަ އުތުރު ތިލަފަޅުގައި އިންޑިއާގެ "ޓެކްނިކަލް މީހުން" ތިބެވޭ ގޮތައް ދިވެހި ސަރުކާރުން ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. ޓެކްނިކަލް މީހުންނަކީ އެގައުމުގެ އަސްކަރިއްޔާގެ ބައެއްކަން ނުވަތަ ނޫންކަން އެއްވެސް ސަރުކާރަކުން ސާފުކޮށެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކޮސްބެ

    އިންޑިއާ އައުޓް

    12
  2. ޙަދިސައިބު

    ޢެމްޑީޕީގެ އިސްވެރިންނާއި ރައީސް ސާލިހާއި، ކެނެރީގޭ ނަސީދުއާއި މާރިޔާ ދީދީ އަދި ސާހިދު މިގައުމުން ބޭރުކުރަންޖެހޭ އަދި ދިވެހި ޕާސްޕޯޓު ކެންސަލްކުރަންޖެހޭ

    44
    2
  3. ނަކަސްބެ

    އިންޑިއާ މިލިޓަރީ މީހުން މިރާއްޖޭގައި ތިބެންޖެހޭ އެއްވެސް ސަބަބެއް ނެތް.

    50
    1
  4. އަލީ

    އިތުރަށް މުޒާހަރާ ވަރުގަދަ ކުރުމަށާ ރައްޔިތުން އެއްބައިވެ އެކަތިގަޑަކަށް ވުމަށް ގޮވާލަން.

    47
    1
  5. ހަވާސާ އިބޫ

    މީކުރަންވެއްޖެކަމެއް މާލަސްވެސްވެއްޖެ މިކަނކުރަން އިންޑިޔާ ސިފައިންނާއެކު ހިޔަޅު ސާހިދާއި ނަސީދުއާއި މާރިޔާވެސް ބޭރުކުރަންޖެހޭ!

    46
    1
  6. އަސޭލާ މަހައްތިޔާ

    މި މީހުންނަށް ވެރިކަން ލިބެން އޮތީ އިންޑިޔާ އައުޓުކީކޮށްގެން

    4
    1
  7. ދދ

    އިންޑި އާ ސިފަ އިން ރާ އްޖެ އިން ބޭލުމަށް ކުރާ
    މަސަ އްކަތަށް މަ ތާ އީދެވެ.

    10
  8. ނަސީ

    މަވެސްމީ އައްޑޫގަ އުޅޭ އައްޑޫ މީހެއް މިތާ ތިބި ހަތިޔާރު އެޅި އަންޑިޔާ ސިފައިން މަޝައް ނުފެނި މިފެންނަނީ މާލޭގަ އުޅޭ މީހުނަށް. މީދެން އަޖައިބެއް. ޢެހެން ނޫނަސް އަހަރުމެން މިއޮތީ މިތަން ވިކާފަ. މިތަނަކާ ކުޅެން އުޅޭނެ ކަމެއް ނެތް.