ޕުރޮފެސަރު ހަސަން އުގެއިލް އިނގިރޭސިވިލާތުގެ ރަށްވެހިކަން ދޫކޮށްލަން ނިންމައިފައިވާކަން އިއުލާން ކުރައްވައިފިއެވެ.

އެކަން ޕުރޮފެސަރު އުގެއިލް އިއުލާންކުރެއްވީ ފޭސްބުކް މެދުވެރިކޮށެވެ.

ޕްރޮފެސަރު އުގައިލް ފޭސްބުކްގައި މިއަދު ވިދާޅުވެފައިވާ ގޮތުގައި ވޭތުވެދިޔަ 15 އަހަރު ހިފަހައްޓަވަމުން ގެންދެވި އިނގިރޭސި ރަށްވެހިކަން ދޫކޮށްލަން ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށެެވެ.

"ހަމައެކަނި ދިވެހި ރައްޔިތަކަށްވުމަށް ފަހުރުވެރިވަން" އުގައިލް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ރައްޔިތުކަން ދޫކޮށްލައްވަން ޕްރޮފެސަރު އުގައިލް ނިންމެވީ ކީއްވެގެންތޯ ގިނަ ބަޔަކު ސުވާލު ކުރަމުން ދާއިރު އެކަމާގުޅޭގޮތުން އޭނާ އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް.ނުވެއެވެ.

އިނގިރޭސިވިލާތުގެ ރަށްވެހިކަން އުގައިލް ދޫކޮށްލަން ނިންމަވާފައިވާއިރު ދާދި ފަހުން ސަރުކާރުން ވަނީ އެހެން ގައުމެއްގެ ރަށްވެހިކަން އޮންނަ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެވޭނެގޮތަށް އިސްލާހެއް މަޖިލީހަށް ހުށައަޅާފައެވެ.

އުގެއިލު އަކީ ބޭރުގެ ރަށްވެހިކަން ހޯއްދަވައިގެން ހުންނެވި ބޭފުޅަކަށްވާއިރު ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިއީ އުގެއިލް އިންތިހާބުގައި ވާދަކުރައްވާފާނެތީ ސީދާ އޭނާ އަށް އަމާޒުކޮށްގެން ހުށަހެޅުއްވި އިސްލާހެކެވެ.

އިސްލާހުގައިވާ ގޮތުން އިންތިހާބުގައި ވާދަ ކުރެވޭނީ އެހެން ގައުމެއްގެ ރަށްވެހިކަން އޮންނަ މީހަކު ނަމަ އެ ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މަލަކުރި

    ބޭރު ގައުމެއްގެ ރަށްވެހި ކަން ދޫކޮށްލިތާ އަދި 10 އަހަރު ވާން ޖެހޭނެ - ބޭރުގައުމެއްގެ ރަށްވެހިކަމަށް ބަދުލުވާއިރު ދިވެހިރާއްޖޭގެ ރަށްވެހިކަމުން އޮންނަންވާނީ ކެނޑިފައި، ވީމާ ދިވެހިރާއްޖޭގެ ރަށްވެއްސަކަށް ދެވަނަ ފަހަރަށް ވެވޭނީ އެކަށީގެންވާ ބޮޑު އަދަކުން ޖޫރުމާނާ ކުރުމުން އެފައިސާ ލިބިގެން ކަމުގައި ގާނޫނަށް އިސްލާހު ގެންނަންފެނޭ

    • ފާތުމަހޮއްކޮ

      ވަރަށް ރަގަޅު ޚިޔާލެއް.
      އަބަދުވެސް ކޮންމެވެސް އަދަބެއް ކަޑައެޅުމާއި، ކުށްވެރިވާނެގޮތްގޮތް ރޭވުން ރަގަޅު.

  2. އާބިދާ

    ކީއްކުރަން ؟؟؟؟

  3. ސސ

    ދެން އަނެއްކާ ރައްވެހިކަން ދޫނުކުރާނެކަމަށް އިއުލާންކޮށްފާނެ

  4. Anonymous

    ވެރިކަމައް ދަހިވެތިވެ ވަޑައިގަތީ

  5. Anonymous

    ލާދީނީ އެއްވެސް އެއްޗަކައް މިގައުމަކުން ޖާގައެއް ނެތް

  6. އަހަންމާބެ

    އެހެންވީމާ ވެރިކަން ކުރަން ދެކެމުންއަންނަ ހުވަފެން ޙަޤީޤަތަކަށް ހަދަންތާ ތިފެށީ، އެކަމަކު ތީ ހަމަ އިނގިރޭސީންގެ ޕަޕެޓެއް.

  7. ހުސޭނުބޭ

    ތިއީވެސް މައިބަދަ ބަލީގެ ޢަލާމާތެއް!

  8. ބުރުމާ

    ތިޔަ ޤައުމެއްގެ ރަށްވެއްސަކަށް ވީއިރު ހިލަމެއްވެސްނުވޭ، މިހާރު ރައްވެހިކަން ވަރިކުރާއިރު އިއުލާން ތިކުރީ ކާކަށް އަންގަން އަހަރުމެންނަށް ކޮން ބލއއ ކަލޭ ކޮންމެތާކު ރަށްވެއްސަކަސް އމ ކައިރީބުނޭ އެނބުރި އަންނަނީއޭ