"މިިނިސްޓްރީ އޮފް ޅިޔަނާ" އުފައްދަން ފެންނަ ކަމަށް ވިދާޅުވެ ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ސަރުކާރަށް ހަޖޫ ޖައްސަވައިފިއެވެ.
ހޯމް މިނިސްޓްރީގެ އިހްތިސޯސްގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރުމާއި ގުޅިގެން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޅި ދަޢުލަތުގައި އޮތީ ޅިޔަނުން ކަމަށެވެ. "ވެރިކަމުގެ އާރާއި ބާރު، ޖާހަތާއި ސެހެންޝާހު ވެރިވުމުން، ވަޒީރެއް، ކޯލިޝަނެއް، ޕާޓީއެއް، ފިކުރެއް، ޢާންމު ރައްޔިތުންގެ ބޭނުމެއް މިސަރުކާރަކަށް ނުފެނުނު." އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރަށް ބާކީ އޮތީ ދެ އަހަރު ކަމަށެވެ. އިރާދަފުޅުން އިންސާފު އަރާ ހަމަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުޅި ސަރުކާރުގައި އޮތީ ޅިއަނުން ކަމަށް އަލީ ވަހީދު ވިދާޅުވިއިރު ރައީސް ސޯލިހާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަކީ ދެޅިއަނުންނެވެ.
ހޯމް މިނިސްޓްރީގެ އިހްތިސޯސްގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އެއީ ގާނޫނު އަސާސީ އޮތްގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ގާނޫނު އަސާސީގެ 140 ވަނަ މާއްދާގައި އޮންނަނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުސްތަޤިއްލު މުއައްސަސާތަކާއި، ޤާނޫނަކުން އުފައްދާ މުސްތަޤިއްލު އެހެން މުއައްސަސާތައް ފިޔަވައި، ސަރުކާރުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ޤާއިމްކުރާ ކޮންމެ އިދާރާއަކާއި ކޮންމެ މުއައްސަސާއަކާ މަސްއޫލުވާނޭ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ހުންނާންވާނެ ކަމަށެވެ. އެމާއްދާގައި އިތުރަށް ބުނެފައި އޮންނަނީ ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ އެ މެންބަރަކާ ޙަވާލުކުރެވޭ ކޮންމެ އިދާރާއެއްގެ ނުވަތަ ކޮންމެ މުއައްސަސާއެއްގެ ހިންގުމަށް ޒިންމާ އުފުލައި ޖަވާބުދާރީ ވާންވާނެ ކަމަށެވެ.
އަދި ޤާނޫނު އަސާސީގެ 242 ވަނަ މާއްދާގައި ބުނެފައި އޮންނަނީ ސަލާމަތީ ކޮންމެ ޚިދުމަތެއް ހިންގާންވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުން ކަމަށެވެ. އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީވާން ވާނެ ކަމަށް ވެސް އެމާއްދާގައި ބުނެފައި ވެއެވެ.
ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީގެ ދަށުން ވަކިކުރިކަން ރައީސް އޮފީހުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އަންގާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
އުފައްދަންދީ "މިނިސްޓްރީ އޮފް ބޫމް. ބޫމް" އަދިވެސް އޮތިއްޔާ އޮތް ޕާޓީއަކަށް ބަދަލުވެފަ މޮޅެތިހެން ހީވާ ވާހަކަތައް ޕޯޑިއަމްތަކަށް އަރާ ދައްކާތި. ތީ ތިކަހަލަ ސިޔާސީ އެންމެންގެވެސް ވައްތަރު، ކަލޭމެން އެންމެންގެ ކަމަކީ ރައްޔިތުން ގުނބޯ ހެއްދުން. ދެރަކަމަކީ އެކަންތައް ރައްޔިތުންނަށް ނުވިސްނޭތީ. އެމީހުން ފަހަތުން ޖަހާހާ ބެރެކަށް ނަށަމުން ބޫމް ބޫމް އަޅުވަމުން ދުވާތީ.
ނޫނޭ... މިނިސްޓްރީ އޮފް ކަރާފަޅާ އެންޑް ރޭޕިޑް ސިކުސްޓީން ވޮމެން... އުފައްދަންވީ..
ލަދުގެ ކަންފުޅެއްވެސް ނެތީބާއޭ ހިތައް އަރާ! ކޮބާތަ ޓޫރިޒަމް މިނިސްޓްރީގަ ޖިންސީފުރައްސާރަކުރި ކަނބަލުންތަކުގެ ހައްގު؟ ލަދުން ދެފައި ކައިރިކުރަން ނުކެރޭ! ވެރިކަން ބަދަލުވާ ދުވަހަކު ކަލޯ ހިލިހިލާ ޖަހާފައި މިފަސްގަނޑަށް ގެންނާނަން އިނގޭ! ވިސްނާތި! މަގޭ އަންހެނުންގެ ނުރުހުމުގައި ގަޔަށް އަތްލާ، ފާޅުކަންބޮޑުކޮށް ޖިންސީ ގުޅުން ހިނގުމަށް އެދުނު މީހެއް ކަލޭތީ! ބޫން ބޫން ބޫން ކަރާ ފަޅާލަންވާނޭ އޭރަށް!
މިނިސްޓްރީ އޮފް އެންޓަނާވެސް އުފައްދަންޖެހޭނެ.
މިވެރިކަން ނިންމަން ރައްޔިތުން ނުކުންނަން ވެއްޖެ.
ލިޔަނު ސަރުކާރު ހިޔަޅު ސަރުކާރައް މިހިރަގެން ބަދަލް ވަނީ ވެރިކަން ބަދަލްވުމުގެ އަލާމާތް މިހެރަގެން ދަނީ ބާރައް ކުރިޔައް ސަރުކާރު ބަދަލުވުމާއި އެކު މަގާމުތަކައް ބަދަލް އަންނާނެ ހަން ހަދާން ކުރާތި 5 އަހަރު ކައިފިއްޔާ އަނެއް 5 އަހަރު ނުކައި ތިބެން ދަސްކުރޭ
ޅިޔަނާ މިނިސޓްރީ އާއ އި މަކަރު މިނިސޓްރީ އުފެއ އްދުން
މާލަސް ވެއ އްޖެ އެވެ އެކަމަކު މަކަރު މިނިސްޓްރީ
ހިނގަންވާނީ މޑޕ ޖަގަހަ ތަކުންނެވެ.
އައްޔާ! މިވާގޮތަކީ ބަރުލަމާނީއަށް ދިއުމުގެ މަގުތައް ހުޅުވަނީ. .. ކޮން ގާނޫނު އަސާސީ އެއް ކޮން ގާނޫނެއް. ހުރިހާވެސް ބަޔަކީ ސޯލިހާ ނަޝީދު. މި ދެމީހުން އަނގައިން ނުކުންނަމުން އެދަނީ ގާނޫނުތައް. އެއާ އެއްގޮތަށް ގަދަންޖެހޭނީ....
އުފައްދަންވީ މިނިސްޓުރީ އޮފް ޅިއަނާ މިނިސްޓްރީ އޮފް ފަހަރި މިނިސްޓޮރީ އޮފް ކިނބޫ އޭރުން އަނެއްދިވެހިރާއްޖެ ޗިޗަންޑަ19 ފެއްނާނީ.