ގޭގައި ތިބެގެން މަސައްކަތް ކުރާ މީހުންގެ ބައިނަލްއަގްވާމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ގޭގައި ތިބެގެން މަސައްކަތް ކުރާ މީހުންގެ ދުވަހަކީ އޮކްޓޯބަރު 20 ވަނަ ދުވަހެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑުން ބުނީ އެ ދުވަހާއި ގުޅިގެން މި މަހުގެ 21، 22 އަދި 23 ވަނަ ދުވަހު އެ ކޯޕަރޭޝަނުން އިސްނަގައިގެން، "ހޯމް-ބޭސްޑް ވޯކާރސް ޑޭ އައުޓް" ގެ ނަމުގައި ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި އިވެންޓެއް ބާއްވާނެ ކަމަށެވެ.

މި އިވެންޓަކީ ގޭގައި ތިބެގެން މަސައްކަތް ކުރާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކައް މާކެޓް ހޯދައިދީ މިފަދަ ވިޔަފާރި ތަކަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުން ކަމަށް އެ ކޯޕަރޭޝަން ބުނެފައި ވެއެވެ.

އެ ކޯޕަރޭޝަނުން ބުނެފައިވާގޮތުން، މި އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް އެއްވެސް އަގަކާި ނުލައި އެ ފަރާތްތަކުގެ މުދާ ނުވަތަ ހިދުމަތް ޑިސްޕްލޭ ކުރުމާއި މާކެޓް ކުރުމާއި އަދި ވިއްކުމަށްޓަކައި، ބައިވެރިވާ ކޮންމެ ފަރާތަކަށް 4x2 ފޫޓުގެ މޭޒަކާއި ޓެންޓެއް ހިމެނޭ ސަރަހައްދެއް ހަމަޖެހޭނެއެވެ. މި އިވެންޓުގައި ކާބޯތަކެއްޗާއި، އަންނައުނާއި، ފޭސް ޕެއިންޓިންގ، މޭކަޕް ފަދަ ހިދުމަތްތަކުގެ އިތުރުން ގޭގައި ތިބެގެން ތައްޔާރު ކުރާ އެހެނިހެން ބާވަތްތަކުގެ މުދާ ވިއްކޭނެއެވެ.

މި އިވެންޓުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ބުދަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.