23:31

ކޮވިޑް ޖެހުނު ދިވެއްސެއް: އަށް ދުވަހު އައިސީޔޫގައި އެންމެ ނަމާދެއް ވެސް ދޫނުކުރޭ!

22:32

އަނެއްކާވެސް އަދަދު މައްޗަށް: އިތުރު 113 މީހުން ފައްސިވެއްޖެ.

19:55

ކޮވިޑް-19 ޖެހިގެން ރަޝިއާއިން ރިކޯޑް އަދަދަކަށް މީހުން މަރުވެއްޖެ

14:36

މިހާރު ކޮވިޑް-19 ފެތުރޭ ނިސްބަތަށް ބަލާއިރު ކޮވިޑް ބަލި ފެތުރުން އިތުރުވެގެން ހިނގައިދާނެ ކަމަށް ނުބެލެވޭ ކަމަށާއި، ބަލި ކޮންޓްރޯލްވެފައި ވަނީ ވެކްސިން ޖެހި މީހުން ނިސްބަތުން ގިނަވުމުން ކަމަށް ވުން އެކަށީގެންވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑިމިއޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ

14:12

ރާއްޖޭގައި މިހާތަނަށް އައިރު އިރު ކޮވިޑް-19 ބޫސްޓަރ ޑޯޒް ޖަހާފައި ވަނީ 601 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެ

ކޮވިޑް-19 ފެތުރުން ރާއްޖޭގައި ކޮންޓްރޯލް ވަމުން އަންނަ މަންޒަރު ފެންނަމުން ދިޔަ ނަމަވެސް ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

މިއަދުވެސް ކޮވިޑް ޖެހިގެން ރާއްޖެ އިން މީހަކު ނިޔާވިއެވެ. ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 239 އަށް އަރާފައެވެ.

މިހާރު ކޮވިޑް ޖެހިފައި ތިބީ 1242 މީހުންނަށެވެ. އޭގެތެރެއިން 13 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު އޮކްޓޯބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 1402 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަކީ 86211 އެވެ. އޭގެތެރެއިން 84718 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ.

ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު މަދުކުރުމަށް ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ޖެހެއެވެ.

ކޮވިޑާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.