ރިސޯޓެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ އަންނަތާރާ މޯލްޑިވްސް ރިސޯޓްގެ ބީޗް ސަރަހައްދުގައި ފަތުރުވެރިޔަކު މަރުވެފައި އޮއްވާ އިއްޔެ 13:00 ކަންހާއިރު ފެނިފައިވާ ކަމަށެވެ.

މަރުވެފައި އޮއްވާ ފެނުނީ ކޮރެއާ ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ އޭނާގެ މަރާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

އޭނާގެ މަރާއި ގުޅޭ ގޮތުން އިތުރު އެއްވެސް މައުލޫމާތެއް ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.