ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭގެ މަސައްކަތް ނިމުނުތާ ތިން އަހަރު ވީއިރު ވެސް ރަންވޭ އޮޕަރޭޝަނަށް ނެގެވުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރު ނާގާބިލް ކަމުން ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.

ރުކުމާ މިހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދީފައި ވަނިކޮށް އެކުންފުނި އަތުން އެއާޕޯޓް އަތުލުން އެއީ ހެދި ވަރަށް ބޮޑު ގޯހެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވުމުން އެއާޕޯޓާއި ގުޅޭ ބަހުސް ހޫނުވެފައި ވަނިކޮށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއާޕޯޓްގައި ވަނީ ދުނިޔޭގައި ދުއްވާ އެންމެ ބޮޑެތި ފްލައިޓްތައް ވެސް ޖެއްސޭ ވަރުގެ ރަންވޭއެއް އަޅާފައެވެ. ޔާމީންގެ ވެރިކަމުގައި ރަންވޭ އަށް ޓެސްޓް ފްލައިޓް ވެސް ޖެއްސިއެވެ. ނަމަވެސް ރަންވޭ އަށް ޓެސްޓް ފްލައިޓް ޖެއްސިތާ ތިން އަހަރު ވެގެން ދިޔައިރު އަދިވެސް ރަންވޭ ބޭނުންކުރަން ނުފަށައެވެ.

ރުކުމާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އަންނަ މަތިންދާބޯޓް ރަންވޭ ކްލިއަރެންސް ނުލިބި ހޯރަ އަޅައަޅާ ގަޑި ދެގަޑިިއިރު އޮންނަންޖެހޭ ކަމީ އެންމެނަށް އަޖުމަ ބެލިފައިވައިވާ ކަމެއް ކަމަށެވެ. "ޕްރޮޖެކްޓް ނިމުނުތާ ތިން އަހަރު ވީއިރު އޮޕަރޭޝަނަށް ނުގެނެވުނީ މިސަރުކާރުގެ ނާގާބިލް ކަމުން." ރުކުމާ ވިދާޅުވިއެވެ.

ރަންވޭގެ މަސައްކަތުގެ އިތުރުން ޔާމީންގެ ސަރުކާރުން ފެށި ސީޕްލޭން ޓާމިނަލް އާއި ވީއައިޕީ ޓާމިނަލްގެ މަސައްކަތް ވެސް މިހާރު ވަނީ ނިމިފައެވެ. ނަމަވެސް އެތަންތަން ވެސް އަދި ބޭނުން ކުރަން ނުފަށައެވެ. ސީޕްލޭން ޓާމިނަލް ވެސް ހުޅުވޭނެ ދުވަހެއް އަދި ބުނާކަށް ނޭނގެއެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި އާރަންވޭ ބޭނުން ކުރަން ފެށޭނީ ސީޕްލޭން ޓާމިނަލް ހުޅުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކާފަބޭ2020

    އާރަންވޭ ނުހުޅުވިގެންއުޅެނީ ތަޢުލީމުއުނގެނިގެންތިބިމީހުން ޑަސްބިންހޮވާކާންޖެހޭދަރަޖައަށްވައްޓާލާފަ އުޑެއްބުޑެއް ކުރިމަތިފަރާތެއްފުރަގަސްފަރާތެއްނުދަންނަސޮހޮލުންނަށް ވަޒީފާދީގެން ނާޗަރަންގީކުޅުމުގަ ބުޅާއުޅޭހެންދުވާލުހަތަރުދަމު ނިދާފަތިބޭމީހުން ބަސްކިޔަން އައްޔަންކުރީމާ ދެންހަކުރުގިނަވެ ވާނުވާނޭގޭތީއެވެ. އުނގެނުމާއިނޭނގުމުގެތަފާތު ނުދަންނަ ގަމާރުން އިސްސަފަށްނެރިމަމޮޅުވީމަވާގޮތެވެ.މަށަކީވެސް😉😉😉😉😉

  2. މޮރިލް

    އީސީ ޝަރީފު ( ވޯޓު ވަގުގެ ) ކަންތަށް މީ // އިންޑިޔާ އައުޓް //

    2
    1
  3. ކޮއްޔާ

    ތިންއަހަޜު ތެރޭ ގައުމު ލޫޓުވާލައިފިނުން ! ކޮވިޑްބޭރުގެ އެހީތަކާއެކު ލިބުނުހާ އެހީއާ މިތާ ހުރި އިމާރާތްތަށް ވެސް މޯގޭޖްކޮށް ނަގައން ކައިހުސްވެއްޖެ // ފެންނަން އޮތީ ތޮށިގަނދު ،،،

  4. ސަޓޯ

    އަހަރެމެންގެ ޓެކްސް ފައިސާ. ބޭކާރު

  5. ނާދިރާ

    ސަރުކާރު ބަދަލު ކުރުމަށް ރާއްޖޭގެ ރައްޔިތުންނަށް މިހާރު މަޖުބޫރު ވެއްޖެ

    6
    1
  6. ބުރަކި

    ސުލޯލިހު ތިތަންތަން ހުޅުވަން ލަދުގަނޭ އެއީ ރައީސްޔާމީން ޖަލަށްލާފަ އެހާފުރިހަމަކޮށް ހަދާފަހުރިތަންތަން ހުޅުވުމަކީ ސުލޯލިހުގެ ހިތަށް ކެތްވާރު ކަމަކަށް ނުވާނެ އެހެންވެގެން ތިތަންތަން ނުހުޅުވަނީ އެހެންނޫނަސް މީނަޔަކަށް ގައުމު ނުހިންގޭ.