އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގެ ކައިރީ ކުރަމުން ދިޔަ މުޒާހަރާ ރޫޅާލާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ހައްޔަރުކޮށްފިއެވެ.

މަހްލޫފް ހައްޔަރުކުރީ އެމްޑީޕީގެ ހަރުގެ ތެރޭގައި ހުންނަވަނިކޮށެވެ.

ފުލުހުން މިރޭ ވެސް މުޒާހަރާ ރުޅާލީ ޕެޕަސްޕްރޭ ބޭނުންކޮށްގެންނެވެ.

ނަމަވެސް މަހްލޫފް ފިޔަވައި އިތުރު މީހަކު މިރޭ ހައްޔަރުކުރިކަން އަދި އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފަރީ

    ސާބަހޭ ސާބަހޭ އިދިކޮޅުއިއްތިހާދުގެ ބައިވެރިން ތިކުރާހިއްވަރައް

  2. ފަރީ

    އިދިކޮޅުގަ ތިބިއަންހެން ކަބަލުންނައް ބުނެލަން ބޭނުންވަނީ ދިވެހިދަރިންނޭފަހަތައް ނުޖެހޭށޭ

    • ހުމާމު

      ތީ ޖިހާދަކަށް ވީމާތަ!

  3. ސީނު

    މުޒާހިރާއޭ؟ ލަވަޖަހާ އަތްޖަހާ އެތާތިބި އަނހެން "ކަނބަލުން" ލަދެއް ހަޔާތެއް ނެތި ނަޝާ ނަގަނީ ކެމެރާ ކުރިމަތީ.... މީ މިމީހުންބޭނުންވެގެން ތިއުޅޭ ކަންތަކަކީ...ނާޗަރަންގީ ކުޅެން އެންމެން އެއްވެގެން.....އަންހެނަކަށް ވީތީވެސް ލަދުން ބޯހަލާކު.....