ތަޢުލީމީ މަރުޙަލާތައް ނިންމައިލުމަށްފަހު، ވަޒީފާގެ ފަހަތުން ޒުވާނުން ދުވަން ޖެހޭ ސަބަބަކީ ވަކި ވަޒީފާއަކަށް އަމާޒުކޮށް، ހަމައެކަނި ސެޓްފިކެޓެއް ޙާޞިލުކުރުމަށްޓަކައި، ތަޢުލީމީ ޙަޔާތުގެ ދުވަސްތައް ހޭދަކޮށްލާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ހަމައެކަނި ސެޓްފިކެޓެއް ޙާޞިލުކުރުމަށްޓަކައި، ތަޢުލީމީ ޙަޔާތުގެ ދުވަސްތައް ހޭދަކޮށްލުމުގެ ބަދަލުގައި މަސައްކަތް ކުރަންވީ، އައު އުފެއްދުންތައް އީޖާދުކުރާނެ ވިސްނުން ސިކުނޑީގައި ތަރައްޤީކުރަންށެވެ.

"ޓެކްނޮލޮޖީގެ ޒަމާނުގައި، ވަޒީފާއަކީ ވަކި ތަނަކުން ވަކި މީހަކު ދޭ އެއްޗެއް ނޫން. އެއީ އެމީހާ އަމިއްލައަށް އުފަންކުރުވާ އެއްޗެއް. މުސާރައަކީވެސް ވަކި މިންވަރެއް ކަނޑައެޅިފައި އޮންނަ އެއްޗެއް ނޫން. އެއީ އެމީހެއްގެ އުފެއްދުންތެރިކަމަށް ބިނާކޮށް، އޭނާ އަމިއްލައަށް ކަނޑައަޅާ އެއްޗެއް. އެފަދަ މީހަކަށް ވެވޭނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، އާ އުފެއްދުންތައް ނެރެވޭފަދަ އީޖާދީ ވިސްނުންތައް ސިކުނޑީގައި އުފަންކުރުމުގެ ޤާބިލުކަން ހޯދައިގެން." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގަދައަޅައި މަސައްކަތް ކުރަންވީ، ވަޒީފާތަކާއި، މުސާރައިގެ ފުރުޞަތުތައް، ދަރިވަރުންގެ ފަހަތުން އަންނަފަދަ ބަޔަކަށްވުމަށޭވެ. ވަކި ވަޒީފާއަކަށް ވިސްނުން ބެހެއްޓުމުގެ ބަދަލުގައި، ވިސްނުން އަމާޒުކުރަންވީ، އެ ކުއްޖެއްގެ ކިބައިގައި ހުރި ހުނަރާއި، ފަންނުވެރިކަމުގެ ދާއިރާއިން، އީޖާދީ ވިސްނުންތައް ތަރައްޤީ ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ކިޔާ 21 ވަނަ ސައްތައިގެ އުފެއްދުންތެރި ޒުވާނުން ބިނާވާނީ އޭރުން. އެފަދަ ޒުވާނުން ޤައުމުގެ ހިންގުމާ ޙަވާލުވާނީ، ވަކި ތައްގަނޑަކަށް ޤައުމުގެ ކުރިމަގު ފެއްތުމުގެ ބަދަލުގައި، ޒަމާނީ ތަރައްޤީއާ ފައިހަމަވާގޮތަށް، ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިކުރުމަށް. މިޒަމާނުގެ ތަރައްޤީއާއި ކުރިއެރުން ޙާޞިލުކުރެވެން އޮތީ، އީޖާދީ ވިސްނުންތައް ސިކުނޑިތަކުގައި އުފަންކުރުވައިގެން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބެލެނިވެރިން މަސައްކަތް ކުރައްވަންވީ، ތިޔަބޭފުޅުންގެ ދަރިންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން އިތުރަށް ތަރައްޤީކޮށްދެއްވުމަށެވެ. އެ މަސައްކަތް ފަށްޓަވަންވީ، އެކުދިންގެ އެންމެ ތުއްތު ދުވަސްވަރުން ފެށިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

 1. ދަރަނި ދަންތުރަ

  އެހެންތާ ވާނީ މަނިކު ތިޔަކިޔަވައިދެނީ ދުނިޔޭން ބޭރުންވިއްޔާ

  34
 2. އަބޫބޭ

  ސިޔާސީ މީހުން ހަދާ ގޮތައް ދެތިން ޕޯސްޓް ކޮއްލުމުން ވަޒީފާ ލިބޭނޭ. އަސްލު ރައިސް ވިދާޅުވަނީ އެހެން ""ވަޒީފާ ފަހަތުން ދުވަން ޖެހެނީ ކިޔަވާތީ""

  42
 3. ޥަކޭ މޭން

  ނުކިޔަވާ ސިޔާސީ ޕޯސްޓް ކޮއްލީމަ މިހާރު ވަޒީފާ ލިބޭނޭ

  44
 4. ބޮޑުބެ

  ނުކިޔަވާ ހުރި މީހަކަށް ކިޔެވުމުގެ އަދި ކިޔަވައިދިނުމުގެ މުހިއްމުކަން ނޭނގުމަކީ އެހެންމީހުންގެ ކުށެއްނޫން.

  48
 5. ދެބޯ

  ކޮންމެސް މީހެއްކައިރީ އާދޭސް ކޮއްގެން ރީތިލިޔުމެއް ހުށައަޅާލީދޯ. ބުނާ އެއްޗަކާ ހަދާ އެއްޗަކާ ދިމައެއްނުވޭ. ތަބަކުން ޖަހައިގަންނަން ދަސްކުރަންވީ.

  39
 6. ޏަވިޔަނި

  ނުކިޔާވާ ހުރެ ސެޓްފިކެޓް ނެތި ބަލާވެރިކަން ތިކުރަނީ...

  44
 7. ސަލީމް

  ސެޓްފިކެޓް ނުލާ އަމިއްލަ ހުނަރަށްބަލައި ދިން ވަޒީފާއެއް ދައްކަބަލަ.. މި ކުޑަރާއްޖޭގައި އަމިއްލަ ހުނަރުގެ މީހުން އެބައުޅޭ އޭޝިއާ ސަރަހައްދުން ނުފެންނަވަރުގެ ކުޅަދާނަމީހުން .. އެއީ ތިބުނާ އޯލެވެލް އާހަމަޔަށް ވެސް ނުކިޔަވާމީހުން.. ދެން އޮތް ސުވާލަކީ އެފަދަ މީހުންގެ ބޭނުން ސަރުކާރުގެ ފެންވަރުގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފެންވަރުގައި މިހާތަނަށް ހިފީ ކޮންގޮތަކަށްތޯ؟؟ ސްޕޮންސަރު ގަނޑެއްވެސް ދިއްކޮއްލާނެ ފަރާތެއްނެތް؟ ދެންކޮން ބޭކާރު ވާހަކައެއް؟؟ ސަރުކާރުގެ ވަޒީފާ ގެޒެޓް ކުރީމާ ތިކިޔާ އެއްޗެއް ސާފްވޭ

  37
 8. ޢަބްދުލާ

  ވަޒީފާގެ ފަހަތުން ޒުވާނުން ދުވަން ޖެހެނީ ހަމައެކަނި ސެޓްފިކެޓް ހޯދަން ކިޔަވާތީ - ރައީސް

  21 ސިކުންތު ކުރިން ( އޮކްޓޯބަރ 17, 2021 )

  ދެން ނމުިކިޔަވާ ތިވަޒީފާ ހޯދައިގެން ތިހިރީ ކީއްވެގެންބާ ؟ ސޮހޮލަކަށް ވާތީތަ ؟

  رئيس يامين عبد القيوم ވަގުތުން ވަގުތަށް ދޫކޮށްލާ #
  India out # India out # India out #

  36
 9. މޫސަ

  ވަޒީފާގެ ފަހަތުން މީހުން ދުވަން ޖެހެނީ ވަޒީފާ ދިނުމަށް ސަރުކާރުން ހަދާފައިވާ ޤަވާއިދު ތަކުގެ ސަބަބުން. ވަޒީފާ ދެނީ ސެޓްފިކެޓަށް ބަލާފަ. ކިތައްމެ މޮޅު މީހަކަސް ކަރުދާސްކޮޅު ނެތިއްޔާ އެއީ މީހެއް ނޫން. އެއްޗެއް ނޭންގުނަސް ކޮލެޖަކުން ނޫނީ ޔުނިވރސިޓީ އަކުން ދީފައިވާ ކަރުދާސް ކޮޅު އޮތިއްޔާ އެއީ ވަރަށް މޮޅު މީހެއް. އަމިއްލަ މަސައްކަތް ދަސްކޮށްގެން މަސައްކަތް ފެށުމުގެ ތަނަވަސް ކަމެއް ގިނަ މީހުންގެ ނުހުރޭ.

  34
 10. މޮޔަ

  އެހެންތާވާނީ ކިތަންމެ މޮޅައް ކިޔަވާގެން ތިބިއަސް ކަލޭމެނައް ވަޒީފާ ދެވޭނީ ޕާޓީ މީހުނައް އެކަނި.. އެހެން ބުނިނަމަ މާ ރީތިވީސް..

  40
 11. ޓެލެކޮމް

  ނޭގެންޏާ ނޭގޭވަރުގެ ވާހަކަ ނުދެއްކުން ރަނގަޅުވާނީ ނޫނީީ ގަސްދުގަ އޮޅުވާލަނީ......ވަޒީފާ އުފެއްދުމަކީ އިގްތިސާދު ދަންނަ މީހުނަށް ކުރެވޭކަންތައްތައް. މިތާ ހުރި ރަނގަޅު މަދު ވަޒީފާ ކޮޅުވެސް އިންޑިޔާއަށް.....ދިވެހިން ނަށް ވެމްކޯއާ ލޭބަރުންގެ ވަޒީފާ...

  35
 12. މަބޭ

  ލޮލް

  25
 13. ހުސޭނުބޭ

  ދެން ތިކިޔާ ސެޓްފިކެޓަކަށް ނުބަލާ ކަލޭ މަޤާމުތައް ދީފައި ތިބި މީހުންނަށް ކުރަން އެނގުނު ކަމެއް ބުނެދީބަލަ. ކަލޭގެޔާ ބުނާކަށް ކަލޭގެހެން މުޅި ޤައުމުގެ ޖީލު އަނބުރާލުމަށް ސްކޫލްތަކާއި ކޮލެޖްތައް އުވާލާ! އޭރުން ކަލޭ ފަދަ މީހުން ދެން އުޅޭނީ........... ކެކެކެކެކެކެ

  33
 14. ލޮލް

  ހަހަހަހަހަ، ޕޮލިޓިކަލް ޕޯސްޓް ތަކަކީވެސް “އުފެއްދުންތައް ނެރެވޭފަދަ އީޖާދީ ވިސްނުން” ތަކުގެ ވެރިންނޭތޯ ތި ވިދާޅުވީ؟

  30
 15. ތުނިޔަ

  ބައްލަވާ! އިބްރާހީމަށް ނޭނގުނަސް މިތަނުގަ ވަޒީފާގެ ޝަރުތަކީ ތިވިދާޅުވާ ސެޓްފިކެޓް އިނގޭތޯ..

  33
 16. ސްކޫލް

  21ވަަނަ ގަރުނުގެ ލާދީނީ ކަލޭގެ ލާދީނީ ސަރުކާރު އިސްތިއުފާ. މީ ކޮންސެޓްފިކެޓެއް ހޯދާގެން ވެރިކަން ބަޔަލު ތަބަކަކަށް ލާފަ ދިނީމާ ހަދާނެ ނަހަދާނެ ގޮތެއް ނޭންގި ގައުމު އިންޑިޔާއަށް ވިއްކާލީ ޚުދުމުޚުތާރުވެރިޔާ. އެހެން މީހުންނަށް ނަސޭހަތްދޭ އިރު މާދަމާ މިކަލޭގެ އޮންނަތަން ބަލަންވާނެ. ގައުަމަށް ގައްދާރުވެރިޔާ އިސްތިއުފާ!

  28
 17. ސައްދު

  ވެރިކަން ހަވާލު ކުރީމަ ދައުރު ބޭކާރުކޮއް ތަރައްގީއާއި އިސްލާހު ނުގެނެސް ގައުމު ބޭރުގެ ފަރާތްތަަކައް ވިއްކައި ދަރަނި ބޮޑުކޮއް މިނިވަންކަމައް ބުރޫއަރުވާފައި ވެރިކަންމުން ފައިބާފަ ދެންވެސް ރައްޔިތުންގެ ފައިސާގައި އަރާމު ދިރިއުޅުން އުޅެން ހަމަދުކޮއްލެވިދާނެތޯއެވެ؟

  24
 18. ހަދީޖާ

  މިހާރު ގޯސް އެވީ ކިޔާކުދިންތާ އެހެންވީމާ..؟

  28
 19. ކާފަބޭ2020

  ވަޒީފާގެފަހަތުން ދުވަންޖެހެނީ އުޑެއްބުޑެއްކުރިމަތިފަރާތެއް ފުރަގަސްފަރާތެއްވަކިނުވާމީހުނަށް ބޮޑެތިމުސާރައާއެކިއެކި އެލަވަންސްތަކާއެއްޗެހިލިބޭއިރު މާސްޓަރސްހަދައިގެތިބޭމީހުނަށް މަހުމުސާރައަށްދިހަހާސްރުފިޔާ ނުލިބޭ ތިޔަދިފާއުކުރީ ތިމާފަދައުޑެއްބުޑެއްނުދަންނަމީހުންތޯ؟ ކީއްވެތޯ ތިޔަމަޤާމުތަކަށްއަސާސީފެންފަރުއޮވެފަ މަސައްކަތުމީހަކަށް ގުރޭޑުފަހެއްގެފެންވަރުހުންނަންޖެހެނީ؟ އަސާސީފެންވަރަށްވުރެގުރޭޑުފަހެއްގެފެންވަރުދަށީތޯ؟

  25
 20. ލުތުފީ

  ކިޔަވައިގެން ތިބި މޮޅު ކުދިން! ސަރަފުވެރި މެހުމާނަކަށް ނުކިޔަވައިހުރި މީހެއް! މި އީ ދެކޮޅުޖެހޭ ކަމެއްތަ!ކިޔަވަން ދުނިޔޭންބޭރަށް ފޮނުވައިދޭނަން! މިހެންތޯ މިކުދިންގެ ގާތުގައި ބުނާނީ!

  26
 21. އައްޑޫ ލެއި

  މި ކަލޭގެ ނުކިޔަވާ ހުރީމަ އެހެންމީހުންވެސް.........................

  24
 22. ޝީޒާ

  އާނ މަޖިލީހުގަވެސް ގިނައީ ކިޔަވައިގެން ތިބި ބައެއްނޫން ވީއްޔާ. އަދި ކަލޭވެސް ދޯ

  28
 23. ޢަހު

  ތަކޭންތެއް ކޭވައިގެން ވަގައް ވެރިކަމަލް އާހުތިހުއްޓޫ ބްރާންތާ

  21
 24. މަމޮޅު

  މޮޅުވާހަކަދައްކާނެ ސެޓުފިކެޓުނެތި ވެރިކަން ޖަހައިގަނެފައި ހުރިހާ ލާރިއެއް ޖިބަށް ކަހާލާފަ.ރައްޔިތުން ނިކަމެތިކޮށް ގުނބޯހައްދާފަ.

  25
 25. އަހު

  ރައީސް! އަހަރެމެން ސެޓްފިކެޓް ހޯދަން މަޖުބޫރު ކުރުވަީވެސް ހަމަ ސަރުކާރުން. ސެޓްފިކެޓް އޮތީމަ ނިމުނީ. އެއްވެސް އެއްޗެއް ނޭގުނަސް އޯކޭ. ސިވިލް ސާވިސް ގެ ވަޒީފާ އަކަށް ލާއިރުވެސް ބަލަނީ ސެޓްފިކެޓަށް. ބޭކާރު ވާހަކަ ނުދައްކާ މަޑުން ހުރޭ!

  28
 26. ސަންތިމަރިޔަބު

  ތިޔާކީ ދޮގެއްނޫން މަނިކުފާނު ވިދާޅުވިޔަސް މަނިކުފާނު ތިޔާހުންނެވީ ތިޔަވިދާޅުވި ހެން ގައުމުގެ އެންމެ މަތީމަގާނުގާއި އެކަމަކު ރަށްޔިތުން މިހާރުކަރުނައަޅާ ރޮއިރޮއި ތިބީ ނުކިޔަވާހުރި މީހަކާއި ގައުމު ހަވާލު ކުރެވުނީތީ ކޮބާ ކޮންއިރަކުންތޯ ދުނިޔެއިން ބޭރަށް ތައުލީމު ހާސިލްކުރަން ކުދިން ފޮނުއްވަވަނީ

 27. ރަން ރީނދޫ

  35 މިލިޔަން ރުފިޔާ ގެ ވަގު އެ ވިދާޅުވަނީ ކިޔަވާނެ ކަމެއްނެތޭ. ކޮންމެވެސް ވައްކަމެއް ކުރެވޭތޯ އުޅޭށޯ ރައްޔިތުން. އިންޑިއާ އައުޓް.

 28. ނޫސްކިޔާމީހާ

  ވަޒީފާގެ ތަޖުރިބާ އެއީ އެއްވެސް އެއްޗެއްނޫން ހަމައެކަނި ބޭނުންވަނީ ސެޓްފިކެޓް. އަޅުގަޑު ވަޡީފާގަ އުޅޭތާ މިހާރު 30 އަހަރުވަނީ އަދިވެސް ކުރިއެރުމެއްނެތް ސެޓްފިކެޓް ނެތީމަަަ

 29. ކަޅު ރޯސް

  ކޮންމެސްވަރެއްގެ ތެދެއް.. ތީގަ ދެކޮލުވެސްއޮވޭ.. އެންމެހައި މޮލެތި ސެޓްފިކެޓްއޮވޭ އިނގޭއެއްޗެއް ހަރާން....މީހުންލައްވާ އެސައިންމެންޓަށްހަދަނީ..ޢިލްމާ ފަންނުވެސް މުހިންމު..ތަޖުރިބާ ވެސް ވ މުހންމު

 30. ބީޓާ

  ކަލޭ ތިދެނީ އެންމެ ގާބިލު މީހުންނަށް ސިޔާސީ މަގާމުވެސް

 31. މަރީނާތު

  ހަޔާތް ވެސް ކުޑައޭ ދޯ. ނުކިޔާވާ މީހުނަށް ސިޔާސީ ގޮތުން ވަޒީފާ ބަހާތީ ވަޒީފާ ނުލިބެނީ. ޢިއުލާނަ ކުރާ އިރު އޮންނަނީ ދޭނެ މީހާ ހަމަޖެހިފަ

 32. ާަަަާއަލީ

  ވަޒީފާޔަށް ފޯމުލާ އިރަށް އެއްމެފުރަތަމަވެސް ބަލާނީ ތިޔަވިދާޅުވި ސެޓުފިކެޓަށް އެމީިހާގެތަޖުރިބާއަކަށް ނޫން. މިއީ މިގައުމުގަކަންތައް ހިގާގޮތް އެހެންވީމަ ތިބުނާ ސެޓުފިކެޓު ނުހޯދާ ކިހިނެއްތޯ ވަޒީފާމަތިންހިތައްވެސް އެރުވޭނީ....