އޭލެވެލް ގައި އެންމެ މަތީ ވަނަ ހޯދާ ހުރިހާ ދަރިވަރުންގެ ފަރާތުން މުޖުތަމައުއަށް ފައިދާނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ އޭލެވެލްގެ އެންމެ މޮޅު ދަރިވަރުންނަށް އިނާމު ދިނުމަށް ރޭ ބޭއްވި ޖަލްސާގައި މިނިސްޓަރުގެ ވާހަކަ މައިގަނޑު ގޮތެއްގައި ބައްޓަން ކޮށްފައިވަނީ މަތީ ވަނަތައް ހޯދާ ދަރިވަރުންގެ ފަރާތުން މުޖުތަމައުއަށް ގެނެސްދޭ އަސަރާއި ގުޅޭ ގޮތުންނެވެ.

އައިޝަތު އަލީ ވިދާޅުވި ގޮތުގައި އެންމެ ކާމިޔާބު ކުދިންނަށް ވެފައިވަނީ އިލްމާއި ހުނަރު އެންމެ ފުޅާ ދާއިރާއެއްގައި ގައުމަށް ފޯރުކޮށްދީ، އެންމެ ގިނަ ބަޔަކަށް އެކުދިންގެ ހެޔޮ އަސަރުތައް ލިއްބައިދިން ކުދިންނެވެ. އަދި އެންމެ ބޮޑު އަސަރެއް މުޖުތަމައުއަށް ގެނެސްފައިވަނީ ހަމައެކަނި ތައުލީމީ ގޮތުން މޮޅު ކުދިން ނޫންކަމަށްވެސް ވިދާޅުވިއެވެ.

"ވޭތުވެދިޔަ 30 ވަރަކަށް އަހަރުގެ ތެރޭގައި މި ސްޓޭޖްގެ މަތީން ތިޔަ ފަދަ އެތައް ހާސް ކުދީންނެއް، މިރޭ ތިޔަ ހާސިލްކުރާ ފަދަ ވަނަތަކާއި ސަނަދުތައް ހިފައިގެން ގޮސްފައިވޭ. އެ ކުދީންގެ ހަޔާތުގެ ނަތީޖާތަކަށް ނަޒަރު ހިންގާލުމުން ފާހަގަ ކޮށްލެވޭ އެންމެ މުހިއްމު ކަމަކީ، އެންމެ ބޮޑު އަސަރެއް މުޖުތަމައުއަށް ގެނެސްފައިވަނީ ހަމައެކަނި ތައުލީމީގޮތުން މޮޅު ކުދިން ނޫންކަން" މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެއީ ލިބޭ މުސާރައަށް ވުރެ، އިޖްތިމާއީ މަންފާއަށް ހިދުމަތުގެ އަތުކުރި އޮޅާލި ކުދިންކަން އޭނާ ފާހަގަކުރެއްވިއެވެ.

އެއަށް ފަހު ދަރިވަރުންގެ ފަރާތުން މިނިސްޓަރު އެދިވަޑައިގެންނެވީ މުހިއްމު ކަމަކަށެވެ.

"މިރޭ، އަޅުގަނޑު މި ހަފްލާގައި ތިބި ދަރިވަރުންގެ ފަރާތުން އެދޭ އެންމެ ބޮޑު އެދުމަކީ، ތިޔައިގެ ތެރެއިން އެންމެ ހުނަރުވެރި ކުދިން މުދައްރިސުންނަށްވުން" އުނގަންނައިދިނުމުގެ މަސައްކަތަކީ، އޭގެ އަސަރުތައް އެތައް ޖީލަކަށް ފެތުރިގެންދާ، ދުނިޔެއާއި އާހިރަތުގައި ހެޔޮ ޖަޒާ ލިބޭ، އަބުރުވެރި މަސައްކަތެއް ކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ނަޒަރުގައި އެއީ ރަނގަޅު މުޖުތަމައުއެއް ބިނާކުރުމަށް ކޮށްދެވޭނޭ އެންމެ ބޮޑު އެއް ހިދުމަތެވެ. އަދި ތައުލީމީ ގޮތުންރާއްޖެ ކުރިއަށް ދިއުމުގެ މަގުސަދު ހާސިލްކުރުމަށް ކުރެވޭނޭ އެންމެ މުހިއްމުކަމަކީވެސް ހުނަރުވެރި މުދައްރިސުން ތަމްރީނުކުރުން ކަމަށެވެ.

"ބައެއް ގައުމުތަކުގައި، މިސާލަކަށް ފިންލަންޑް އާއި ސިންގަޕޫރު ފަދަ ގައުމުތަކުގައި، އެންމެ ހުނަރުވެރިކުދީން ހިޔާރުކުރާ އެއް މަސައްކަތަކީ މުދައްރިސްކަން" އައިޝަތު އަލީ ވިދާޅުވިއެވެ.

އިލްމު އުނގެނުމަށް އޮތް މަގަކީ އެނގޭ މިންވަރު ވަރަށް މަދުކަމުގައި އަބަދުވެސް ދުށުން އަދި އަބަދުވެސް އާކަންކަން ހޯދާ ދަސްކުރުމަށް ޝައުގު ބެހެއްޓުންކަން އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ކޮތަރު

  ކީއްވެ އެންމެ މޮޅު ކުދިންގެ މަސައްކަތަށް ޖޯކުޖަހަނީ؟ ހާދަ ހިތްވަރަކުންނޭ އެކުދިން އެ ނަތީޖާ ހޯދީ. އެކަމަކު މިނިސްޓަރުގެ ވާހަކަ ވަރަށް ނާއުއްމީދު.

 2. ކަމަނަ

  ސަބަހޭ ތުއިވާ މިނިސްޓރ

 3. ހުސޭނުބޭ

  އެންމެ ފުރަތަމަ މިނިސްޓަރަކީ މުޖުތަމަޢަށް ފައިދާވާ މީހެއް ނޫން!

 4. އަލްޖިބްރާ

  " ޓޮޕްޓެންގައި ހިމެނޭ އެންމެންގެ ފަރާތުން މުޖުތަމައަށް ފައިދާއެއް ނުވޭ "- މިނިސްޓަރު
  ތިޔަވިދާޅުވަނީ ކިޔަވާކުދިންގެ ވާހަކަ ! އެކުދިން ޓޮޕް ޓެން ގައި ހިމެނުނީ އެކުދިންގެވެސް ވަރަށް ބުރަ މަސައްކަތުން ! އެފަދަ ކުދިން ދެންވެސް ބޭނުވާނީ ކިއެވުމުގެ ރޮގުން ކުރިއަށް ދާން ! އެކަމަށް އެކުދިން ވަރަށް ބޮޑެތި ޤްރުބާނީތަކެއްވެސް ވޭ ! ދަންނަވާލަން ބޭނުންވަނީ މުޖުތަމަޢު އަށް ފައިދާއެއް ނުވެއޭ ވިދާޅުވާއިރު މިރާއްޖޭގަ ފައިސާގެ މަތީގައި އުދުހޭ މީހުންގެ ފަރާތުން މި މުޖްތަމަޢުއަށް ލިބެނީ ކޮންފައިދާއެއްތޯ ސުވާލު ކޮށްލުމެވެ! ހަމައެކަނި ކިޔަވާކުދިންނަށް ތިގޮތަށް އިހާނާތް ތެރި ބަސްތަށް ރައްދުކުރުމުން މުޖްތަމަޢު އަށް ކުރާނެ ފައިދާއެއް ނެތެވެ. އެކުދިންގެ ހިތްތަކުގައި ހިތްހަމަނުޖެހުމާއި ފިތުނަ އުފެދުން ނޫން އެހެން ކަމެއް ނުވާނެއެވެ! ކިޔަވައިގެން ނުކުންނަ ކުދިންގެ ފަރާތުން މިޤައުމަށް ލިބޭ ޚިދުމަތުގެ އަގުވެސް މިޤައުމުގެ ކަމާބެހޭ ފަރާތްތަކުން ރަގަޅަށް ބަލައިނުގަންނަކަން މިނިސްޓަރަށް ނޭގޭހާލު ތިޔަފަދަ ބަހުރުވައިން ކިޔަވާ ކުދިންނަށް ފުރައްސާރައިގެ ބަހުރުވައިން ނިސްބަތް ނުކުރިއަސް މިނިސްޓަރުގެ ވަޒީފާގަޑު ގެއްލޭނެ ހެނެއް ހިއެއްނުވެއެވެ.

 5. ކަމަނަ

  ޓޮޕް10 ގައި ހިމެނޭ އެންމެންގެ ފަރާތުން މުޖުތަމަޢަށް ފައިދާވާނީ އެމީހުންނަށް އެފަދަ ފައިދާކުރިކަންކަން ކުރެވޭނެ ފަދަ ފުރުޞަތުތައް ސަރުކާރުން ފަހިކޮށްދެއްވައިގެންނޫންތޯ؟

 6. ހެހެހެ

  އަޅުގަނޑުގެ ދަރިފުޅަކީ 1ވަނައަށް ދިޔަ ދަރިވަރެއް އެކަމަކު ވަޒީފާއަށް ލައިގެން ވަޒީފާގަނޑެއް ނުލިބެ ރައީސުލް ޖުމުހުރިޔައްދެއްވި ކޯސް ނިމިގެބްވެސް އެތައް ދުވަހަކު ހުންނަށް ޖެހުނު އެއީތާ އެބުނާ ސެޓްފިކެޓަށް ކިޔެވީމާ ވާގޮތަކީ ދަށު ފަންތީގެ މީހަކަށްވީމާ ނުލިބެނީ ކިޔެވިޔަސް ޕާޓީގައި ސޮއި ނުކުރާތީ ނުލިބެނީ އައިޓީ އެއްނޫން އެހެންއެއްޗެއް އެގުނަސް ނުލިބޭ ޕާޓީ ކުދިންކޮޅަށް ލިބެނީ އޮފީސްތަކުން

 7. ޙަލީމާ

  ގައުމެއްގަ ތައުލީމާ ބެހޭ ވުޒާރާގެ ގޯލްއަކީ (ތަސައްވުރަކީ) އެންމް ރަނގަޅު މާކްސް ނެގި ގަދަ 10 ކުދިން އަތް ފުނާއަޅައިގެން ހޮވާ ބެރުދުންމާރިން މަރުހަބާކިއުން. މިގައުމުގެ މަންހަޖުގައިވާ ތަސައްވުރަކީ ދިރިއުޅުމަށް ދަރިންތައްޔާރުކުރުން. ސުވާލަކީ މުޖްތަމައަށް ފައިދާހުރި ދަރިން އެބަތައްޔާރުކުރެވޭހޭ؟ ހުނަރުވެރި ތައުލީމީ ދަރިން ތައްޔާރުކުރަން ވައުދުވެފަ މިފެންނަ މަންޒަރަކީ ރެއާދުވާލު 10 އަހަރުގެ ޕާސްޓްޕޭޕަރު ގިރައިބޯންދިނުން އަދި ކެމްބްރިޖުން ފޮނުވާ ބާލިދީއަކަށް ހޮޑަށް ދުއްވާލުން. ޢުމުރުން 12 އަހަރާއި 18 އަހަރަކީ ކުދިންގައިގަ އެއްވެސް ހުނަރެއް އަދަބެއް ތަރުބިއްޔަތެއް ދަސްކޮށްދޭން ސްކޫލަކުން މަސައްކަތެއްކުރާ އުމުރުފުރައެއްނޫން. %100 ނަތީޖާއަށް ފޯކަސް ކުރެވި ހިތުދަސްކުރަން ދަށްކުދިން މިތިބެނީ ހާއްސައެހީއަށް ބޭނުންވާ ޓެގް އަޅުވާފަ. އޯކޭތާ އެއީ ނުކިޔެވޭ ގްރޫޕް. ފައިނަލީ އެއްކަލަ ފުރޭނި ކްރީމްކޮޅު ސްޓޭޖް މައްޗަށް ގެނެސް ކަމަނާ ތި ކިއުއްވަނީ އަރަތައެއްނޫންތޯ.

 8. ޙާމަ

  މުދައްރިސުންނަށް ގިނަ ކުދިން ނުވަނީ ލިބޭ މުސާރަ ނުކިޔަވާތިބޭ މީހުނަށްވުރެ މަދުވެފަ ލިބޭ ގަދަރާއި އިހުތިރާމުވެސް މިހާރު ކުޑަވީމަ. މުސާރަ ބޮޑުކޮށްދެއްވާ. އޭރުން އެދެވޭ ނަތީޖާއެއް ނިކުންނާނެ މެޑަމް. ޜަނގަޅު ޖީލެއް ބިނާކުރެވޭނީ އޭރުން

 9. ރައޔިތުދޭސީ އަހަންމަދޭ

  ތިޔަ މިނިސްޓަރގެފަރާތުން މުޖްތަމައައް ރައްޔިތކައްވީފައިދާއެއް އެބައތޯ ފުރަތަމަ ކަމަނާގެ އަމިއްލަނަފްސައް ސުވާލްކޮއްލައްވާ؟ ވެގެން އުޅޭގޮއްވަރައްސާފް މިނިސްޓރ އާއިމިގައުމުގެ ގިނަވެރިންނާއި ވެރިންގެ ދަރިންނައް ވާސިލްނުވާ ހިސާބައް މިގައުމުގެ ނިކަމެތި ރައްޔިތުންގެ އާދައިގެ ކުދިންތަކަކައް މިފަދަރިކޯޑް ތަކެއް މުގުރާލެވުނީމާ ދެރަވަނީ (ޖެލެސް ވަނީ) އެހެންނޫންތޯ މިނިސްޓަރ ބަލަމިގައުމުން ޑުރަގް ފިލުވާނުލެވިގެން މިއުޅެނީވެސް ހަމަ އެހެންވެގެން ނިކަމެއްޗެއްގެ ދަރިފަސްކޮޅަކުން މަތީތައުލީމް ހާސިލްކޮއްގެން ވެރިކަމައް އަތުވެދާނެތި ޒުވާނުންކިޔަވައިގެެންނިކުއްނައިރައް ޑުރަގްގަޖައްސަވެގެން އޭރުންނޫންތޯ ތިމާމެންގެ ވަޒީފޡގައިދެމިތިބެވޭނީ ބަލަމީހަކު ދޭތެރެ ދުރުކުރީވެސް ހަމަ މިހެންވެގެން 3 ޖީލް ނައްތާލީ އެއްޑަނަބަހައިގެން މިހާރު އޭގެހިތި އުފުލަން މިޖެހުނީ މުޅިގައުމް މީސްކޮޅުމަދުވީމަ ވެދުން

 10. ޓައީބޯ

  ދައުލަތުން ބޮޑު މުސާރަ ބަނޑުއަޅުއްވާ، އެމީހުންގެ ފަރާތުން މުޖުތަމައަށް ގެއްލުން ދިނުން ނޫން ކަމެއްނުކުރާ ކިތައްމީހުން ތިބިތޯ ބައްލަވާ ދިރާސާކުރުން މުހިންމު ކަމުގައި ދެކެން