އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އދ. ދަނގެތީ، މޮނަލާޒް، މަހުމޫދު އަބޫބަކުރުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މަހުމޫދުގެ އަންހެނުން މުއުމިނާ އަބޫބަކުރުއަށް ފޯނުން ގުޅުއްވައި ރައީސް ތައުޒިޔާ ވިދާޅުވެފައިވާއިރު، މަހުމޫދުގެ މަރަށް މިއަދަށް މިވަނީ ތިން ދުވަހުއެވެ.

މުއުމިނާއަށް ގުޅުއްވައި ރައީސް ވަނީ އެއާއިލާ އަށް ލިބިފައިވާ ފުން ހިތާމައިގައި ބައިވެރިވާ ކަމަށް ވިދާޅުވެ، އެލާއިންސާނީ އަނިޔާވެރި މަރުގެ ފަހަތުގައި ތިބި ބަޔަކު ހޯދުމަށް ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ މަހުމޫދުގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް އާއިލާއާއި ހިއްސާކުރެވޭ ވަރުވުމުން ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މަހުމޫދު މަރާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އޭނާ ހޯދުމަށް އެރަށު ރައްޔިތުން ނުކުމެ އުޅެނިކޮށް އޭނާގެ އަމިއްލަ އުފަންގޭގެ ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވާއެވެ.

އާއިލާއިން ބުނީ، މަހުމޫދު އެންމެ ފަހުން ފެނިފައިވަނީ ބުދަ ދުވަހުގެ ރޭ ރާއްޖެއާއި އިންޑިއާ ބައްދަލުކުރި މެޗު ބަލަން އޭނާ ހިންގަމުން އަންނަ ކެފޭގެ ތެރޭގައި އިންދާ ކަމަށެވެ. އަދި މެޗު ނިންމާލުމަށްފަހު އޭނާ ދިޔަ ގޮތަށް ހަބަރެއް ނުވާ ކަމަށް ވެސް އާއިލާއިން ވަނީ ބުނެފައެވެ.

މަހުމޫދުގެ މަރާއި ގުޅިގެން ރަށުގެ ރައްޔިތުން ތިން މީހަކަށް ތުހުމަތު ކުރާއިރު، ފުލުހުން މިއަދު ވަނީ މަހުމޫދުގެ މަރާއި ގުޅިގެން އެރަށުން ބިދޭސީ ފިރިހެނަކު ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ދަލާސްޓް

    ސްލޯ ކިޔަނީ ހަމަ ކިޔާވަރުވީމަ. 2 ދުވަސް ފަހުން މަރު ސާބިތުވިކަން ޔަގީން ތިޔަވީ. ހެޔޮނުވާނެ ފުކެއް ބޮޑުވަރު ތީ. ރައީސް އޮފީހަށް ލާގެން ތިއުޅޭ ނުކުޅެދޭ ބައިގަނޑު އަދިވެސް ބޭރުކުރަން ނުވޭތަ؟

    32
    1
  2. ާައަހުމަދު

    މިސަރުކާރަކީ ވަރަށް ސްލޯ ސަރުކާރެއް.

    32
  3. Anonymous

    ކަނޑޫދޫ މިރުސް ބަލާނިމުނީމަދޯ އަނގައިން މިބުނެވުނި.
    ތިމާގެ ރައްޔިތަކު އިހާނެތި ގޮތްތައް ނިޔާވެފައި އޮއްވާ ދެނެހުރި ކަމަށްވެސް ނަހަދާ ރައީސް މީހާ ކަނޑޫދޫ މިރުސް ބަލަން . ޢާއިލާއެއްގެ ބަޔަކު ހިތާމައިން ހިތްކުދިކުދި ވެގެން އުޅޭއިރުވެސް ކަނޑޫދޫ މިރުސް ބެލުން މުހިންމުވީ
    ބަހެއްވެސް ނުކިޔައޭ ރައްޔިތުމީހާގެ ހިތްދަތި ވަގުތުގައި

    26
    1
  4. އެންޑީ

    އެހެންވެދާނެ. ފުލުސްކޮމިޝަނަރު އާއިލީ ގޮތުން އެހާ ކައިރިވީމަވެސް. މައިދައިތަގޭ ކާމޭޒު މައްޗަކަށް ވެސް އެހަބަރެއް ނާރާނެ. 19 ދިވެހިން މަރާލުން ފެންފަދަ ބަޔަކަށް އެނުވާނެތާ ހަބަރަކަށް ވެސް

    27
  5. ފާރިޝް

    ތައުޒިއްޔާގެ ދެތިން ލަފުޒު ބުނެލަން ދެ ދުވަސް! މިސްރުކާރުގެ ތަރައްގެ ސުޕީޑު ހުންނާނެވަރު އަންދާޒާކޮށްލައްވާ!

    27
  6. މުހައްމަދު ބިން މުހައްމަދު

    މީޑިޔާގަ މީހުން ލިޔަންފެށީމަ ރޭކާލީ ރާއްޖޭގަ ކަމެއްވެގެންއުޅޭކަން، އިނގިރޭސިވިލތުގެ ކަންތަކަށް ވަގުތުން އެޓެންޑްވެވޭ، ދިވެހިންނަށް މިތިބީ އެހެންގައުމުތައް އަބަދުވެސް ފަސްޓް ގެންގުޅޭ ޕޮލިސީގެ ބައެއް ވެރިކަމަށް އަރުވައިގެން . މިޔަކުން މިގައުމާ ދިވެހިންނަށް ވާނެ ފައިދާއެއްނެތް. ކަތިބިންގާ ކެއްޗާ ހިސާބަށް ދިޔަސް ހަމަ ކައްޗައްއޮންނާނީ. ގަދައަޅާ ހުރިހާ ދިވެހިން މަސައްކަތްކޮށްގެން މިކަމުން ގައުމު ސަލާމަތް ކުރެވޭނީ.

    33
  7. މުހަންމަދު

    ގުޅާފަ އަނެއްކާ ނުރޮއެބާ؟

    25
  8. ރަން ރީނދޫ

    ކުޑަ މޯދީ އަށް މުހިއްމު ވާނީ އިންޑިއާ އަށް ގައުމު ވިއްކާފަ،ޖީބަށް ކަޓު ލުން.

    27
  9. ކާފަބޭ2020

    ވާނުވާނޭނގޭބަޔަކަށް ވާނުވާއިނގުނީމަތާ ތައުޒިޔާކިޔޭނީ!😆😆😆😆😆😆😆😆😆އަޅުގަނޑުވެސް ތައުޒިޔާދަންނަވަން!

    23
  10. މުހައްމަދު އަހްމަދު

    ރައީސް ތައުޒިޔާ ނުކިޔާ ލަސް ކުރެއްވީ މަހްމޫދު މަރުވިކަން ރައީސަށް ޔަޤީން ނުވާތި.

    21
  11. ޖީހާން

    ދިވެހިންވީމަ ހަނދާން ނެތުނީ.... ކާފަރަކު ބޭރުޤައުމެއްގައި މަރާލާފިއްޔާ ވަރަށް އަވަސް ވާނެ

    27
  12. ސޯލިބޭ

    މުއުމިނާގެ ފޯނު ނަމްބަރު ނޭގިގެން ގުޅުންލަސްވީ. ނަމްބަރު ހަމަ ލިބުނީމާ މިގުޅީ. ނޫސްވެރިން ހީވަނީ އާކުކުޅަކަށް ގާބިހެއް އެޅިގެން އުޅެހެން.

    13
    3
  13. ނަމުން ސުލޯ

    މަގޭ ފުރައިންޑު މޯޑީ ޓީމް ތަށިކާމިޔާބު ކުރީމަ އެ ސެލެބުރޭޝަން މުހިއްމުވާނެދޯ.ރައްޔތުން ޓުރައި އަންޑަސްޓޭންޑް. ދެން އެ ސެލެބުރޭޝަން ނިންމިތަނާ އިގިރޭސި ފުރެއިންޑް ޑެޑް.އެ ތައުޒިޔާތައް މުހިއްމުވާނެ ދޯ. ސެން މާލަހެއް ވެއްޖެތަ އަޅެފަހެ.މަމީ ނަމުންވެސް ސުލޯމީހެއްކަން ނޭގިތަ ހޮވީ..ދެން ތެޅިތެޅި ތިބޭ!

  14. ކެޔޮޅު

    ކުޑަމޯދީގެ ތައުޒިޔާ ވެރިކަމުން ފައިބާދުވަހު ކިޔަން ސިއްރުކޮށްފަ ބާއްވަން އުޅެނިކޮށް މިއުޅޭ އިދިކޮޅޭމެން ފަޅާ އަރުވާލީ ދެން ޖެހޭނީ 5 ދުވަސްފަހުންވެސް ކިޔަންތާ؟؟؟