މާލޭގެ ޕްރީސްކޫލެއްގައި، ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ޓީޗަރު އެޑިއުކޭޝަން މިނިސްޓްރީން ސަސްޕެންޑްކޮށްފިއެވެ.

ކުޑަކުދިންނާ ގުޅުންހުރި މައްސަލައަކަށްވާތީވެ އެއީ ކޮން ސްކޫލެއްކަމެއް ނުވަތަ އެ ޓީޗަރާ ގުޅޭ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ. އެ މައްސަލަ ފުލުހުންވެސް ދަނީ ބަލަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސީރިޔަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުންދާ ކަމަށެވެ.

އެކަމުގެ މައުލޫމާތު ލިބުނު ހިސާބުން ފެށިގެން އެކަމުގައި އަޅަން ޖެހޭ ފިޔަވަޅު އަޅަމުންދާ ކަމަށާއި، މައްސަލަ ބަލައި ނިމެންދެން ޓީޗަރު ސަސްޕެންޑް ކޮށްފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ސްކޫލުތަކުގެ ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް މި ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހާލުފޮޅި

    ސްކޫލާ ޓީޗަރުގެ ނަން ބުނީމަ ދޯ އެހެންކުދިންވެސް ތިބީ ސަލާމަތުންތޯ ބެލޭނީ.. މާ މޮޅު ކަމެއްވިއްޔަ އެކުރީ ސިއްރުކުރަން… ފޮޓޯވެސް ޖަހަންވީ..

  2. ދަރަނި ދަންތުރަ

    ބައެއް މީހުންގެ ފުޓޯ ޖަހާ ކަންހިނގާތާ ސިކުންތެއްގެ ތެރޭ ، މިކަންކުރީ އަނެއްކާ ރޯޔަލް ބޭފުޅެއްބާ ؟