އދ. ދަނގެތީގައި މަރާލާފައި އޮއްވައި ފެނުނު މަހްމޫދު އަބޫބަކުރުގެ ފޯނު ފުލުހުން ހޯދައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަ އެ ރަށު މޮނަލާޒް މަހްމޫދު 57، މަރާލާފައި އޮއްވައި ފެނިފައި ވަނީ އޭނާގެ އުފަން ގޭގައި ހުރި ފެން ވަޅެއްގެ ތެރެއިންނެވެ. އެ ގެއަކީ މިހާރު ފަޅަށް ހުރި ގޯއްޗެކެވެ. މަހްމޫދު ފެނުނީ ވީނުވީއެއް ނޭނގި ހޯދަމުން ދަނިކޮށް އެ ރަށުގެ ބަޔަކަށެވެ.

މަހްމޫދު ވަޅުން ނެގި އިރު، އޭނާގެ ކަރަށާއި ބޮލަށާއި ބުރަކައްޓަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައި ހުއްޓެވެ.

މި އަނިޔާވެރި ގަތުލާ ގުޅިގެން ފުލުހުން ވަނީ ވަޅު ހުރި ސަރަހައްދާއި ރަށުގެ ބައެއް ސަރަހައްދުތައް ބަންދުކޮށްފައެވެ. އޭގެ ތެރޭގައި މި މައްސަލައިގައި ހައްޔަރު ކުރި ބަންގްލަދޭޝްގެ ފިރިހެން މީހާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދު ވެސް ހިމެނެއެވެ.

މަހްމޫދުގެ މަރާއި ގުޅިގެން ފުލުހުން ބަލާ ފާސް ކުރަމުންދާ ސަރަހައްދު ބަންދުކޮށްފައި - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

އެ ތަންތަން ބަންދުކޮށްގެން ފުލުހުންގެ ފޮރެންސިކް ޓީމުން ހަރަކާތްތެރިވި ތަން މިދިޔަ ދެތިން ދުވަހު ފެނިފައިވެއެވެ. މަހްމޫދުގެ ފޯނު ފެނިފައިވާ ކަން ކަށަވަރު ކުރެވުނު ނަމަވެސް އެ ފޯނު ފެނުނީ ކޮން ތަނަކުން ކަމެއް އެނގިފައެއް ނުވެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި މި މައްސަލައާ ގުޅުން ހުރި ތަކެތީގެ ތެރެއިން ވަޅުލާފައި ހުރި ބައެއް ތަކެތި ވެސް ފުލުހުން ވަނީ ހޯދައިފައެވެ. އެކަމަކު، ފޯނު ފެނުނީ އޭގެ ތެރެއިން ކަމެއް ޔަގީނެއް ނޫނެވެ.

މީގެ ދެ ދުވަސް ކުރިން ކުށުގެ ވެށި ހިމެނޭ ބައެއް ސަރަހައްދުތައް ފުލުހުން ބަލައި ފާސް ކުރިއެވެ. އެގޮތުން ކޮންނަން ބޭނުން ކުރާ އުދަލި ފަދަ ބައެއް ތަކެތި ބަންދުކޮށްފައި އޮތް ސަރަހައްދަށް ގެންގޮސްފައިވެއެވެ. އަދި ވަޅުގެ ދިޔަ ހިއްކަން ޕަމްޕް ފަދަ އެއްޗެހި ގެންގޮސްގެން ހެކި ފެނޭތޯ މަސައްކަތް ކުރިއެވެ.

މި މައްސަލައިގައި ފުލުހުން ހަމައެކަނި ބުނެފައި ވަނީ މަހްމޫދުގެ މަރުގެ މައްސަލައިގައި ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ އާ ގުޅޭ ގޮތުންނާއި މި މައްސަލައާ ގުޅޭ ގޮތުން ވެސް ފުލުހުން ތަފްސީލެއް ދީފައެއް ނުވެއެވެ.

މަހުމޫދުގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު އަބްދުﷲ (ޖެރީ)
މަހުމޫދުގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު އަބްދުﷲ (ޖެރީ)

އެކަމަކު ފުލުހުންނާ ހަވާލާދީ މަހްމޫދުގެ އާއިލާ އިން ބުނެފައި ވަނީ މަހްމޫދުގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

މަހްމޫދު ބޭރަށް ނުކުތް އިރު، ފޯނުގެ އިތުރުން ވޮލެޓާއި ނަންބަރު އައިނާއި ގަޑި އާއި ގުދަނުގެ ތަޅު ދަނޑި ވެސް އޮންނާނެއެވެ. މަހުމޫދު އަތުގައި އޮތް ތަޅުދަނޑިއަކީ އޭނާ ވިއްކާ ހަނޑޫ، ހަކުރު، ފުށް ފަދަ ތަކެތި ރައްކާ ކޮށްފައި ހުންނަ ގުދަނުގެ ތަޅުދަނޑިއެވެ.

މަހްމޫދުގެ އާއިލާ އިން ބުނާ ގޮތުގައި މަހްމޫދަކީ ވިޔަފާރީގެ ބޭނުންތަކަށް އަބަދުވެސް ފައިސާ ގެންގުޅޭ މީހެކެވެ. އެގޮތުން ވޮލެޓުގައި އާންމު ގޮތެއްގައި 20،000ރ. އާއި 25،000ރ. އާ ދެމެދުގެ އަދަދަކަށް ފައިސާ ހުންނާނެ ކަމަށްވެއެވެ.

މަހްމޫދުގެ ހަށިގަނޑު ބުރާސްފަތި ދުވަހުގެ ފެނުނު ފަހުން އޭނާގެ ފޯނަށް ގުޅުނު ކަމަށް ރަށުގެ މީހުން ބުނެއެވެ. ފޯނުގެ ސިގްނަލް، ރަށުގައި ހުންނަ ދިރާގު އެންޓަނާއާ 300 މީޓަރު ރޭޑިއަސް ހުންނަ ސަރަހައްދެއްގެ ތެރެއިން ޓްރޭސް ކުރެވިފައިވެއެވެ. އެކަމަކު ފޯނު ނުހޯދި އުޅެނިކޮށް ފޯނު އޮތް ސީދާ ތަން ގެއްލުނު ކަމަށްވެއެވެ. އެއީ ފޯނު ނިވިގެން ކަމެއް ނޫނީ ބަޔަކު ފޯނު ގެއްލުވާލީ ނޫން ކަމެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސަމާ ސަން

  ޕޮލިހުން މިކަހަލަ ތަހްގީގްތަކުގައި ވަރަށް ކުޅަދާނަ އަދި ކަންކަން ހޯދައިގަތުމުގައި ގެންގުޅޭ އުކުޅުތަކަކީވެސް ހައިރާންވާހާ ކޮލިޓީ މަސައްކަތް ތަކެއް.
  އައްޑޫ ހިތަދޫގައި މީހަކު މަރާލި މީހާ ބަންދުކުރީ އޭނާ ދޫކޮށްލާފައި ބަހައްޓާފައި ހުންނަތާ 4 ނުވަތަ ފަސްދުވަސް ފަހުން. އެހުރިހާ ދުވަހެއްގައި ބަރާބަރަށް އޭނާގެ ހުރިހާ ހަރަކާތެއް ސިއްރުން ފުލުހުން ފާރަައި ބެލި އަދި އޭނާއަށް ބޯދަމައިނުގަނެވޭނެހެން ހުރިހާ ހެކިތަކަކާއި އެކު ބަންދު ކުރީ.
  އަޑުއިވޭ ގޮތުން މީހާ މަރާލި ދިމާލަށް އޭނާގެ އަތުގައި އޮތް ކެވެލިކޮޅު ގެއްލުނު. ފުލުހުން އެސަރަހައްދުން އެޗޭން ނެގުމަށްފަހު އެތާ ކައިރީ އޮތް ޗަސްބިމެއްގައި ބަންގާޅު މީހުން ދަނޑުހައްދަން އުޅޭކަހަލަ ގޮތަކަށް އުޅުނީ. ނުލަފާ ކަލޭގެ އައިސް އެއީ ބަންގަޅު މީހުން ކަމަށް ހީކޮށް މިއަހަނީ ކެވެލި ކޮޅެއް ދުށިންހޭ. އެމީހުން ބުނީ " ބޭބެ އަހރުމެން ނޭނގެނީ" ފަހުން އޭނާ އާއި މިސުވާލުކުރަނީ އެސަރަހައްދުން ކެވެލި ކޮޅޭއް ހޯދަން ކަލޭ އުޅުނީ ކީއްވެހޭ.

  6
  1
 2. ސާލިމް

  ބޮންދު ފްރީ ރަށްތަކެއް ދިވެހިން ހޯދަންޖެހޭ

  23
 3. Anonymous

  ތިޔަގަ ބޮނދު ކުރިކަމެކޭ ބުނެވޭކައް އަދި ނެތް. އެކަން ކުރި ބައެއް ބޮންދައް ލާރި ދީފާނެ ހެކި ނައްތާލަންވެސް.

 4. ސަލާމް

  ތީގެ އަޑީގަ ބަޔަކު އުޅޭނެ.ހަމަ އެކަނި ބޮންދުގެ ކަމެއްނުން.