10:28

ކައުބަތުﷲ ގެފުޅު އާއްމު ހާލަތައް ގެނެސް، އެންމެނަށް ނަމާދު ކުރުމުގެ ހުއްދަދީފި.

ކޮވިޑް-19 އަށް އަތޮޅު ތެރެއިން ފައްސިވާ މީހުންގެ އަދަދު އިއްޔެ ރެކޯޑް އަދަދަކަށް ދަށަށް ދިޔަ ނަމަވެސް މިއަދު އަނެއްކާ ވެސް ވަނީ އަދަދު މައްޗަށް ގޮސްފައެވެ. މިއަދު މީހުން ފައްސިވި ރަށްތަކުގެ ތަފްސީލް އެޗްޕީއޭ އިން އަދި ހާމައެއް ނުކުރެއެވެ. އެހެންކަމުން ހާލަތު ގޯސްވަމުން ދަނީ ކޮން ރަށްތަކެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ.

މިއަދު މާލެ އިން ކޮވިޑަށް ފައްސިވީ 13 މީހުންނެވެ. ނަމަވެސް އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވި މީހުންގެ އަދަދު މިއަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 84 މީހުން ފައްސިވިއެވެ. މިއަދު ރިސޯޓްތަކުން ވެސް 14 މީހުން ފައްސިވިއެވެ.

މިއަދަކީ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހަށް ފަހު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 3449 މީހުންނެވެ. މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %1.30 މީހުންނެވެ.

މިއަދު 68 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. މިހާރު 1251 މީހުން ކޮވިޑް ޖެހިފައި އެބަތިއްބެވެ. އޭގެތެރެއިން 17 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު އޮކްޓޯބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 1279 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަކީ 86088 އެވެ. އޭގެތެރެއިން 84587 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 237 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު