ސަރުކާރުން ޗާޓުން ބޭރުން ކުޅެން ފަށައިފި ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ ހޯމް މިނިސްޓްރީގެ އިހްތިސޯސުން ފުލުހުންގެ މުއައްސަސާ ވަކިކުރުމުން އެކަމަށް އިޝާރާތްކޮށް ކުރެއްވި ޓްވީޓެއްގައެވެ.
ފުލުހުންގެ މުއައްސަސާ އާއި މަސްއޫލުވާނެ ވަޒީރަކު ނެތުން އެއީ ކަނޑައެޅިގެން ބޮޑު އޮޅުވާލުމެއް ކަމަށާއި ދުސްތޫރީ ހަމަތައް ކަފުންކޮށް ޗާޓުން ބޭރުން ސަރުކާރުން ކުޅެން ފަށާފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ. ޖަމީލް ސުވާލު ކުރެއްވީ ޖަވާބުދާރީވާން ދެން ވަޑައިގަންނަވާނީ ރައީސްތޯ އެވެ. ޤާނޫނުގައި އޮތް ވަޒީރުންގެ މަޞްއޫލިއްޔަތު ދެން އަދާކުރައްވާނީ ރައީސް އޮފީހުގެ ވަޒީރުންތޯ ވެސް އެމަނިކުފާނު ސުވާލު ކުރެއްވިއެވެ. އެންމެ ފަހުން ޖަމީލް ވިދާޅުވީ މިއީ ވާނުވާ ނޭނގޭ ސަރުކާރެއް ކަމަށެވެ.
ކަނޑައެޅިގެން ބޮޑު އޮޅުވާލުމެއް. ދުސްތޫރީ ހަމަތައް ކަފުންކޮށް ޗާޓުން ބޭރުން ސަރުކާރުން ކުަޅެން ފެށީ. ޖަވާބުދާރީވާން ދެން ވަޑައިގަންނަވާނީ ރައީސްތޯ؟ ޤާނޫނުގައި އޮތް ވަޒީރުންގެ މަޞްއޫލިއްޔަތު ދެން އަދާކުރައްވާނީ ރައީސް އޮފީހުގެ ވަޒީރުންތޯ؟ ވާނުވާ ނޭނގޭ ސަރުކާރެއް. https://t.co/jzYvZXRaWR
— Mohamed Jameel Ahmed (@MJameelAhmed) October 18, 2021
ފުލުހުންގެ މުއައްސަސާ އަކީ އެއްވެސް ވަޒީރަކު ޒިންމާ ވާން ނުޖެހޭ މުއައްސަސާއެއްގެ ގޮތުގައި ހެދުން ގާނޫނު އަސާސީ އާއި ހިލާފު ކަމަށް ބައެއް ވަކީލުން ވިދާޅުވެއެވެ. އެއީ ގާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުސްތަޤިއްލު މުއައްސަސާތަކާއި، ޤާނޫނަކުން އުފައްދާ މުސްތަޤިއްލު އެހެން މުއައްސަސާތައް ފިޔަވައި، ސަރުކާރުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ޤާއިމްކުރާ ކޮންމެ އިދާރާއަކާއި ކޮންމެ މުއައްސަސާއަކާ މަސްއޫލުވާނޭ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ހުންނާންވާނެ ކަމަށް ބަޔާންކޮށްފައި އޮތުމުންނެވެ. އެމާއްދާގައި އިތުރަށް ބުނެފައި އޮންނަނީ ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ އެ މެންބަރަކާ ޙަވާލުކުރެވޭ ކޮންމެ އިދާރާއެއްގެ ނުވަތަ ކޮންމެ މުއައްސަސާއެއްގެ ހިންގުމަށް ޒިންމާ އުފުލައި ޖަވާބުދާރީ ވާންވާނެ ކަމަށެވެ.
އަދި ޤާނޫނު އަސާސީގެ 242 ވަނަ މާއްދާގައި ބުނެފައި އޮންނަނީ ސަލާމަތީ ކޮންމެ ޚިދުމަތެއް ހިންގާންވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުން ކަމަށެވެ. އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީވާން ވާނެ ކަމަށް ވެސް އެމާއްދާގައި ބުނެފައި ވެއެވެ.
ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ވަކިކުރިކަން ރައީސް އޮފީހުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އަންގާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
ހޯމް މިނިސްޓްރީ އަކީ ބޮޑިބަތްކައްކާ ތަނެއްތޯ؟
ދެން ފުލުހުން ދާނީ އިންޑިޔާގެ ބެލުމުގެ ދަށުން ނެވެ
ޖަމީލަކީ ސިޔާސީ
ޖަމީލަކީ ކިޔޭނުކިޔޭ ނޭގޭ
ޖަމީލު އަވަހަށް ތަވްބާވޭ.
ޖަމީލު ނާއިބު ރައީސަކށް ވީތީ ލަދުގަނޭ.
ހައްގަކާނުލައި ރައީސް ޔާމީނުގެ އަބުރު ކަތިލާފަ ތިޔަހުރީ. އަވަހަށް ތަވްބާވޭ
ވިއްދިފައިހުރިކައްތިރިތައް ފަހަރަކުކައްތިރިއެއްނައްޓާ ގަސް މިނިވަންކޮށް އެއްވަލަށްހަދަނީ ފިލައިގެންދާންއުޅޭކަން ބޭޒާރުކޮށްފާނެތީތޯ؟ އަމިއްލަނަފްސަށްއިތުބާރުނުކުރެވޭއިރު އެހެންބަޔަކަށްއިތުބާރުކުރާނީކިހިނެއްދޯ؟ އެކަމަކު އަމިއްލައަތުން ގައިގަފޮތިގަނޑެއްހާވަރުވެސްއަޅާނުލެވޭދުވަސް މަތިންހަނދާންކުރާށެވެ. އެދުވަހު ތިމާއަށްޓަކާނަމާދުވެސް ކުރާނީއެހެންބަޔެކެވެ. ދާނެތަނެއްދެވޭނެތަނެއްލިބޭނެ އެހީތެރިކަމެއް ރުފިޔާފައިސާގެއެއްވެސްބޭނުމެއްނުކުރެވޭ ދުވަހާމެދު ވިސްނާށެވެ. ﷲހެޔޮވިސްނުންދެއްވާށި! އާމީން
ކުޑަކުދިން ވެލިބަތް ކައްކަނީ އެކުދިން ގެ ތަޖުރިބާގައި ބަތް ކައްކަން ނޭގޭތީ ހަމަ އެކަނި ކެއްކުމުގެ ގޮތް ދައްކާލުމުގެ ގޮތުން. ރާއްޖޭގައި ސަރުކާރުތައް އުފެދި ކަންތައްތަކެއް ކޮށްފައި ވިޔަކަސް ، މިއަދު މިއޮތް ސަރުކާރަކަށް ކަންކަން ކުރުމުގެ ތަޖްރިބާއެއް ލިބިފައެއް ނެތް. އެހެންވީމާ "ވެލިބަތް ކެއްކުން" ނޫންކަމެއް ނުކުރެވޭ.
ރަ އްޔިތުންގެ މަޖިލީހުން ފުލުހުން ހިންގަން ސަރުކާރުން
އެބަ މަސަ އްކަތް ކުރެ އެވެ މި އީ ސަރުކާރު މޮހި އްޖެކަން
ހާމަވާ ކަމެކެވެ.
ކަލޭ އަވަހަށް ފިލާ ރައްކާވީ ޗާޓުގެ ތެރޭ ހުރެގެންތަ؟