(އދ. ދަނގެތިން) އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މި ރަށު ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ އާއިލާއާ ބައްދަލުވި ކުޑަ ވަގުތުކޮޅު ވެސް ފެނުނީ އާއިލާގެ ހިތްވަރުގަދަ ކަމެވެ. އާއިލާ އިން ދެއްކީ ކެތްތެރިކަމާއި ސާބިތުކަމެވެ. އެންމެން ވެސް އުންމީދު ކުރާ ކަމެއް އޮތެވެ؛ އެއީ މަހްމޫދުގެ މަރަށް އިންސާފު ލިބޭނެ ކަމުގެ އުއްމީދެވެ. ކަން ހިނގައިދިޔަ ގޮތް އެނގި ހަގީގަތް ހާމަވެގެން ދިޔުމުގެ އުއްމީދެވެ.

މަހްމޫދުގެ ހަށިގަނޑު ފެނުނީ ފަޅުގެއެއްގައި ހުރި ފެން ވަޅެއް ތެރެއިންނެވެ. ދެކޮޅުން ބަނދެ ސުތުލި ގޯންޏަކަށް ލުމަށްފަހު، ފެން ހުރި އެ ވަޅުގެ ތެރެއަށް އޭނާ ވައްޓާލާފައި އޮތީ އެކޮޅުކޮޅުންނެވެ. ނަގައި ބެލިއިރު، މުޅި ހަށިގަނޑުގެ އެ ތަން މި ތަނުގައި ވަޅި ހަރާފައި ހުއްޓެވެ. އެއީ މިދިޔަ ބުރާސްފަތި ދުވަހެވެ.

މި މައްސަލަ ތަހުގީގު ކުރަން މާލޭން ބޮޑު ޓީމެއް ބުރާސްފަތި ދުވަހުން ފެށިގެން ދިޔައީ ހަރަކާތްތެރިވަމުންނެވެ. ރަށުގައި އުޅޭ ބިދޭސީ މީހެއްގެ ގެއަށް ފުލުހުން ވަދެ، ބަލައިފާސްކުރިއެވެ. އަދި އޭނާ ހައްޔަރު ކޮށްގެން ގެންދިޔައެވެ. މިއަދު އޭނާ ލައްވައި ކަން ކުރި ގޮތް ކުޅުވައިގެން ދެއްކުވިއެވެ.

މަހްމޫދުގެ ދަނބިދަރި އަހުމަދު އިމާދު "ވަގުތު" އަށް ދިން ޚާއްސަ ބަސްދީގަތުގައި ފާހަގަ ކުރި ކަމަކީ ކުރިން ފުލުހުންގެ ހަރަކާތްތައް މަދުވިޔަސް ފަހުން ކުރެވެމުން ދިޔަ މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމެވެ.

"މިހާރު ފުލުހުން ކުރަމުންދާ މަސައްކަތަށް ބަލާއިރު އަޅުގަނޑުމެން މިތިބީ ހަމަ ހިތް ފުރޭ ވަރު ވެފައި، އަޅުގަނޑުމެންނަށް ފުލުހުންގެ ތަހުގީގަށް އަންނަ ކުރިއެރުންތައް ވެސް ޚިއްސާކޮށްފައި އެބަ ވޭ. ވަރަށް އުއްމީދީ ކުރިއެރުންތަކެއް ލިބިފައިވާ ވާހަކަ،" އިމާދު ބުންޏެވެ.

މަހްމޫދުގެ ދަނބިދަރި އިމާދު "ވަގުތު" އަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

މައްސަލަ ވަށައިގެން ބަލާނެ ކަމުގެ ޔަގީން ކަން ދިން

އިމާދު ބުނި ގޮތުގައި، ފުލުހުންގެ ތަހުގީގުގެ މިސްރާބު ހުރީ ވަކި ދިމާއަކަށް ހަމައެކަނި އަމާޒުކޮށްގެން ނޫން ކަމުގެ ޔަގީން ކަން ވެސް ފުލުހުން ދިން ކަމުގައެވެ. އަދި ކުރިން ރަށު ތެރެއިން ފާހަގަ ކުރި ޝައްކުތައް ވެސް މުޅިން ނުދާ ކަމުގައެވެ.

އިމާދު އިޝާރާތް ކުރި ކަމަކީ، ރަށުގެ ރައްޔިތުން، މި މައްސަލާގައި ފުރަތަމަ ތުހުމަތު އަމާޒުކުރި އެ ރަށުގައި ދާދި ފަހަކުން ދިރިއުޅެން ފެށި އއ. ތޮއްޑޫ ތިން މީހުންނަށެވެ. އެ މީހުން މިހާރު މި އަތޮޅު ވެރިރަށް މަހިބަދޫގައި ހައްޔަރުކޮށް ބަހައްޓާފައި ވަނީ މުޅިން އެހެން މައްސަލައެއްގައި ކަމަށް ފުލުހުން ބުނެއެވެ.

"އެއްވެސް ހާލަތެއްގައި ކުރީގައި ކުރެވުނު ޝައްކު ކުރެވުންތައް އެއީ ނެތް އެއްޗެއް ގޮތުގައި އަދި ނުނިންމާނެ ކަމަށް [ފުލުހުން ބުނި]، ވަކި މިސްރާބަކަށް، ވަކި ދިމާއަކަށް އެކަނި ތަހުގީގު ބައްޓަން ނުކުރާނެ ކަމަށް،" ފުލުހުންނާ ހަވާލާދީ އިމާދު ބުންޏެވެ.

ދުވަހުން ދުވަހަށް ފުލުހުންގެ މަސައްކަތް ފުޅާވަމުންދާ ކަން އާއިލާއިން ފާހަގަ ކުރެއެވެ.

"ކަން ހިނގައިދިޔަ ގޮތް ވަށައިގެން އެންމެ ބޮޑު މިނުގައި ބަލަމުންދާ ކަން، ހައްތަހާ ވެސް އޭރިއާ ވެސް ބޮޑުވެ، މަސައްކަތް ވެސް ބޮޑުވެ، ފުލުހުންގެ އަދަދު ވެސް، އިންޓެލިޖެންސް އޮފިސަރުން ވެސް އިތުރު ވާނެ،" އިމާދު ބުންޏެވެ.

މަހްމޫދު ފެނުނު ސަރަހައްދުގައި ފޮރެންސިކް ފުލުހުން ހަރަކާތްތެރިވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

އެއްބާރުލުންތަކާއެކު އާއިލާ ހިތްހަމަޖެހިފައި

މަހްމޫދު ނެތި ދިއުމަކީ އާއިލާއަށް ލިބޭނެ ބޮޑު ހިތާމައެކެވެ. އާއިލާ މިއަދު ބޭނުން ވާނީ ވެސް މަރަށް އިންސާފު ލިބުމާއި ދިވެހި ދައުލަތުން ހިތްވަރާއި އެއްބާރުލުން ލިބުމެވެ.

އިމާދު ފާހަގަ ކުރާ ގޮތުގައި އެ ހިތްހަމަޖެހުން އާއިލާއަށް ލިބެއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި، ނައިބު ރައީސް ފައިސަލް ނަސީމް ވެސް އާއިލާއަށް ގުޅުއްވައި ތައުޒިޔާ ދެންނެވި ކަމަށް އިމާދު ފާހަގަ ކުރިއެވެ.

ދަނގެތީ ރައްޔިތުންގެ ފަރާތުން ވެސް ހިތްވަރު ލިބެމުންދާ ކަމަށް އިމާދު ބުންޏެވެ. އަބަދުވެސް ހިތްވަރު ދޭން ރަށުގެ ކޮންމެ ވެސް ބަޔަކު ގެއަށް ޒިޔާރަތްކޮށް އުޅޭ ކަމަށް ބުންޏެވެ.

ނޫސްވެރިންގެ މަސައްކަތަށް ވެސް އިމާދު ޝުކުރު އަދާ ކުރިއެވެ. ތަހުގީގުގެ ދުވެލި އަވަސް ވުމާއި، ސަރުކާރާއި ގައުމުގެ ހުރިހާ ރައްޔިތުންގެ ސަމާލު ކަމަށް މި ކަންކަން އަންނަނީ ނޫސްވެރިން ކުރަމުންދާ ބުރަ މަސައްކަތުން ކަން އޭނާ ފާހަގަ ކުރެއެވެ.

"ދަނގެތީ ރައްޔިތުން ދައްކުވައިދޭ ހިތްވަރުން މި ހިތްވަރު މި ލިބެނީ، ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ދަނގެތި ރައްޔިތުންނަށް، ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް، ފުލުހުންނަށް ވެސް، އަދި ނޫސްވެރިންނަށް ވެސް،" އިމާދު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މުފައްކިރު.

    ރީއްޗަށް އަތުރާލާފައިވާ ކިޔާލަން ފަސޭހަ ލިއުމެއް. ބަސްދީގަތުން ދިން ތަނުން ފެނުގެ އަސަރެއް ނުފެނޭ. ޗަކަ ނުވަތަ ކިސަޑުގެ އަސަރެއްވެސް ނުމެނެތްމެ. އެކަމަކު އިންސާނީ ތަސްވީރުން އެއަސަރު ފެންނަހެން ހީވޭ"

    3
    1
  2. އިންބެރެޑް

    މަރްޙޫމް އަފްރާޝީމް އާއި ރިލުވާން މައްސަލަވެސް ވ.ބާރަށް ކުރިޔައް ފަށައިގަނެގެން ކުރިޔަށް ގެންދިޔަ... ފަހުންވީ ހުދުކާފޫރަށް... މިކަންވެސް ހީވަނީ ދާނީމިގޮތަށޭ...

    7
    1
    • ރޯނު މުހަންމާ

      ކަލޭމެން ކަހަލަ މީހުންނަށް ނޯވޭ ރަނގަޅު އެއްގޮތެއްވެސް

  3. ޖިމީ

    އިންސާފު ލިބޭނީ އިސްލާމީ ޝަރީއަތް ޤާއިމްކޮށްގެން

    13
  4. ޚާރު

    ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި، ނައިބު ރައީސް ފައިސަލް ނަސީމް ވެސް އާއިލާއަށް ގުޅުއްވައި ތައުޒިޔާ ދެންނެވި ކަމަށް އިމާދު ފާހަގަ ކުރިއެވެ... މަވެސް ގުޅިން މަ ނިކަމެތި ވީމަ އެކަމުން ވާނެ ކަމެއް ނެއް ދޯ

    8
    1
  5. އައްޑޫ ލެއި

    ބަންގާޅު މީހާ ތިކަން ކުރީއްޔާ ފަހަތުގަ ކޮންމެވެސް އެހެން ބަޔަކުވެސް ތިބޭނެ .

    13
    3
  6. ކާފަބޭ2020

    ނުފޮރޮޅާގަލެއް/ މައްސަލާގެއެންމެފުނަށް/ ބޮޑުކުރިއެރުމެއް/ މިއީ މިހާރުއާވާހަކައެއްނޫން! ޑރ އަފްރާޝީމުއަވަހާރަކޮށްލި ފަހުންމިވާހަކަތައްއަޑުއިވިއިވި މިހާރުއެއްގޯސްވެއްޖެ! ޢެކަހަލަ ވާހަކައަޑުއިވުނީމަ😆😆😆😆😆😆😆😆😆😆😆 އިންތިޚާބެއްބޯމަތިވާއިރަށް މަރުތަކަށްއިންސާފުހޯދާދޭއަޑުގަދަވެ ކޮމިޝަންތަކުންބަޔާންތައްނެރެ ހީވާނީދެންމެދެންމެޤާތިލުންނަށް ޙުކުމްކޮށްފާނެހެން! އެކަންނިމުމާއެކު ބޮނޑުނަގުލަށް!

    8
    1
  7. ކިނބޫ

    ކޮބާ ދަނގެތީ ދާއިރާގެ އިއްޒަތްތެރި މެމްބަރު .........