ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި މާލޭ ސަރަހައްދުގައި މުސުން ގޯސްވުމާއި ގުޅިގެން ވިލިނގިލި ފެރީ ދަތުރުތައް ކެންސަލް ކޮށްފިއެވެ.

ވިލިނގިލި ފެރީ ދަތުރުތައް ކުރަމުން އަންނަ ކުންފުނި ކަމަށްވާ އެމްޓީސީސީ އިން ބުނީ މާލެއާއި ވިލިމާލެއާ ދެމެދު ބާއްވާ ބާއްވާ ފެރީ ދަތުރުތައް މެދުކަނޑާލީ، މޫސުން ގޯސްވުމުގެ ސަބަބުންކަމަށެވެ. އަދި މިކަމުގެ ސަބަބަން ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ.

އެމްޓީސީސީ އިން ބުނީ، މޫސުން ރަނގަޅުވިހާ އަވަހަށް ފެރީގެ ހިދުމަތް އަލުން ފަށާނެ ކަމަށެވެ.

މޫސުން ގޯސްވެގެން ވިލިމާލެއާ މާލެ ދެމެދު ބާއްވާ ފެރީ ދަތުރުތައް މެދުކަނޑާލާފައިވާއިރު، މިރެއާއި މާދަމާ ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވައިގަދަވެ، މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ބައެއް ހިސާބުތަކަށް އުދައިގެ އަސަރު ކޮށްފާނެ ކަމަށް ވެސް މެޓުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވުމާއި ގުޅިގެން، މޫސުމާބެހޭ ޤައުމީ އިދާރާއިން ރޭ ދަންވަރުން ފެށިގެން މުޅި ރާއްޖެއަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މި އެލާޓްގެ ވަގުތު 3 ވަނަ ފަހަރަށް އިތުރުކޮށްފައިވާއިރު، މާދަމާ ހެނދުނު 6:00 އާއި ހަމައަސް ގަޑިއަކު 28 މޭލާއި، 35 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް މުސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަހުރަބު

    ރާއްޖޭގެ ވެރިކަން ފޭރި ނުގަތްނަމަ މިއަދު ދިވެހިންގެ ކަންބޮޑުވުމެއްނެތް ތަރަށްގީގެ ބާނީ އަދިއެއްފަހަރު ރާއްޖޭގެ ވެރިކަމަށް އައުމަކީ ރަާްޔަތުންގެ ފޮނި އުއްމީދެއް.

    8
    4
  2. އަބްދުﷲ

    އެހެންވެ މި ބުނަނީ ޔާންބެ އަރުވާށޭ. އޭރަށް ތި ބުރަފަތިގަނޑު އުޅަނދުތައް އެއްލާލާފަ އެންމެން ގެޔަށްދާނީ ބުރިޖުން ސައިކަލުގަ.