ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓުން ހޯމް މިނިސްޓްރީ ގެއްލިއްޖެއެވެ.
ރައީސް އޮފީހުގެ ވެބްސައިޓްގައި ހުރިހާ މިނިސްޓްރީއެއްގެ މަސައްކަތްތައް ވަކިވަކިން ހާމަކޮށްފައި ހުރެއެވެ. ނަމަވެސް މިހާރު ހޯމް މިނިސްޓްރީ ފެންނާކަށް ނެތެވެ. ވެބްސައިޓުން ހޯމް މިނިސްޓްރީ އުނިކުރީ މިނިސްޓްރީ އުވާލާތީ ކަމެއް ނުވަތަ އެހެން ސަބަބެއް މެދުވެރިވެގެން ކަމެއް ސާފެއް ނުވެއެވެ.
މިނިސްޓްރީގެ މައުލޫމާތުތައް ރައީސް އޮފީހުގެ ވެބްސައިޓުން ނެގި ނަމަވެސް ކެބިނެޓްގެ ވަޒީރުންގެ މައުލޫމާތުތައް ހިމެނޭ ބައިގައި އަދިވެސް ހޯމް މިނިސްޓަރު އިމްރާންގެ ނަމާއި ފޮޓޯ އެބައޮތެވެ.
ރައީސް އޮފީހުގެ ވެބްސައިޓުން ހޯމް މިނިސްޓްރީ ގެއްލިފައި މިވަނީ ފުލުހުންގެ އާގާނޫނުގެ ދަށުން ފުލުހުންގެ މުއައްސަސާ އަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން 2021 މާޗު 27 ވަނަ ދުވަހުގެ ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަން ރައީސް އޮފީހުން ހޯމް މިނިސްޓަރު އިމްރާނަށް މިދިޔަ ހަފްތާގައި އަންގާފައި ވަނިކޮށެވެ.
ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީގެ އިހްތިސޯސް އިން ވަކިކުރީ މާޗް 27 ގައި ކަމަށް ސިޓީގައި ވިދާޅުވެފައި ވީނަމަވެސް ސިޓީ ފޮނުވާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
ހޯމް މިނިސްޓްރީގެ އިހްތިސޯސް އިން ފުލުހުން ވަކިކުރުމާއި ގުޅޭ ގޮތުން ރައީސް އޮފީހުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު މިއަދު ވިދާޅުވީ ފުލުހުން އަދިވެސް ޖަވާބުދާރީ ވާނީ ހޯމް މިނިސްޓަރަށް ކަމަށެވެ.
އެއީ އެ މިނިސްޓްރީގެ މަސައްކަތް ތައް އިސްލާހުކޮށްފައި އަލުން ލާންވެގެން ނެގީ ކަމަށް ވެދާނެ.
މިނިސްޓްރީ އޮފް ޑިފެންސް އުވާލިޔަސް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ވެސް ހިނގާނެ. މީރާ އުވާލިޔަސް ފިނެންސުން ޓެކްސް ނަގާނެ. އިމިގްރޭޝަން އުވާލިޔަސް ފޮރިން މިނިސްޓްރީން ޕާސްޕޯޓް ހެއްދޭނެ. ތަންކޮލެއް ބޮޑުވަރު.
މިހާރު އެބައިން