އދ.ދަނގެތީގައި މަރާލާފައި އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ފުލުހުން ވިދާޅުވީ މަހްމޫދުގެ މަރުގެ މައްސަލައިގައި މިއަދު ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިއީ މި މައްސަލައާ ގުޅިގެން ފުލުުހުން މީހަކު ހައްޔަރު ކުރި ފުރަތަމަ ފަހަރެވެ.

މަހްމޫދްގެ މަރުގެ މައްސަލައިގައި ފުލުހުން ދަނީ އެރަށު ގެއެއް ބަލާ ފާސް ކުރަމުންނެވެ. އެއީ އެރަށު ނެދުން ގެއެވެ. އެ ގެއަކީ ބަންގްލަދޭޝް މީހަކާއި އުމުރުން ދުވަސްވީ ދިވެއްސަކު ދިރިއުޅޭ ގެއެކެވެ.

ދަނގެތީ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މަހުމޫދު ގެއްލުނު ރޭ ގާތްގަނޑަކަށް 21:15 ކަންހާއިރު ބިދޭސީ މީހާ އުޅޭ ގެ ކައިރިން ލާފައި ދިޔަ އެ ރަށުގެ ޒުވާނަކަށް ޝައްކު ކުރެވޭ އަޑެއް އިވިގެން ބޯ ދިއްކޮށް އެ ގޯތި ތެރެ ބެލި އެވެ.

މަންޒަރު ދުށް މީހާ ގޯތިތެރެއަށް ބޯ ދިއްކޮށް ގޯތިތެރެ ބަލާލިއިރު ބިދޭސީ މީހާ، އެއްޗެއް ބިންމަތީގައި ދަމަމުން ދިޔަ ކަހަލަ މަންޒަރެއް ފެނުނު ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވެއެވެ.

ނަމަވެސް އޭނާ އާއި "ވަގުތު" އިން ސުވާލު ކުރުމުން އޭނާ ބުނީ އޭނާ އަށް "އެއްވެސް އެއްޗެއް ނުފެންނަ." ކަމަށެވެ. އަދި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށް ބުނެ އޭނާ އިތުރު އެއްވެސް މައުލޫމާތެއް ނުދިނެވެ.

މަހްމޫދު މަރާލި ހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާއިރު، އޭނާގެ ހަށިގަނޑު ފެނުނީ އޭނާގެ އުފަންގެ ކަމުގައިވާ ބިލެތްގޭގެ ފަޅަށް އޮތް ބައިގައި އޮތް ފެން ވަޅެއް ތެރެއިންނެވެ.

މަހުމޫދުގެ ހަށިގަނޑު ފެނުނީ ބުރާސްފަތި ދުވަހު މެންދުރުފަހުއެވެ.

މަހުމޫދުގެ ޖަނާޒާ އިއްޔެ އަސްރު ނަމާދަށް ފަހު ދަނގެތީގައި ވަނީ ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިންސާފް

    21.15 ގައި މެޗް ފެށުނީ. އެ ބޭބެ ގެއިން(އެ ހުރި ތާކުން) ނިކުތީ މެޗް ނިމުމުން ފޯން ކޯލެއް އައިސްގެން. ވީމާ ތި މައުލޫމާތު ދިމާނުވޭ.

    1
    1
  2. ޔަގީނޭ

    ތިޔާއީ އެއްގޮތަކަށް ވެސް ހަގީގަތެއް ކަމަށް ނުބެލެވޭ ދެން ބޭރު މީހެއްގެ ބޮލަށް ކަނޑާލާ ރަށުގައި ތިޔާ ކަން ކުރި މީހުން ސަލާމަތް ވަނީއޭ ތިޔާ ބުނާ ބޭރުމީހާ ހުރި ގޭގައި އެތަކެތި ރަށުގައި ތިޔާ ކަން ކުރި ބަޔަކަށް ބެހެއްޓޭނެއޭ ތިޔާއީ ރާއްޖެތެރޭ ރަށެއް ނޫންތޭ އެމެން ގެ ރަށު މީހަކު ތިޔާ ކަމެއް ނުކުރާ ކަމަށް ދައްކަން ވެގެން ވެސް އެމެން ތިޔާ ކަން ކޮށްފާނެއޭ އެއީ މަމެންނަށް ޔަގީން ކަމެކޭ...

  3. ޢަލީ

    އަނެއްކާ މޭރިމީހެއްގެ ބޮލައްކަނޑާލަނީބާ. ދެރަވަރުކަންކަން މީ.

  4. ޖާމުނަގަރު

    ރަނގަޅު އަލިމަގެއް ތިފެނުނީ // ބަންގާޅީންނަށް ވިސްނަން ވެއްޖެ //