ގދ.ތިނަދޫން ނިޔާވި ތިން މަހުގެ ތުއްތު ފިރިހެން ކުއްޖާގެ މަރަކީ ކޮވިޑް-19 މަރެއް ނޫން ކަމަށް ކަނޑަައަޅައިފިއެވެ.

އެ ކުއްޖާއަކީ ކޮވިޑަށް ފައްސިވި ކުއްޖެކެެވެ. އަދި އެ ކުއްޖާ ގައިން ބަލީގެ އަލާމާތްތައްވެސް ފެނިފައި ވެއެވެ. ނަމަވެސް ބަލިން ވަނީ ރަނގަޅުވެފައެވެ.

އެކުއްޖާ ނިޔާވީ ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. އެކުއްޖާ ނިޔާވީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ، އެ ކުއްޖާ ކޮވިޑަށް ފައްސިވިތާ މިއަދަށް 16 ދުވަސް ހަމަވެފައިވާއިރު، އެއީ ކޮވިޑް ބަލީގައި ނިޔާވި ކުއްޖެއް ނޫން ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 238 މީހަކު ކޮވިޑްގައި ނިޔާވެފައި ވެއެވެ. އަދި ފައްސިވި މީހުންގެ ތެރޭގައި ހިމެނޭ 13 މީހެއްގެ މަރަކީ ކޮވިޑްގައި ނިޔާވި ބައެެއް ނޫން ކަމަށް ކަނޑައަޅައިފައި ވެއެވެ.

ރާއްޖެއިން މިހާތަނަށް 86000 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 1287 މީހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަނީ

    Hi