215 ކިލޯގެ މަސްތުވާތަކެއްޗާއިއެކު ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ރ. މަޑުއްވަރި، ފިނިފަރު، ޢަލީ ޝާކިރު (42އ) އާއި ރ. މަޑުއްވަރި، ފެހިއަލި، ނިމާލް ޢަބްދުލްޙާރިޘް (33އ) އެވެ.

ފުލުހުން ވިދާޅުވީ ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮކްޓޯބަރ 15 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި މެރިން ޕޮލިހާއި ރ.އަތޮޅު ފުލުހުންނާއި ފޮރެސިކް ފުލުހުން ގުޅިގެން ހިންގި އޮަޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުން ކުރުމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި މި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅުރަށްރަށާއި ލޯންޗެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މަސްތުވާތަކެތި ހޯދާފައިވަނީ ރ. އަތޮޅުގެ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓައެވެ. މި އޮޕަރޭޝަންގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މުޖޫ

  ތި އަލީ ޝާކިރަކީ އަހަރުން ރަށު ވޭމަންޑޫ ކުއްޖަކާ ކައިވެނި ކޮށްގެން އުޅޭ މީހެއް . އޭނަ މިހާރު މަސްތުވާ އެއްޗިއްސާ އެކު ހައްޔަރު ކުރި އަދަދެއްވެސް ނޭނގެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ. މާދަން 300 ކގ އެތެރެ ކޮށްގެން ހައްޔަރު ކުރާ ތަންވެސް ދުނިޔެ ތިބި ބަޔަކަށް ފެންނާނެ . އެތެރެ ކުރާ އަދަދު ބޮޑުވި ވަރަކަށް ދޫކޮށްލުން އަވަސް ވާނެ

 2. ކަބުލޮ ރ މަޑުއްވަރީ

  މިއަތޮޅުގެ އެއްމެމީހުން ނުބައިކަންތައް ކުރާރަށް

 3. Anonymous

  ތިޔަ މީހުންގެ ވަނަވަރު ހާމަކުރިނަމަވެސް ތިޔަ މީހުން ދޫކޮށްލާނެ. ކޮންމެވެސް ލޫޕްހޯލެއް ފެނޭތޯ މިހާރު ޕީޖީ ޝަމީމްދާނީ މަސައްކަތްކުރަމުން. ދެން ދޫކޮށްލާއިރަށް ބުނާނެ އިސްތިޢުނާފް ކުރާނަމޭ. އަނެއް ދުވަހު ބުނާނެ އިސްތިޢުނާފު ނުކުރަން ނިންމައިފީމޭ. ޝަމީމް އަދި މިސަރުކާރުގެ މަތިފަޑީގައި ގިނައިން ތިބީ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބޮޑުން.

 4. އަލީނަޖީބު

  ތިހައްޔަރުކުރިމީހުންނަކީ 215 ކިލޯގެ މަސްތުވާ ވާރުއެތެރެކުރެވޭ ވަރުފެންވަރުހުރި ބައެއްތޯ ބަލަންޖެހޭނެ އަދި ފަހަތުގާތިބިމީހުންދޫކޮއްލީކިވެގެންތޯ ؟ ލާނޗުފަޅުވެރިޔާ ދެކުރުން ހިފެހެއްޑީމާ ތިޔަހައްލުވީއެއްނޫ އަދި ތިކަމައްހަދާފައިވާޤަނޫގާ އެބުނާ ޒިންމާ އުފުލާބައި ކަޑަލަންޖެހެއެވެ އަސްލުވެރިންޒިންމާ ނަގަޤަނޫނެއްއޮތްނަށްޖެހޭ ؟