ކ. މަހާނައެޅިހުރާގައި ހިންގާ ރިހިވެލި ބީޗް ރިސޯޓްގެ މައްސަލަ ހައިކޯޓުގައި އޮއްވާ އެ ރިސޯޓު ހުޅުވަން ނިންމައިފިއެވެ.
"ވަގުތު"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ރިސޯޓު ހުޅުވަން ތައްޔާރުވަމުން ދަނީ ނޮވެމްބަރު 15 ވަނަ ދުވަހުއެވެ. އެ ރިސޯޓް ހުޅުވަން މަސައްކަތް ކުރަމުން ދަނީ އެހެން ކުންފުންޏަކުންނެވެ.
އެހެންވުމާއެކު ހައިކޯޓުގައި ހިނގަމުންދާ މައްސަލަ އަވަސްކޮށްދިނުމަށް އެދި ސޭވް ދަ ޑްރީމްގެ ވަކީލު އަޙްމަދު ނާޡިމް ޢަބްދުއްސައްތާރު ވަނީ އެ މައްސަލަ ބައްލަވާ ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށްވާ ހާތިފް ހިލްމީއެއް ސިޓީއެއް ފޮނުވާފައެވެ. އޭނާ އެ ސިޓިގައި އެދިފައި ވަނީ، މި ހަފްތާ ތެރޭގައި މި މައްސަލައިގެ އަޑުއެހުމެއް ބާއްވަން އެދޭ ކަމަށެވެ.
ކުރިން އެ ރިސޯޓް ހިންގަމުން ދިޔައީ ރިހިވެލި ދަ ޑްރީމްގެ ނަމުގައެވެ.
ސޭވް ދަ ޑްރީމް އަކީ އެ ރިސޯޓު ހިންގަން ހަވާލުކޮށްފައިވާ ފްރާންސްގެ ކުންފުންޏެވެ. ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔައީ އެ ކުންފުންޏާއި އެ ރިސޯޓްގެ ވެރި ފަރާތް ކަމުގައިވާ މާހަލް ޓުއާސްއާ ދެމެދުގައެވެ.
ސަބްލީސް އެއްބަސްވުމެއްގެ ދަށުން ރިސޯޓް ހިންގަމުން ދަނިކޮށް، އެއްބަސްވުން އުވާލަން ނިންމާފައި މާހަލްއިން ވަނީ ސޭވް ދަ ޑްރީމްސްއަށް ނޯޓިސް ވެސް ފޮނުވައިފައެވެ. އެކަމަކު އެ ރިސޯޓުގައި އަދިވެސް ސޭވް ދަ ޑްރީމްސްގެ މުވައްޒަފުން ތިބިއިރު، މާހަލްގެ ބަޔަކު ރިސޯޓާ ހަވާލުވާން ރިސޯޓަށް ވެސް އަރާފައިވެއެވެ.
މި މައްސާލަގައި ގާޒީ އަލީ ނަސީރު ކުރެއްވި ހުކުމުގައި ވަނީ މާހަލް އިން އެއްބަސްވުން ބާތިލް ކުރުމަށް ފޮނުވާފައިވާ ނޯޓިސްއަކީ ސައްހަ ނޯޓިހެއް ކަމަށެވެ. އެހެންވެގެން، މާހަލްގެ ނުރުހުމުގައި ސޭވް ދަ ޑްރީމް ކުންފުނިން އެތަނުގައި ތިބެ, މަންފާ ހޯދުމަކީ އޮތް ހައްގެއް ނޫން ކަމަށެވެ.
މިހާރު އެ ރިސޯޓްގެ ސަބްލީސް އެއްބަސްވުން ބާތިލް ކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، މައްސަލަ ދަނީ ހައިކޯޓުގައި ކުރިއަށެވެ. މިހާތަނަށް އެ މައްސަލައިގައި ހައިކޯޓުގައި ދެ އަޑުއެހުން ބާއްވާފައި ވެއެވެ. ނަމަވެސް އެ މައްސަލަ ބަލައި ނުނިމެނީސް އެ ރިސޯޓް ހިންގަން އެހެން ކުންފުންޏަކާއި ހަވާލު ކުރުމަށް ނިންމާފައިވާކަން މި މަހުގެ 11 ވަނަ ދުވަހު އޮތް އަޑުއެހުމުގައި ދައްދުވާ ފަރާތުން އިއުތިރާފްވެފައިވާ ކަމަށް ނާޒިމް ވިދާޅުވެފައި ވެއެވެ.
ރިސޯޓްގެ މައްސަލަ ހައިކޯޓުގައި އޮތުމަކީ އެތަން ހުޅުވާ މަންފާ ނުހޯދެންވީ ސަބަބެއް ނޫން.. 14މަސް ވީއިރު ކުލި އަދި މުސާރަ ނުދީ ތިބިބަޔަކާހެދި ރަށުގެ ވެރިންނަށް ކިހާބޮޑު ގެއްލުމެއް