ފަހަކަށް އައިސް އާދަޔާއި ހިލާފަށް ބޮޑު އަދަދުތަކުން މަސްތުވާތަކެތި އަތުލައިގަންނަކަމަށާއި، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތައް ގިނަ ވަނީ އާކޮންކަމެއް ރާއްޖޭގައި ހިނގައިގެންތޯ ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުން ދޫވާ މައްސަލައިގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި މައްސަލަ އަށް ބަހުސްކުރައްވަމުން މެމްބަރުން ވަނީ މިހާރު މަސްތުވާތަކެތ އަތުލައިގަނެވެނީ އިދާރާތައް ފާރަވެރިވާ މިންވަރު އިތުރުވުމުން ކަމަށް ފާހަގަކުރައްވާ ސަރުކާރަށް ތައުރީފްކުރައްވާފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަސްތުވާތަކެތި ވިޔަފާރިކުރާ މީހުންނަށް ފުޅާކޮށް ވިޔަފާރިކުރަން ފުރުސަތު ލިބުނު ކަމަށާއި ނުފޫޒު ގަދަ މަގާމުތަކުގައި މަސްތުވާތަކެތީގެ ބޮޑުން ތިބި ކަމަށް އެމްޑީޕީ މެމްބަރުން ތުހުމަތުކުރެއްވިއެވެ.

އެ މެމްބަރުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވީ ޑްރަގްގެ މައްސަލައިގައި ހިމެނޭ މީހުންނަށް މިދިޔަ ސަރުކާރުން މައާފުދީގެން ދޫކޮށްލުމުން ކަމަށާއި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވީ ސިޔާސީ ސަބަބުތަކާއި ހުރެ ކަމަށް ވެސް ވިދާޅުވެފައެވެ. އެވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ވަނީ ކުރިން ނުހިނގާ އާ ކަންތައްތަކެއް މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރޭގައި ހިނގާ ކަމަށް އެމަނިކުފާނަށްވެސް ލަފާކުރެވޭ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެއީ ކޮން ކަމެއް ކަމެއް ރައީސް ނަޝިދު ފާހަގަކުރައްވާފައެއް ނުވެއެވެ.

"އަޅުގަނޑު ހިތަށް އަރާ މިއީ މަސްތުވާތަކެތީގެ ވިޔަފާރި އަށް ދިވެހިރާއްޖެ މެދުވެރިވެގެން ހިނގާ ވިޔަފާރި އަށް ކޮންބާވަތެއްގެ ކަމެއް މެދުވެރިވެގެން ބާއޭ. މިއީ ވަރަށް ބޮޑު އަދަދެއް. މިއީ މަގުމަތީގެ އަގަށް ބެލިޔަސް 500 މިލިއަން ރުފިޔާ އަށް ވުރެ އިތުރުވޭ. އެއީ ޑޮލަރުން ބެލިޔަސް ވަރަށް ބޮޑު އަދަދެއް. އެހެންވީމަ މެމްބަރުން ތިފާހަގަކުރައްވާ ފަދައިން މިއީ އަލަށް އަޅުގަނޑުމެންގެ ތެރެއަށް ފަޅަމުން އަންނަ ކުރިއަކަށް ވެދާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މި މައްސަލަ އަށް އެމްޑީޕީގެ ގިނަ މެމްބަރުން ވާހަކަދެއްކެވި އިރު ގިނަ މެމްބަރުންގެ ވާހަކަތައް އަމާޒުކުރެއްވީ ކުރީގެ ސަރުކާރާއި މި މައްސަލަ ހުށަހެޅުއްވި އާދަމް ޝަރީފް އަށް ފާޑު ވިދާޅުވުމަށެވެ. އެގޮތުން އާދަމް ޝަރީފް ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑުން މިނިވަންވުމާއި އޭރު މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވަން އެކަށީގެންވާ މަސައްކަތެއް ކުރައްވާފައި ނުވާކަމަށް ބުނެ މެމްބަރުން ވަނީ އޭނާ އަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ. އެމްޑީޕީގެ މެމްބަރުން ވަނީ މި ސަރުކާރު ދިފާއުކޮށް ވާހަކަދައްކަވާފައެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި ދެބޭފުޅުން ހިޔާލުތަފާތުވެ އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދުމާއި އެކު މަޖިލީހުގެ ތެރޭގައި ވެސް އެ ދެބޭފުޅުންނަށް ތާއީދުކުރައްވާ ބޭފުޅުން ދެ ބަޔަކަށް ބެހުނެވެ. އެހިސާބުން އެމްޑީޕީގެ ބައެއް މެމްބަރުން ފާޅުގައި ސަރުކާރަށް ފާޑުކިޔަމުން ދިޔަ މަންޒަރު މަޖިލީހުން ފެނިގެން ދިޔައެވެ. މިއަދު މަޖިލީހުގައި އެމްޑީޕީ މެމްބަރުން މިފަދައިން ސަރުކާރު ދިފާއުކޮށް ވާހަކަދެއްކި ބައެއް މެމްބަރުންގެ ތެރޭގައި ފަހަކަށް އައިސް ސަރުކާރަށް ތައުރީފްކޮށް ވާހަކަނުދައްކާ މެމްބަރުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. ރަން ރީނދޫ

    މަދުން ގެނެސް ގެން ،މަނިކުފާނު ވާންޗޯ ނުވާނެއެއް ނޫން ތޯ.

    42
    2
  2. އައްނި

    ބަލަގަ ގޮދުތައް ހުޅުވާލީމާ ވައްނާކައް ވަކިއެއްޗެއްނޯންނާނެ އެމީހަކާ ޖެހުނުގޮތެއް އެމީހަކު ހަދަނީ ކަލޭ ރައްޔިތުން ގެ މުޅި ހަޒާނާ ދިރިއުޅުމައް ތިޔާބޭނުންކުރަނީ މިފަހަރަކު ސަލާމަތެއް ނުވެވޭނެ ގާނޫނެއް ހަދައިގެންވެސް ޖަލައް އުމުރައް ނުވައްނާނެ ގޮތެއް ނުވާނެ ނޫނީ މިހާރުން މިހާރައް ފިލާ ގާނޫ ކަލޭ ހޯދާނެ

    39
  3. ރަން ރީނދޫ

    ކުރީ ސަރުކާރުގެ ބޮލަށް ކަނޑާލީ. އެއްވެސް ޒިންމާއެއް ނެތް. މިއީ ވާ ސަރުކާރެއް.

    53
  4. ކޮރަލް

    އެސުވާލު ކުރަން ވީ އެލެކްސް އާ އެވެ.

    31
  5. ޖަމަލު ފޮޑި

    ބޯން ޖެހޭނެ ބޮއިގެން ތިބެންޖެހޭނީ... އެހެން ވީމާ ހަކުރު ގިނަ ވަނީ.. ކޮބާ ލަދު ޙަޔާތް..

    45
  6. ބެރު

    ކަލޯ މިހިރަ ވާންޗޯ ގަމާރާ
    ބޮވެންވާނެ
    ބޯންވާނެ
    ގިނަވެސްވާނެ
    ޢެތެރަވާންވެސްޖެހޭނެ
    .........
    ގިނަވެގެންތާ ގިނައިންބޮވޭނީ

    31
  7. ގަންޖާ

    އެންމެނަކު އަބަދަކު ހަމައިގައި ތިބެގެންވާނޭކަމަށް، އަޅުގަނޑުމެން ހަމައިގައި ތިބޭ މީހުން ދެކިގެން ނުވާނެ! މިމޭރުމުން ތިބޭފުޅާ މިގައުމުގެ ޒުވާނުންނަށް ހިތްވަރުދެއްވި ހަނދާންނެތުނީތޯ؟
    އެހެންވީމާ ތިބޭފުޅާ މިއަދު އުފާކުރޭ!

    32
  8. ހަވާސާ ހަމީދު

    އެއީ މަނިކުފާނު ބޮވެންޖެހޭނެ ބޯމީހުންގިނަވީމާ ހަކުރު ގިނަވާނެ އެއީކީ ހަމަބުއްދީގައި ތިބިމީހުން ވިސްނަންޖެހޭކަމެއްނޫން ! ރާވެސް ބޮވޭނެ ބިކިނީ ލައިގެންވެސް މަގުމަތީގައި އުޅެވޭނެ ގެސްޓުންނަށް އުންދަގޫވަންޏަ ބަންގިނުގޮވިޔަސް އޯކޭވާނެ! މިއީނޫންތޯ އެޖެންޑާ 19ގެ މައިގަނޑަކީ

    31
  9. ހުސޭނުބޭ

    ތިއީ ރާބޯ މީހެއްކަމަށް ޑަކްޓަރުން ސެޓްފިކެޓްދީފައި އިން މީހެއް! އެންމެ ފުރަތަމަ ތިމާ މީހާގެ ވާހަކަ ދައްކާބަލަ!

    36
  10. ދަރަނި ދަންތުރަ

    އެއީ ކެނެރީގޭ ނަސީދު ބޭނުންވާގޮތް ، މިގައުމު ހަލާކުގެ ތެރެޔަށް ވައްޓާލީވެސް ނަސީދު މިހާރު ހިތްތިރި ރައީސް ތިޔަހުއްނަވަނީ ދުވާލަކަށް 10000 ޑޮލަރ ހޭދަކޮންގެން ފެންވަރު ރަނގަޅު ހޮޓަލެއްގައި މިހާރު ނަސީދުގެ ހިތް ތިއޮތީ ފައިދަށުގައި ވަރަށް ހިތް ތިރި

    32
  11. ޙހހހ

    ކަލޭގެ ބޮޑުބޭބެ މޯދީއާ ސުވާލުކޮށްބަލަ

  12. ގ

    އިންޑިޔާ ކޮޗިން ފެރީ

  13. އިސްޢާފް ސަލީމް

    ކުރީސަރުކާރުގެ ކަމަކަށް ވާނީ!؟ ކޮޗިންފެރީ ނަމުގައި އިންޑިޔާއަށްކުރި ފެރީދަތުރުތަކުގެ ނަތީޖާ މިއީ!

  14. ކޮމެންޓު

    ބުއްޅަބޭ ތިޔަ ގޮނޑީގަ އިނދެގެން ކުރާ ވިޔަފާރި

  15. Anonymous

    ބަލަ މަސްތުވާތަކެތި ގިނަވީމާ ކަލެއައްރަގަޅީނޫންތަ ކަލޭ ބުނީމެއްނޫން އެބޮއެގެންނޭ ސަލާމަތްވާނީ

  16. ޏބ

    ބޮވެންޖެހޭނެ، ބޯން އެބަޖެހޭ

  17. ދޮހިކަރު

    އެއީ ކަލޭ ބޭނުން ވާ ގޮތޭނުން. މީނާ މުޅި ގައުމު ފަސާދަކޮއްފި.

  18. ބަފައިބެ

    އަންނި ކަލޭތީ ހާދަހާވާ އޮޅުވާލަން އުޅޭ ނުބައި ނުލަފާ މީހެއްދޯ! ބޮވެންޖެހޭނެއޭގޮވަމުން ދުވީ ކަލެއެއްނޫންތަ! ހުރިހާ ނުބައިކަމެއްކޮށްފައި އޭގެއާ ދިމާއިދިކޮޅަށް ވާހަކަ ދައްކަނީ! މިހާރު ރައްޔިތުންނަށް ކަލޭގެ ހަގީގަތް ވަރަށް ރަގަޅަށް އިގޭ!

  19. ނާދިރާ

    ބިރަކާ ނުލާ ރާބޯން އަދި މަސްތުވާން ގޮވީމަ ގިނަވާނެ

    2
    1
  20. ހާދަހާ

    މި އީ އަދާލަތުގެ އަނެއް މިނިސްޓަރު ދުއްވާލާނެ ފަހަރު މަޖިސްގޮތަށް މުޅިކެބިނެޓް ހޯދާގެންވެސް ދައުލަށް ދިރުވާލާނެ ދެން ރައްޔިތުން ސަލާމަތް ވާނެ ބާ؟

  21. މަބޭ

    ވާހަކަ ދެއްކުމުގެ މާނަޔެއްނެއް ރީހެބްތަކުގަތިބިގިނަމީހުން މިހާރުމަގުމަތީގަ

  22. އަބްދޫ

    މިދިވެހިގައުމުގަ މަސްތުވާ ތަކެތި ވިއްކާ ބޭނުންކުރުމުގެ މޭސްތެރިއަކީ ތި ކަމުގަ ދެންނެވުން ކުށަކަށް ނުވާނެ. ޥައިނުޖެހޭގެ ޒުހައިރު އަކީ މަސްތުވާ ތަކެތީމެ މަސްސަލާގަ ސަރުއީ ހުކުމް ކުރެވުނު ފުރަތަމަ މީހާ އެއީ ގ.ކެނެރީގެ މުހަންމަދު ނަސީދު ގެ ބެސްޓް ފްރެންޑް މިހާރު މަސް.ތުވާ ތަކެތި ގިނަވީ ތިބޭފުޅާ ރާއްޖެ އައުމުން.ތިބޭފުޅާ ޖަލުގަ އޮތްއިރު މަސްތުވާތަކެތި މުޅިންހެން ހުސްވި.މަސްތުވާތަކެތި ހުސްކުރުމަށް ފުރަތަމަ ޖަލަށް ވަންނަވާ.

  23. ވާނުވާ

    ބަލަ ތިޔަބުނާވަރައް ކުރީސަރުކާރުގަ ނުލިބޭތީ އެކަންކުރާމީހުންވެސް ކުރަނީ ފިލައިގެންތިބެ މިހާރު އެހެންތަ އެތިބެނީ ބޮވެންޖެހޭނެތީ ބޮއިގެން މަގުމަތީ ބިއްޖެހިފަ

  24. ޅ.ނޫރާނީއާގޭ

    ނަގޫސޭސަރުދައްކާވާހަކަ

  25. ޚިޔާލު 2

    މަސްތުވާތަކެތި އެތެރެކުރާ މީހުނާއި ބޭނުންކުރާމީހުންނަށް ޚާއްސަރަށެއް ހަމަޖައްސާފަ ރަގަޅު ކުރެވޭތޯ ބަލަންވީ ސަލާމަތުން ތިބި މީހުނަށްވެސް ހަމަޖެހިގެން އުޅެވޭނި އޭރުން. ބޮޑެތި ކުށް ގިނަވަނީ މަސްތުވާތަކެތީގެ ސަބަބުން. ސަރުކާރުން ބޭނުންވާނަމަ މިކަން ކުރެވޭނެ.

  26. ބަކުރުބެ

    އެއީި ކަލޭގެ ސުންޕާކަމުން

  27. އަހުމަދު

    ނަޝީދު ގެނާއި ލާދީނީ އޮއިވަރުގައި ޖެހިގެން އައި ކަންކަން މިއީ. ޑްރަގު ނެޓްވޯކުތައް ހިފާލެއް ގިނަކަމުން ޝެއިޚް އިމްރާން ގެ ބާރުގެ ދަށުން ފުލުހުން ވެސް އެ ނެގީ

  28. ޅަދަރި

    ވޯޓް ކާރިވަނީ

  29. އައްޑޫ މީހާ

    ބޮވެންވާނެ ބޮވެން ޖެހޭނެ އަބަދަކު ހަމައިގައި ތިބެގެން ނުވާނެ ހަމައިން ނެއްޓޭ ގަޑި ގަޑި އިރު އިރު އަންނަން ޖެހޭނެ މަސްތުވުމަށް ބޭނުންކުރާ ހަމަ އެކަނި ވަސީލަތަކީ ހަކުރު ކަމަށް ވަންޏާ ދެން ހަކުރު ގިނަވޭ ދެއްތޯ!

  30. ދިޔޭ

    ސުވާލް އުފެދޭނެކަމެއްނެތް ތަމެން އިންތިހާބައްވަ ތައްޔާރީކަން މިގައުމުގަ އުޅޭ ބަންގާޅިންނައް ވެސް އެނގޭ އޭގެ ހެކި ބަނަގާޅީދެމީހުންގެ ބަސްޓުންވެސް މަމެންދުލުގާހިފާދަމަންޏާ ތަމެންވާނީ ބޭޒާރ ތާދޯ ދިޔޭ

  31. ހުސާމް

    މަސްތުވާން ހިކިބާވަތްތައް ގިނަވަނީ މަނިކުފާނު ވަިދާޅުވެފައި ވާގޮތަށް މަސްތުވާން ދިޔާއެއްޗެހި ފަސޭހައިން ކަންމަތީ ފިހާރަތަކުން ގަންނަން ނުލިބޭތީނު

  32. ާއައްޔަ

    ބަހާލަންވީނު

  33. ދެއރދޗެ

    ޔޫ ބޭނުންވާ ގޮތެއްނު..ހާދަ ވަރަކަށް އިންޕޯރޓު ކުރެޔޭ އެބަ...ކޮބާތަ ލައްޕަން ބުނި ދޮރުތައް؟ ހަނދާން އެބަހުރިތަ

  34. މުރާދު

    މިއީ ސުވާލުަުއުފެދެންވީ ކަމެއްތޯ އެނގެނީ އެކަމުގެދޮރުތަށްބަންދުނުވެ މަސްތުވާތަކެތި ގިނަވާނެ
    ދޮރުތަށްހުޅުވޭކަމަށްވަނީނަމަ އެކަމަށްހިތްވަރުދެވޭނަމަ ( ބޮވޭނެ )

  35. ވިސްނޭ މީހާ

    ކުރުކޮއް ފޮނިކޮއް ޖަވާބު މިދެނީ ، ޖަވާބަކީ ، ރާއްޖޭގެ މުއްސަނދި މަހުޖަނުން ލާރިކޮޅެއް ހަދާލަން ބޭންނުންވަނީ މިދުވަސްކޮޅު ،
    ދެން ނަޝީދު ވެސް އެހާ ވިސްނޭ މީހަކު ޖާބިރު ކުރާކަހަލަ މޮޔަ ސުވާލު ކުރީމަ ބަލައެއް ނުގަނެވޭ.

  36. ލާމު

    މަނިކުފާނުގެ ވެރިކަމުގައި ތިޔަ ސުވާލަށް އޮތީ ޖަވާބު ދެއްވާފައި. އަޅުގަނޑުމެން ހަނދާން ނުނެތޭ އެ ޖަވާބު.