އދ.ދަނގެތީގައި މަހުމޫދު އަބޫބަކުރުގެ މަރާލި ކަމަށް އެރަށު ރައްޔިތުން އެންމެ ފުރަތަމަ ތުހުމަތު ކުރި ދެ މީހުން ދުއްވި ސައިކަލު ރޯކުރިތާ ތިން ދުވަސް ފަހުން ފުލުހުންގެ ބެލެމުގެ ދަށަަށް ގެންގޮސްފިއެވެ.

މިއީ އެރަށުގައި ދިރިއުޅެމުންދިޔަ ތޮއްޑޫ ދެ މީހެއްގެ ސައިކަލެވެ. އެ ދެ މީހުންވެސް ވަނީ އެހެން މައްސަލައެއްގައި މަހިބަދޫއަށް ގެންގޮސްފައެވެ. އެ މީހުންނާއެކު އަންހެނަކުވެސް ގެންގޮސްފައި ވެއެވެ. މި ތިން މީހުންނަކީ މަހްމޫދްގެ މަރާލި ކަމަށް އެރަށު މީހުން ތުހުމަތު ކުރި ތިން މީހުންނެވެ.

އެހެން ނަމަވެސް ފުލުހުން ވިދާޅުވީ، ތިން މީހުން ހައްޔަރުކޮށްފައި ތިބީ މަރުގެ މައްސަލައާއި ގުޅިގެން ނޫން ކަމަށާއި އެމީހުން ހައްޔަރުކޮށްފައި ތިބީ އެހެން މައްސަލައެއްގައި ކަމަށެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން އެ މީހުން ދުއްވި ސައިކަލު އަންދާލިތާ ތިން ދުވަސް ފަހުން މިރޭގެ ވަގުތެއްގައި ފުލުހުން އެ ސައިކަލު، އެރަށު ފުލުހުންގެ އިދާރާއަށް ގެންގޮސްފައި ވަނީ ތަހުގީގަށް ބަލަން ޖެހޭ ކަންކަން ބެލުމަށެވެ.

މިހާރު އެ ސައިކަލު ވަނީ ދަނގެތީ ފުލުހުންގެ އިދާރާއަށް ވައްދާފައެވެ.

މަހްމޫދްގެ މަރުގެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ އެންމެ މީހެކެވެ. އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެރަށުގައި ދިރިއުޅެމުންދާ މީހެކެވެ.

ސާލިމް ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

މަހްމޫދް މަރާލި މައްސަލައިގައި ހައްޔަރު ކުރި ސާލިމް ފުލުހުންނާއެކު ވެހިކަލްގައި ސާލިމް ހުދުކުލައިގެ ގަމީހެއް ލައިގެން - ވަގުތު އިމޭޖްސް

އެ މައްސަލައިގައި ފުލުހުން މިހާރުވެސް ދަނީ އެރަށުގެ އެކި ތަންތަން ބަލާ ފާސް ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އަދި ފުލުހުން ވަނީ ސާލިމް ގޮވައިގެން ގޮސް، މަހްމޫދް މަރާލި ގޮތް އޭނާ ލައްވާ ކުޅުވާފައެވެ.

މަހުމޫދުގެ މަރުގެ ތަހްގީގުގައި މިހާތަނަށް ފުލުހުންނަށް ލިބިފައިވާ ކުރިއެރުންތަކުގެ އެއްވެސް މައުލޫމާތެއް ވެސް އަދި މިހާތަނަށް ހާމަކޮށްފައި ނުވާ ކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖުހާނާ

    މަހުމޫދު މަރާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަނުކުރާކަމަށް ލިޔެފައި އޮތްއިރު، މަހުމޫދު މަރާލިގޮތް ސާލިމް ލައްވައި ފުލުހުން ކުޅުވިކަން އެނގުނީ ކިހިނެއް؟

  2. ކުކުޅު ޙާ

    ބޭރު މީހުން ވެސް އުޅޭ އެހެން ގައުމުތަކުގައި ވެސް މިރާއްޖޭގައި އެއްވެސް އުސޫލެއް ނޯވޭ. ޙެޔޮ އެއްވެސް ލިޔުމެއް ނެތަސް.

  3. ހިޔަޅު

    ފުލުހުން ތިކަން ކުރާގޮތުން މައްސަލައިގެ ހަޤީގަތާއި ހަމައަށް ވާސިލުވެވޭނެ ކަމުގެ އެއްވެސް އުންމީދެއްނެތް ފުރަތަމަކުރަން ޖެހޭ ކަންކަން އެންމެފަހުން ތި ކުރެވެނީ ބޮލައް ފިތިފަ ތިބޭ ބައެއްތަ ފުލުހުން ނަކީ!!!!!

  4. ހަސަން

    ދަނގެތީ މީހުންނަކީ ވަރައް ރަނގަޅު ބަޔެކޯ އެކަމު ކަމާ ނުބެހޭ ބައެއްގެ ސައިކަލް ތި ރޯކޮށްލީ

  5. ސީމާ

    ކޮންދުވަހަކުން ހާމަކުރަނީ؟މިދައުރުގަ ނިމޭނެބާ؟ތިކަހަލަ ކިތެންމެ ކަމެއް ދިމާވެއްޖެ.އެހެންވެ މިހެން މިބުނީ.