ކާށިދޫ ކަނޑަށް ވެއްޓުނު ޒުވާނަކު ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެއެވެ.

އޭނާ ވަނީ މީގެ އިރުކޮޅެއް ކުރިން ފަތާފައި ކާށިދުއަށް އަރާފައެވެ.

ފުލުހުން ވިދާޅުވީ ބ.އަތޮޅުން ދަތުރުކުރި ބޯޓަކުން 22 އަހަރުގެ ފިރިހެނަކު ކާށިދޫ ކަނޑަށް ގެއްލިގެން މިއަދު ހެނދުނު 11:00 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ކާށިދޫގެ ހުޅަނގުން ހަނޯޓިކަލް މޭލު ބޭރުން ދަތުރުކުރި މުދާ އުފުލާ ދޯންޏެއްގައި ހުރި މީހަކު ކަނޑަށް ވެއްޓި ގެއްލިގެން އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށާފައިވާ ކަމަށެވެ.

ކަނޑަށް ވެއްޓުނު މީހާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި އަޅި ކުލައިގެ ޓްރެކްޝޫޓެއް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ހުދު ސަމާލު ނެރެފައެވެ. ކޮޅިގަނޑުގައި 50 މޭލަށް ވައި ބާރުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ބަލައި ދަތުރު ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އޭނާ އަށް 25 އަހަރު ބްރޯ!

  2. ރަން ރީނދޫ

    އިބްރާހިމާ އިސްތިއުފާ ދޭކަށް ނުވޭތަ. ސުންޕާ ކަން މުޅި ގައުމަށް ވެރިވެ،ރައްޔިތުން ހަނާ ވަނީ.