19:38

ކޮވިޑް-19 ޖެހިގެން އައްޑޫސިޓީން މީހަކު ނިޔާވެއްޖެ

18:01

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ކޯލިން ޕޮވެލް ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އަވަހާރަވެއްޖެ

13:46

ގދ.ތިނަދޫން ނިޔާވި ތިން މަހުގެ ތުއްތު ކުއްޖާއަކީ ކޮވިޑް-19 މަރެއް ނޫން ކަމަށް ކަނޑަައަޅައިފި

10:10

ކޮވިޑް ޖެހިގެން ތިން މަހުގެ ކުއްޖަކު ތިނަދޫން ނިޔާވެއްޖެ.


ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ވެސް އެންމެ ފުރަތަމަ ލިބުނީ މުއްސަނދި ގައުމުތަކަށެވެ. ވެކްސިން މުއްސަނދި ގައުމުތަކަށް ލިބުނުތާ އަހަރެއް ވާން ކައިރިވާއިރު އަދިވެސް ފަގީރު ގައުމުތަކަށް ވެކްސިން ލިބުނު މިންވަރު ނިސްބަތުން މަދެވެ. މުއްސަނދި ގައުމުތަކުން ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖަހަމުން ދާއިރު އަދި ވެކްސިންގެ އެއް ޑޯޒް ވެސް ނުލިބޭ އެތައް މިލިއަން މީހުން އެބަތިއްބެވެ.

މިދިޔަ ހަފްތާގައި އެމެރިކާ އިން ވަނީ ކޮވިޑުން ދިފާއުވުމަށް ބޭހެއް ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ. ނަމަވެސް އަގުބޮޑު އެބޭސް ވެސް ފަގީރު ގައުމުތަކަށް ލިބިދާނެ ކަމަކަށް ނުބެލެވެއެވެ.

ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު ފަގީރު ގައުމުތަކުން ކޮވިޑުން ސަލާމަތް ވުން ގޮންޖެހުން ބޮޑު މަސައްކަތަކަށް ވާނެއެވެ.

ކޮވިޑް އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮޗޭ

    އެހެންވެތާ ރާއްޖެއަށް ތިޔަކަމުން އަރައިނުގަނެވިގެން މިއުޅެނި