މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އިދިކޮޅުން ވާދަކުރާ އެމްޑިޕީއިން ވެރިކަމަށް އަތުވެއްޖެ ނަަމަ ކުދި ތަންކޮޅުތަކުގައި އުޅޭ މީހުންނަށް އިހްތިޔާރު ކުރާތަނަކުން ގޯތި ހޯދައިދޭނެ ބުނެފިއެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ވާގޮތުން ގޯތި ގެދޮރުގެ ދަތިކަމާ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް އާއިލާތަކަށް ދިރި ނޫޅެވޭ ކުދި ބިންކޮޅުތަކާއި ކުދި ކުދި ފުލެޓް ތަކުގައި ދިރިއުޅޭ ފަރާތްތަށް އެމީހުން އިހްތިޔާރު ކުރާ އެހެން ތަންތަނުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ފޯރުކޮށްދޭނެއެވެ.

އަދި މާލޭގައި އެކަށީގެންވާ ވަރުގެ ބިމެއް އޮވެ އިމާރާތް ކުރުމުގެ ތަނަވަސްކަން ނެތް ފަރާތްތަށް ދެނެގަނެ އެފަރާތްތަކަށް ލުއި ފަސޭހަ ކޮށް އިމާރާތް ކުރެވޭނެ ފަސޭހަ ގޮތްތަށް ފަހި ކޮށްދޭނެކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ވެއެވެ.

އެމްޑީޕީ އިން ބުނާގޮތުގައި އޭގެ ތެރޭގައި އެކަނިވެރިންގެ މައިންނަށް އިސްކަން ދެވިގެންދާނެއެވެ.

އަދި މާލެ އަށް ޒިޔާރަތް ކުރާ ފަރާތްތަކަށް މާލެ އަކީ ހިތް ފަސޭހަ ތަނަކަށް ހެދުމުގެ ބޮޑު އިސްކަމެއްދޭނެކަމަށް ވެސް މެނިފެސްޓޯގައި ބުނެފައެވެ. އެގޮތުން މާލޭގައި ހުރި އާސާރީ ތަންތަން ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް އެތަންތަނުން އާމްދަނީ ލިބޭނެ މަގު ފަހިކުރާނެ ކަމަށް މެނިފެސްޓޯގައި ބުނެފައެވެ.

އެމްޑީޕީގެ މެނިފެސްޓޯ ގައި މާލެ ހިތްފަސޭހަ ތަނަކަށް ހަދާނެ ކަމަށް ބުނެފައިވާއިރު ރައީސް ޔާމިންގެ ސަރުކާރުން މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައިި ވާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މާލޭގައި ތަފާތް ޕާކްތައް ހަދައި ރަސްފަނު ފަދަ ހިތްގައިމު ތަންތަން ތަރައްގީ ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ. އަދި އެތަން ތަނުގެ ބޭނުން ގިނަ އަދަދެއްގެ އާއްމުން ބޭނުން ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޅަބޭ

    އެމްޑީޕީއެއް ޖޭޕީއެއް ނުހޮވޭނެ. ހޮވޭނީ ހަމައެކަނި ޔާމީނު. ވޯޓުން ނޫނިއްޔާ ކޯޓުން. ގާސިމޔ ދެވަނަ ބުރުގަ ޔާމީނާ ކޯލިޝަން ހަދާނެ. ދެން އެމްޑީޕީއިން ޖެހޭނީ ކުރުފަލިޖަހަން ދާން.

  2. މުުޫސަބެެ

    މަބެޭނުމިީ ސަލޓަނޕަާކުނނޭ

    • Anonymous

      މިހާރު ސުލްތޯންޕާކެއް ނުހުންނާނެ. މިހާރު ހުންނާނީ ރާޖަރާނީބަގީޗާ.

  3. ހަބޭސް

    ސާބަސް އެމްޑީޕީން ތިނިންމި ނިންމުމަށް މަރްޙަބަކިޔަން އަޅުގަނޑު ގޯތި ބެނުން ވަނީ ޖުމުހޫރީ މައިދާނުން އަޅުގަނޑު ކޮޢްކޮއަށް ގޯތި ލިބެންޖެހޭނީ ގަޑިބުރު އެހުރިތަން އަދި ދޮށީ ދަރިފުޅަށް ގަލޮޅު ދަނޑުން މަޖީދީމަގަށް ވަގޮތަށް ކުރީގެ ސަލްޓަންޕާކުންވެސް ގޯއްޗެއްބޭނުން ފައިސާދީފަ ގަންނަން

  4. ޒަނެ

    ކޯއްޗެއް ކިއާކަށް؟ އާކަމެއް ނެތް. ނޫޅޭ ތީ ބަލާކަށް މީހަކު. ހުރިހާ ކަމަކަށް ރޔ ހައްލު ވަނީ ހޯދާފަ.

  5. ހުސޭނުބޭ

    މަ ބޭނުމީ ކެނެރީގެ! ވޯޓު ދެވޭނީ އޭރުން.

  6. ބުރާންތި

    މާލޭމީހުނައް ހުރިހާ ސަރުކާރެއްގަ ވެސް ފުރުސަރު އޮންނަނީ ރާއްޖެތެރެޔައް ބައިކުޅަބައިވެސް ނުލިބޭ މުއީޒުވެސް މުޅި ރާއްޖޭގެ ބަޖެޓް ގެ 90 ޕަސެންޓް މާލެއް އަޅާލީ

  7. އަހްމަދު

    އަހަރެން ބިންބޭނުންވަނީ މައްކާއިން. ހޯދާދޭނެބާ؟