އުސްފަސްގަނޑާއި ދިމާލުން އޮޔަށް ދަމައިގަތް ދިވެހި ފިރިހެނަކު ވާދޫ ކަނޑުން ފެނިގެން ސަލާމަތް ކޮށްފިއެވެ.

އޭނާ އޮޔަށް ދަމައިގަތީ ބޯވަ ނަގަން އުޅެނިކޮށެވެެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެކަނި ބޯވަ ނަގަން ގޮސްއުޅުނު މީހަކު މާލޭ އުސްފަސްގަނޑާ ދިމާލުން އޮޔާ ގޮސްފައިވާ ކަމަށެވެ. މި މީހާ ފެނިފައިވަނީ ވާދޫ ކަނޑުގެ ތެރޭގައި ފަތަމުންދަނިކޮށް އެވަގުތު އެސަރަހައްދުން ދަތުރުކުރި ބަޔަކަށް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

އޭނާ މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. އޭނާގެ ހާލަތާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

މިދުވަސްވަރަކީ ވަރަށް ކަނޑުގަދަ ވިއްސާރަ ދުވަސްވަރަކަށްވުމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކާ އަދި ކަނޑާގުޅުންހުރި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުންވެސް ސަލާމަތާ ރައްކާތެރިކަމަށް އިސްކަންދިނުމަށް އެމްއެންޑީއެފް އިން އެދެއެވެ. "ވިސްނާލުމެއްނެތި ކުރާކަމަކުން ފުރާނައަށް ނުރައްކާވާ ހާލަތަށް ހުށަހެޅިގެންދިޔުމަކީ ނުހަނު ކައިރީގައިވާ ކަމެއް. ވީމާ ތިމާއާ އަނެކާގެ ސަލާމަތާ ރައްކާތެރިކަމަށް ސަމާލުކަންދީ، ފަރުދީ ޒިންމާ އަދާކުރުމަށް އިލްތިމާސްކުރަން." އެމްއެންޑީއެފް އިން މިއަދު ވިދާޅުވިއެވެ.

ފާއިތުވި ތިން ދުވަހުގެ ތެރޭގައި ކަނޑުމަތީގެ އެކްސިޑެންޓްތަކުގައި ވަނީ ދެމީހުން ނިޔާވެ ކުޑަކުއްޖަކު ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ރެފްރީ

  މުސްކުޅިންބުނެއުޅޭ އެކަނިގޮސްގެން ނެގޭނީ ބޯވައޭ !!

 2. ބޯވަ

  މޫދަށް އެރެވޭނި ލައިފް ޖެކެޓު އަޅައިގެން.މަޖުބޫރު

 3. ބިރުކުޑައަލީ

  ކޮންމެ މީހަކު ވެސް މި ބޭނުން ވަނީ ރާމްބޯ ހެދެން.

 4. ނ.ނ

  ނަސީދު ރާޖެ އައުމާއެކު މުޅި ރާޖެ ހިތާމާގަ މިވާގޮތެތް ބަލަންވެތްޖެނު

 5. ހ. ހުސައިން

  އަލްހަމްދުﷲ. ކަތުންނޭ މޫސުމަށް ބަލައިގެން ކަންކަންކުރުމަށް ނަސޭހަތްތެރިވަން. ރައްކާވެތިބިއްޔާ ދަތުރު.

 6. އިހްސާނުއްދީން

  ތި މީސްމީހުން ޖެހޭނެ ޖޫރިމަނާކުރަން. އެކަނި އެހާ ގަދަ ދުވަސްކޮޅަކު ނުކުތުމަކީ ބޮޑު ގޯހެއް.

 7. ޟމ

  ދިވެހިންގެ ކަންފަތާއި ލޮލަށް ބޭސްކުރަން ރަގަޅު ޕެކޭޖް އެއް ހަދަން އެބަޖެހޭ

 8. އަސްލަމް

  އަދިވެސް ފުލުހުންނާއިތަ އޭނާ ހަވާލުކުރަންވީ؟

 9. ގަލަން

  ކޮން ވާދޫ އެއް؟

 10. ޗަމަކް

  މި ގޮލާ މާ ފާސްޓް ބޯޓަކައްވުރެ

 11. އަހްމަދު

  އުސްފަސްގަނޑުން ފުންމާލެވެނީ ވާދޫކަނޑަކަށްނޫންތަ ދެންކީއްވެތަ އެމީހާ ފުލުދޫކަނޑުންނަގަންވީ

 12. މެސީ

  މިވެސް ލައިފްޖެކެޓް ނާޅާތީ ވާގޮތްދޯ