މާލޭގެ ޕްރީ ސްކޫލެއްގައި ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލަ ފެންމަތިވެފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ.

ކުޑަކުދިންނާއި ގުޅޭ މިފަދަ މައްސަލަތަކުގެ މާބޮޑު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، މާލޭގެ ސްކޫލެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެނގިފައިވާގޮތުން، މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މާލޭގެ ސްކޫލެއްގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވިއިރު، އުތުރުގެ އަތޮޅުގެ ރަށެއްގައި 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެް ފެންމަތިވެ، އެ މައްސަލައިގައި މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ކަލޭނޭ މިވެރިކަމާއެކު ޖިންސީގޯނާ ، ހަކުރު އާދަޔާހިލާފަށް ތިޔާގެވެއްޖެ އެހެންތާވާނީ ފުރަތަމަވެސް މިނިވަންކުރީ ހޯރަ އިއްބެ ، މިގައުމު ސަލާމަތްކުރަން ރައްޔިތުން ނުކުންނާކަން ނުވޭބާ ވެރިމީހަޔަށް ހަމަ ރޭކާވެސް ނުލާ ބަހަބަރު

    15
    1
  2. Anonymous

    ސުބުހާނަﷲ. ޕްރީ ސްކޫލުނދަރިވަރުންނަކީ 2 އަހަރާ 6 އަހަރާ ދެމެދުގެ ތުއްތު ކުދިން.

    11
    2
  3. މަންމައެއް

    ދަރިން ސްކޫލަށް ނުފޮނުވީމަ ނުފޮނުވާ ވާހަކަ ދައްކާނެ ކަމެއް ނެތް ކަލޭމެން. އަހަރެންގެ ދަރިން ގޭގަ ބައިތިއްބައިގެން ކިޔަވާ ދޭނެ ފެންވަރު އެބަހުރި. އެއްވެސް މީހަކާ ދަރިން ހަވާލު ކުރަން އިތުބާރެއް ނުކުރެވޭ. ދަރިން ހިމާޔަތް ކުރުމުގެ ހައްގު އަހަންނަށް ނެތީ ކީއްވެ؟ ނުކިޔެވިގެން ދަރިއަށް ލިބޭ ގެއްލުން މިކަހަލަ ގެއްލުމަށް ވުރެ ބޮޑު ވާނެތަ. މި ގެއްލުމުގެ ބަދަލު އެއްވެސް މީހަކަށް ދެވޭނެ ތަ؟ އެ ތުއްތު ނަފްސު. އެ ތުއްތު ހަށިގަނޑު. އުމުރަށް ހަލާކު. ހިތް ފަޅައިގެން ދާހާވޭ!!!

  4. ބުއްޅަ

    ބުއްޅަ ގެ ދަރިން ގޭގަ ބަހައްޓައިން ކިޔަވަ ދެވޭ ދެންތިބި މީހުން މިޖެހެނީ އިންޑިޔާ ގެރިންނާ ދަރިން ހަވާލުކުރަން