އދ.ދަނގެތީގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލައިގައި އިއްޔެ ހައްޔަރު ކުރި ބަންގްލަދޭޝް މީހެއްކަމަށްވާ ސާލިމް އަމަލު ކުރި ގޮތް ފުލުހުންނަށް ކިޔައި ދޭން ފަށައިފިއެވެ.

އިއްޔެ ހައްޔަރު ކުރި ސާލިމް މިއަދު ހެނދުނުވެސް ވަނީ އޭނާ ދިރިއުޅެމުންދާ ނެދަން ގެއަށް ގެންގޮސްފައެވެ. އަދި މީގެ އިރުކޮޅެއް ކުރިންވެސް ވަނީ އެގެއަށް ގެންގޮސްފަައެވެ.

ބިދޭސީ މީހާ ގެ ފެންނަ ސަރަހައްދަށް ދަނގެތި ރައްޔިތުން ޖަމާވެފައި - ވަގުތު އިމޭޖަސް: އަހްމަދު އަޝްހާދު އަބްދުﷲ

އެ ރަށުގައި ހަރަކާތްތެރިވަމުންދާ "ވަގުތު"ގެ ނޫސްވެރިންނަށް ވަނީ ސާލިމް ފުލުހުންނާ އެކު އެއް ތަނުން އަނެއް ތަނަށް ދިޔަ ތަން ފެނިފައެވެ. އަދި އަތުގެ އިޝާރާތުން އެކިއެކި ވާހަކަތައް ކިޔައި ދިން ތަން ފެނުނެވެ.

މީގެއިތުރުން ފުލުހުން ބައެއް ތަންތަނަށް ސާލިމް ގެންގޮސް އޭނާ އަމަލު ކުރި ގޮތް ކުޅުވާފައިވެއެވެ. އެ މަސައްކަަތުގެ ތެރެއިން މަހްމޫދް ފެނުނު ފެންވަޅު ހުރި ގޯއްޗަށްވެސް ސާލިމް ގެންގޮސް އަމަލު ކުރި ގޮތް ކުޅުވާފައިވާކަމަށް ނޫސްވެރިން ބުންޏެވެ.

މަހްމޫދުގެ ހަށިގަނޑު ފެނުނު ވަޅު: ވަގުތު އިމޭޖަސް: އަހްމަދު އަޝްހާދު އަބްދުﷲ

އަދި ސާލިމް ދިރިއުޅޭ ގޭގެ ފާރުމަތިން އޭނާ އެރިގޮތްވެސް ފުލުހުންނަށް ދައްކާފައި ވާ ކަމަށް ނޫސްވެރިން ބުންޏެވެ.

އަދި ނެދުންގެ އާއި ފެންވަޅު ހުރި ގޯއްޗާއި ދެމެދު ހުރި ބައެެއް މަގުތަކުގައި ސާލިމް ހިނގުވާފައި ގެންގޮސްފައިވާ ކަމަށް ބުންޏެވެ. އެއިރުވެސް އޭނާ ދިޔައީ އަމަލު ކުރި ގޮތް ކިޔާދެމުންނެވެ.

"ވަގުތު"ގެ ނޫސްވެރިންނަށް ވަނީ މަށަންދައްޗާއި އުދަލި ފަދަ ބައެއް ތަކެތި ބަންދުކޮށްފައި އޮތް ސަރަހައްދަށް ފުލުހުން ވައްދާ ތަން ފެނިފައެވެ.

މަހްމޫދުގެ މަރާއި ގުޅިގެން ފުލުހުން ބަލާ ފާސް ކުރަމުންދާ ސަރަހައްދު ބަންދުކޮށްފައި - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

އެ މައްސަލައިގައި ފުލުހުން މިއަދު ވަނީ އެރަށު ބޮޑު ސަރަހައްދެއް ބަންދުކޮށް ބަލާ ފާސް ކުރަމުންނެވެ. އެގޮތުން ފުލުހުން ބަލާ ފާސް ކުރަމުން ދަނީ ނެދަން ގެއާ ދުރު ހިސާބެއްގައި ހުންނަ ސަރަހައްދެކެވެ.

މަހުމޫދުގެ މަރުގެ ތަހްގީގުގައި މިހާތަނަށް ފުލުހުންނަށް ލިބިފައިވާ ކުރިއެރުންތަކުގެ އެއްވެސް މައުލޫމާތެއް ވެސް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މަހްމޫދް މަރާލި މައްސަލައިގައި ހައްޔަރު ކުރި ސާލިމް ފުލުހުންނާއެކު ވެހިކަލްގައި، ސާލިމް ހުދުކުލައިގެ ގަމީހެއް ލައިގެން - ވަގުތު އިމޭޖްސް

އެ މައްސަލައިގައި ހައްޔަރު ކުރި ސާލިމްގެ ބަންދަށް އެރަށު ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކާފަބޭ2020

    އަޅުގަނޑަށްޤަބޫލުކުރެވޭގޮތުގައި އެންމެފަރުދަކަށްތިޔަކަމެއްނުކުރެވޭ! ދެންނާޗަރަންގީކުޅުވުމުގެ ބޭނުމަކީ ކޮބައިބާ؟ ސިއްރުކުރަންޖެހޭފަދަސަބަބެއްއޮތީބާ؟ ކުރާހުރިހާކަމެއްސިއްރުކުރަންބޭނުންވާބަޔަކު ސަރުކާރުތެރޭގަ ބޯވައިގެފައިތަތްކުރާފަދައިން ތަތްކޮށްފަވާމަންޒަރުފެންނާތީ ހަމަ އަހާލެވުނީ!!!!!😉😉😉😉😉😋

    4
    3
  2. އެކްސް އިންޓެލް

    ސާލިމް ތިކަންތައް ކުރިކަން މުސްކުޅި މީހާއަށް ވެސް އެނގޭނެ.. އަދި ތިއީ އެކަކަށްވާނެ ވަރުގެކަމެއްނޫން..

    5
    1
  3. ހުސެމް

    ދެން ނުބުނުއްވާތި ސިކުނޑި ހަމަނުޖޭހޭ މީހެކޭ..އެއްބަސްވީމަ އެސާބިތުވީ އެއައްވުރެބޮޑު ސާބިތެއްކިބާތޯ...ކޮންމެހެން ފިލްމުކުޅުވާ ހުރިހާ ކަމެއްބޭނުމެއްނޫން ދެއްތޯ އާވެގެންނޫޅެ އިލާހީގާނޫނުގައި ވާގޮތުގެމަތިން ތަންފީޒް ކުރަންވީ...ނޫނީ ފެންނާނީ ކޮންމެވެސް އެއްޗެކޭ ކިޔާ ފުލުހުން ތިޔަމީހާ ދޫކޮއްލާތަން..ފުލުހުން ބަންގާޅީންދެކޭ ވަރައްނިރުގަންނާނެ...އަދި ބައެއް ފުޅިހުން ތިބޭނީ ނަންގާޅީންގެ ދަށުވެސްވެފަ މިވެސް ވެދާނެކަންކަން ދުރެއްނޫނއ

    4
    6
  4. މޮޔަ ދިވެހިން

    ބަންގާޅީން އުނގަށް ލައިގެން ތިބެ ބަލަ...

    5
    1
  5. Anonymous

    ޢާއިލާއަށް ހާދަ އަސަރެއް ކުރާނެއޭ
    ލާރިއަށް ދަތިވެގެން ބުންޏަސް އެހާ ހެޔޮ ބޭބެއެއް ނުދީއެއް ނުހުންނާނެ ކަން ޔަޤީން.
    ކީއްކުރާނީ.
    މަރްޙޫމް ގެ ފާފަތައް ފުއްސަވައި ދާއިމީ ސުވަރުގެ މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާ ހިތާމަތައް ފިއްލަވާ ހިތްހަމަޖެހުމާއި އުފާވެރިކަން މިންވަރު ކުރައްވާ ދޭވެ އާމީން

  6. މަންކީ

    އަދިވެސް ފިތުނަ ފަސާދަ އުފެދޭގޮތަށް ދޯހަޅިއޭ ބާންގޑ ކިޔާ

    6
    1
  7. ދޯކާ 1

    ފުލުހުންގެ ތިކާމިޔާބަށް މަރުހަބާ ///