ރާއްޖެ އިން ކޮވިޑް-19 ޖެހިގެން 80 އަހަރުގެ ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އެފިރިހެން މީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 7:45 އެހާކަންހާއިރު ކަމަށެވެ.

މިއާއެކު ރާއްޖެ އިން ބަލި ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 238 އަށް އަރައިފައެވެ.

މިއީ މިމަހު މި ބަލި ޖެހިގެން ރާއްޖެއިން ނިޔާވި ހަވަނަ މީހާއެވެ. މިމަހުގެ ހަތަރު ވަނަ ދުވަހު 54 އަހަރުގެ ދިވެހި ފިރިހަނަކު ނިޔާވެފައިވާއިރު، 8 ވަނަ ދުވަހު 97 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ. އަދި ޖެހިގެން އައި 9 ވަނަ ދުވަހު 72 އަހަރުގެ ދިވެހި އަންހެނަކު، 13 ވަނަ ދުވަހު 81 އަހަރުގެ ދިވެހި އަންހެނެއްހެގެ އިތުރުން ހަމަ އެދުވަހު 87 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ވަނީ މި ބަލީގައި ނިޔާވެފައެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު