ރާއްޖެއަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ނުވަތަ "ޑްރަގް ފްރީ" ގައުމަކަށް ހަދަން އިންޑިއާއެކު އެއްބަސްވުންތަކެއް ހަދަައި އެ ގައުމުގެ އެހީތެރިކަން އެދެން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) މިއަދު ވިދާޅުވެއްޖެއެވެ.

ހަލީމް އެހެން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރެވޭ މީހުން ކޯޓު މަރުހަލާގައި މިނިވަންވެ އެ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅޭ މައްސަލައާ ގުޅޭ ގޮތުން މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަރީފް އުމަރު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައެވެ.

ހަލީމް ވިދާޅުވި އެންމެ ފުރަތަމަ އުފެދުނު އެމްޑީޕީ ސަރުކާރުގައިވެސް އަދި މިހާރު މިއޮތް ސަރުކާރުގައިވެސް މަސްތުވާތަކެއްޗާއި ދެކޮޅަށް ބޮޑެތި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

"މި ސަރުކާރު އައިސް ބަރުލާފައި އެކަން ކުރީމަ 100 ކިލޯއިން 200 ކިލޯއިން މިހާރު ތިލަވެގެން އުޅެނީ، ސަރުކާރުން މަސައްކަތްތަކެއް ފަށައިފި. ޑްރަގު ކެފޭތައް ބަންދުކޮށްފި" ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަނަށް ބަންދުކުރަން ޑްރަގް އެންފޯސް ޑިޕާޓްމެންޓުން ހިންގަމުންދާ އޮޕަރޭޝަނަށް އިޝާރާތް ކުރައްވާ ހަލީމް ވިދާޅުވިއެވެ.

ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެެތެރެކޮށް އުޅެނީ ކަނޑުމަގުންނެވެ. އިރާނުގެ ޗާބަހާރުގެ ވިޔަފާރި ބަނދަރު މެދުވެރިކޮށް ސްރިލަންކާއަށާއި، އިންޑިއާގެ ކެރެލާގެ އިތުރުން ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެ ކުރެއެވެ. މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އެ ބޯޓުތައް ހިފަހައްޓައި ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އަތުލައިގަނެފައި އެބަހުއްޓެވެ.

ހަލީމް ވިދާޅުވީ ކަނޑުމަގުން އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވުމަށް ބޭނުންވާ ވަސީލަތްތައް ރާއްޖޭގައި ނެތް ކަމަށެވެ. އެހެންކަމުން މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ގެންނަން އިންޑިއާއެކު އެއްބަސްވުންތައް ހަދަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"އިންޑިއާ ސަރުކާރާއެކު އެއްބަސްވުންތަކެއް ހަދައިގެން މިއީ ޑްރަގް ފްްރީ ސަރަހައްދަކަށް ހަދަން ޖެހޭ. އެންމެ ބޮޑު ފައިދާއެއް ވެގެންދާނީ އިންޑިއާއަކަށް ނޫން ރާއްޖެއަށް" އޭނާ ވިދާޅުވިއެވެ.

ރާއްޖެ ޑްރަގް ފްްރީ ސަރަހައްދަކަށް ހަދަން އިންޑިއާގެ އެހީ ބޭނުންވާ ކަމަށް ދޮންބިލަތް ވިދާޅުވިއިރު ރާއްޖެ އަށް އިންޑިއާގެ ނުފޫޒު އިތުރުވަމުން އަންނަކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ކޮރަލް

    ދޮންބިލެތް ޑްރަގް ގެ ވާހަކަ ދައްކާ ނަމަ މީހުން ހޭނެ އެވެ. ދާން ޖެހޭނީ ތާރީހް ގެރެތެ އަށެވެ.

    16
  2. ސސސ

    އިންޑިއާ އެއުޅެނީ އެކަމުން ސަލާމަތް ނުވެގެން...ހަ ހަ ހާ

    14
  3. Anonymous

    ދޮންބިލެތް ކަމެއްކުރަންޏާ ކަލޭގެ ތި ހަލާކުވަމުންދާ ކައިވެނީގެ ގުޅުން ރަނގަޅުކުރަން އިންޑިޔާގެ އެހީބހޯދާ. މިގައުމަކާ ކަލޭކަހަލަ މައްކާރު އިބިލީހަކާ ބެހޭކަމެއްނޫން. ކަލޭމެން ހަރާމް އެއްޗެހި ކައިގެން އަމިއްލަ ނަފުސު ހަލާކު ކުރާއިރު ގައުމުބހަލާކު ކުރަން ފަހަށް ޖެހޭނެތަ؟

    10
  4. Anonymous

    އިންޑިޔާއިން ބުނީ އަފްޣާނު ތާލިބާނުންގެ ހިތްވަރުން ހިތްވަރު ލިބޭ ބައެއކޯ މުސްލިމުންނަކީ. އެމީހުން މިހާރު މިއުޅެނީ ކަޝްމީރުގެ މުޖާހިދުން ބަލި ނުކުރެވިގެންނޯ. އެކަން ކުރަން ވ އުނދަގުލޯ އެމީހުން ﷲ ގެ މަގުގައި ޖިހާދު ކުރަނީ ކަޝްމީރުގެ މިނިވަން ކަމަށޯ. ދިވެހި ރާއްޖެ ފުލީ އަޅުވެތި ކުރުމަށް ދޮންބިލެތް މެންގެ އެހީއާއެކު ފަސޭހައޯ އެކަމަކު މިހާރު ވ.ބޮޒީއޯ ބުނީ. ބޯޑަރުތަކުގަ ހަނގުރާމައޯ. ޗައިނާއިން އެއްފަރާތުން ހަމަލާދޭއިރު ކަޝްމީރުގައި އިންޑިޔާ އެތައް ސިފައިންނެއް ދުވާލަކު އެބަމަރުވެގެން ދެއޯ.
    ދޮންބިލެތާ، ތަ ދަގަ ކަޝްމީރުގެ މުސްލިމުންނާ ދެކޮޅަށް އިންޑިޔާ ސިފައިންނަށް އެހީވާން. އަބަދު އިންޑިޔާގަ ސަލާމް ޖަހާ މީހާ ވާނެނު އެމީހުނަށްވެސް އެހީވާން.. ރީތިގިތަކީ އެއީއެއްނު.

    10
  5. ހަވާސާ ހަމީދު

    އިންޑިޔާގެ އެހީހޯދަންޖެހޭނީ އަންހެންކުދިން ރޭޕްކުރަން އިންޑިޔާއަކީ އެންމެ ޕްރޮފެސަނަލްކޮށް ކުދިން ރޭޕްކުރާ ގައުމު!

    12
  6. ހުސޭނުބޭ

    އަޅެ ފަހެ މީނައަކީ އިންޑިޔާގެ ދަނޑުބިންތަކުގައި ދަނޑުބުޅިއަޅަން ގެންގުޅޭ ގެރިއެއްތަ؟

    10
    • ގގގގ

      އޭނަގެ ފެންވަރަކީ ގެރި ބަލަހައްޓާ މީހެއްގެ ފެންވަރު. އެކަމަކު ނަޝީދު ގޭދޮށު އަވައްޓެރި ދޫހެލޭ ދޮގުހަދަން ފަރިތަ ހެއްދެވި ފަރާތަށް ބިރުވެތިނުވާ މީހެއްވީމަ މިސޮރަށް 2 ފަޅުރައްދީ ދައުލަތުގެ ބަޖެޓުން ބަދަލުގެ ގޮތުގައި މިލިއަނުން ދިނީމަ އެސޮރު އެހުރީ މޮޅުމީހަކަށްވެ އިބިލީހުންގެ ސައްލާ މަޖްލިހަށް ވަދެ.

  7. ދަރަނި ދަންތުރަ

    މިކަލޭގެ އަނެއްކާވެސް ހަކުރު ބޯ ހިތްވަނީބާ ؟

  8. ހިޔާލު45

    ފާހާނާއައްދާންވެސް އިންޑިއާ މީހުން އަދި ހޯދާނެ

  9. ގަލޮޅު ކަންމަތި

    ޑްރަގްގެ ހަގީގަތް އެންމެ ރަނގަޅަށް އެނގޭނީ ދޮންބީ އަށް
    އެއީ އޭގެ އިސްތިއުމާލުކޮށް ޝަރުއީ ހުކުމެއް އައިސްފައިވާތީ

  10. ބިލެތްދޫ މީހާ

    މަސްތުގެ ހާލަތުގައި އަބަދުތިބޭ މީހުން ތިވާހަކަ ދައްކާކަށް މާރީއްޗެއްނޫން!

  11. ޢިޔާބު

    މި ސޮރަކީ އަލިފެއް ބާއެއްވެސް ދަންނަ ސޮރެއް ނޫން. ހަޔާތްކުޑަ އަނގަގަޑެއް އޮތީމަ ފެލެނީ.

  12. ލައިލާ

    ކިކޭދޯބުނާނީ

  13. ނަޝީދު

    ބޮޔެގެންބާމިހާރުވެސްއެހެރީ އޮތަ

  14. ގަބޯގެ ބޭބެއްޔާ

    ބަލަ ކަލެޔާ ގަބޯއޭކިޔާމީހަކަވެސް ތީބޮޑުންނޭ އެސޮރުމެންބުނޭ އަނެއްކާ އިންޑިއާވެއްދީމަ ރެޑްހޭންޑުވެދާނެނޫންތޯ ވެދުން ދެންކިހިނެއްހަދަދޭނީ ބުރޯ