މިއަދު ރާއްޖެ އިން އިތުރު 46 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ފައްސިވީ 14 މީހުންނެވެ. އިތުރު 22 މީހަކު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން އަދި ރިސޯޓްތަކުން ނުވަ މީހަކާއި ސަފާރީއަކުން އެކަކު މިއަދު ފައްސިވިއެވެ. މިއަދަކީ މިމަހު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން އެންމެ މަދު ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު 3668 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %1.25 މީހުން ކޮވިޑަށް ފައްސިވިއެވެ.

މިއަދު 91 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. މިހާރު ކޮވިޑް ޖެހިފައި ތިބީ 1242 މީހުންނަށެވެ. އޭގެތެރެއިން 13 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު އޮކްޓޯބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 1402 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަކީ 86211 އެވެ. އޭގެތެރެއިން 84718 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 239 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު