ކާށިދޫ ކަނޑަށް ގެއްލުނު 22 އަހަރުގެ ޒުވާނާ ފަތާފައި ކާށިދުއަށް އަރައިފިއެވެ.

އޭނާ ކަނޑަށް ވެއްޓުނީ މުދާ އުފުލާ ދޯންޏަކުން ދަތުރު ކުރަމުން ދަނިކޮށެވެ. އެމްއެންޑީއެފް އިން ވިދާޅުވާ ގޮތުގައި އޭނާ ކަނޑަށް ވެއްޓުނީ ކާށިދޫގެ ހަމޭލު ބޭރުންނެވެ.

ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުން ދިޔަ މީހާ ފަތާފައި ކާށިދުއަށް އަރާފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

އަދި އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ސުވާލު ކުރުމަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރާއްޖޭގެ މޫސުން ވަަރަށް ބޮޑަށް ގޯސްވެ ހިތާމަވެރި ހާދިސާތައް ދަނީ ހިންގަމުންނެވެ. ކަމާއި ގުޅުން ހުުރި އިދާރާތަކުން ދަނީ ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އިރުޝާދު ދެމުންނެވެ.

"ވިސްނާލުމެއްނެތި ކުރާކަމަކުން ފުރާނައަށް ނުރައްކާވާ ހާލަތަށް ހުށަހެޅިގެންދިޔުމަކީ ނުހަނު ކައިރީގައިވާ ކަމެއް. ވީމާ ތިމާއާ އަނެކާގެ ސަލާމަތާ ރައްކާތެރިކަމަށް ސަމާލުކަންދީ، ފަރުދީ ޒިންމާ އަދާކުރުމަށް އިލްތިމާސްކުރަން." އެމްއެންޑީއެފް އިން މިއަދު ވިދާޅުވިއެވެ.

ފާއިތުވި ތިން ދުވަހުގެ ތެރޭގައި ކަނޑުމަތީގެ އެކްސިޑެންޓްތަކުގައި ވަނީ ދެމީހުން ނިޔާވެ ކުޑަކުއްޖަކު ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސަރާސަރު

  ހަ ނޯޓިކަލް މޭލު ބޭރުން ފަތާފަ ކާށިދުއަށް؟

 2. މުޙައްމަދު

  ވަރަށް ހިތްވަރުގަދަ. އެކަމަކުވެސް ވަރަށް ބިރުބޮޑު ކަމެއް ކުރެވުނީ. ކޮންމެ ފަހަރަކު ސަލާމަތްވާނެކަމަށްވެސް ދެކިގެން ނުވާނެ. ރައްކާތެރިކަން އިސްކުރާތި. ގަދަ ކަނޑަކުން ސަލާމަތް ކުރެއްވީތީ ޙަމްދުކޮށް ނަމާދު ކުރާތި. ދީނީ އަޅުކަންތައް އެންމެ އިސްކަމަކަށް ހަދާތި. ބާއްޖަވެރި މުސްތަޤުބަލެއް މިންވަރު ކުރައްވާށި. އާމީން

 3. ދިއްގާ އައިސަ

  ހާދަ ހިއްވަރު ގަދަ މޮޅު ކުއްޖެކެވެ

  20
 4. ޠަން

  އެހެންލާފަ ދިޔަ ދޯޏަކައްވެސް ފެނުނު އޭނާ ފަތަމުންދަނިކޮއް އެކަމު ނުނެގީމަތާ “ފަތާފަ ގޮސް ކާށިދޫ އައް އަރާނީ” އަމިއްލެއައް. ޕްލިސް ޕްލިސް. ގަދަ ކުއްޖެއް. ٱلْحَمْدُ لِلَّٰهِ

 5. ލޮލީ ޖާ ބިރުބޭ

  ޝުކުރިއްޔާ ޒުވާނާ