މާލޭ އިއްޒުއްދީން ފާލަމާއި ދިމާލުން ބޭރު ތޮށިގަނޑުމަތީގައި މަސް ބާނަން ހުރި މިއަދު ހެނދުނު މޫދަށް ވެއްޓި ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ 59 އަހަރުގެ ދިވެހި ފިރިހެކެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އިއްޒުއްދީން ފާލަން ކައިރީގައި މަސްބާނަން ހުރި މީހަކު މޫދަށް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 06:05 ގައި ލިބުނު ކަމަށެވެ.

ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް 07:20 ކަންހާއިރު އައިޖީއެމްއެޗް އިން ފުލުހުންނަށް މައުލޫމާތު ދިން ކަމަށް ފުލުހުން ވިދާޅުވެއެވެ.

މަސް ބާނަން ހުރި މީހާ މޫދަށް ވެއްޓުނީ ގަދަ ވަޔާއިއެކުގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ މޫދަށް ވެއްޓުމުން ސިފައިން ވަނީ އޭނާ މޫދުން ނަގައި ސީޕީއާރު ވެސް ދީފައެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހުން އިތުރަށް ތަހްގީގު ކުރަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވާގޮނުސްކޮ

    އެއީ މާބޮޑުކަމެއްނޫނެއްނު؟ ކަމެއް ނުވަންޏާ އޯކޭވާނެ.
    މަސްވެރިން ޕާކާ ދިމާތޮށިމައްޗަކީ ވަކިން ހާއްސަކޮށް ބަންދު ދުވަސް ދުވަހު ކުޑަކުދިން ވެސް ވަރަށްގިނައިން މުނިފޫހިފިލުވާލަން މަސްބާނަން ގޮސްއުޅޭ ތަނަކަށް ވާއިރު ރައްކާތެރި ސަލާމަތީ އެއްވެސް ފިޔަވަޅެއް އަޅާފަ ނެތް ތަނެއް. އެކަމަކު ކޮންމެކަމެއް ކުރާއިރު ކޮންމެކަމަކާ ގުޅޭދާއިިރާގެ ތަޖްރިބާކާރުން މާހިރުން ތިބޭނެ. ކަންކުރާނީ ނުބީހެންޏާ ކަނޑާހަމަވާގޮތައް. އަމާބުނީތީފަރަށްދާހެން ޗެންޗޭނު ގަނޑެއްހާ ހިސާބުވެސްޖަހާލާކަށް ވިސްނުމެއް ނުހުންނާނެ. ބޯހަލާކު...

  2. ކޮރަލް

    އިއްޒުއްދީން ފާލަން އެއީ މާލޭގަ ހުންނަ ފާލަމަކަށް ކިޔާ ނަމެކެވެ. އެހިސާބުު ބުނެލަދީބަލާށެވެ.

    1
    1
  3. ތަމީ

    މިމީހުން ތަހުގީގު ކޮށް ނިމޭ މައްސަލައެެއް އޮވޭތަ. އަބަދުވެސް ތަހުގީގު ކުރަނީ