"މިނިވަންކަމުގެ ހިނގާލުން" ނަމުގައި ސަރުކާރު އިދިކޮޅު ކޯލިޝަނުން ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.
އިދިކޮޅުން ބުނީ، މި ހަރަކާތް އޮންނާނީ މި ފެށޭ ހުކުރު ދުވަހުގެ ހަވީރު 16:00 ގައި ކަމަށެވެ.
"މިނިވަންކަމުގެ ހިނގާލުން" ގެ ނަމުގައި ބާއްވާ މިސުލްހަވެރި ހިނގާލުން ފެށޭނީ ޕީޕީއެމް އޮފީސް ދޮރުމަތިން ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.
އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، މި ހިނގާލުން ބާއްވަން ނިންމާފައިވަނީ ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް ދިވެހި ސަރުކާރުން ކަންކަން ކުރަމުންދާތީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ކަމަށެވެ.
ޝިޔާމް ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އިންޑިއާގެ ކުންފުންޏަކަށް ދިން ދިނުން އެމްޑީޕީގެ މެމްބަރުންނާއި ނަޝީދު ދެއްކެވި ވާހަކައަށް އިޝާރާތްކޮށް މިއަދު އަނެއްކާ ވެސް ދިވެހިން، ދިވެހިންގެ އެއަރޕޯޓް ހޯދަން ނިކުންނަ ދުވަސް ގާތްވެއްޖެ ކަމަށް ވިދާޅުވެފައެވެ.
"މިއަދު އަނެއްކާ ވެސް މިފެންނަނީ ދިވެހި ރައްޔިތުންގެ މައި ދޮރޯށި ހޯދުމަށް ދިވެހިން ކުރި މަސައްކަތް އަލުން ކުރަންޖެހިފައިވާ ތަން. މިއަދު އަނެއްކާވެސް ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ މަސައްކަތް ކުރާކަމުގެ އަޑުތައް އިވެމުންދަނީ." ޝިޔާމް ވިދާޅުވިއެވެ.
މިހުކުރު ދުވަހު އިދިކޮޅުން ހިނގާލުމެއް ބޭއްވުމަށް ނިިންމާފައިވާއިރު، މީގެ ކުރިން ވެސް އިދިކޮޅުން ވަނީ އެކި ނަން ނަމުގައި ހިނގާލުންތަކެއް ބާއްވާފައެވެ.
މިނިވަންކަމުގެ ހިގާލުންތޯ ނޫނީ ވަގުންގެ ހިގާލުންތޯ.
ދިވެހީން ބޮލުރޮދި ކެނޑުނީމަ ވާގޮތް އަނެއްކާވެސް ފެންނާނެ /
ވަރައްރަނގަޅުކަމެއް!!!!