މިދިޔަ ހަފްތާގައި ރާއްޖެއަށް 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތުކުރާ ދެ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ނިންމައިފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ އެމީހުންގެ ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ނުކުރަން ނިންމި އެއްސަބަބަކީ ހައިކޯޓު މަރުޙަލާގައި އިތުރު ހެކި ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެތީއާއި، ދަށުކޯޓަށް ހުށަހެޅުނު ހެކި ޤަރީނާގެ މައްޗަށް ބަލައި ބަންދުން ދޫކޮށްލި އަމުރު އިސްތިއުނާފު ކޮށްގެން ވަކި ތަފާތު ނަތީޖާއެއް ނެރެވިދާނެކަމަށް ނުފެންނާތީއެވެ.

މި ދެމީހުންގެ މައްޗަށް އިތުރު ހެކި ޤަރީނާ ހޯދިއްޖެނަމަ ހައްޔަރުކުރުމުގެ އައު އަމުރަކަށް އެދި ދަށުކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އޮތުމަކީ ވެސް މައްސަލަ އިސްތިއުނާފު ނުކުރަން ނިންމި ސަބަބެއް ކަމަށް ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޝަފީޢު ވިދާޅުވިއެވެ.

މިމައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބަންދުގައި ތިބީ ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްޠަފާ (19އ)، ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒައިދު ޙަބީބު (25އ)، ލ. ކަލައިދޫ، ޖަނަވަރީމާގެ، މުޙައްމަދު އަޙްމަދު (34އ)، ލ. ކަލައިދޫ، ހދ. ކުމުންދޫ ޑިއާފުރެންޑް، އިބްރާހީމް ސިނާނު (24އ)، ދ. ބަނޑިދޫ ޕޮލަރިސް، މުޙައްމަދު ޙުސައިން (61އ)، ބަނގްލަދޭޝް، އެމްޑީ ރަފީޤުލް އިސްލާމް (35އ)، ބަނގްލަދޭޝް، ޑީއެމް މޮބިން (24އ)ގެ އިތުރުން ގއ. ދެއްވަދޫ، ދޭލިޔާގެ މިދުހަތު އިބްރާހީމް (26އ) އެވެ.

މި މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، 100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސިރުހާން ބޮންދު ޝަމީމް

    މަސްއޮޑި ގޭންގެއް ހަދައިގެން ބަންގާޅު މީހެއްގެ ދަރިއެއް ޤައުމު ފަނާ ކުރާ އިރު ދިވެހި ދައުލަތް ނިދާފަ އޮތުމަކީ ދައުލަތުގެ ނުކުޅެދުންތެރިކަން..

  2. އިސްޢާފް ސަލީމް

    ސަރުކާރުގެ ރޭވުމުގެތެރެއިން ސަރުކާރުން ދޫކޮށްލިބަޔެއްގެ މައްޗަށް އިސްތިޢުނާފްކޮށްގެން ޖެހޭނީ ކޮންތާކުހެއްޔެވެ؟

  3. ހަޤީޤަތް

    އދ. ބޮޑުކާށި ހުރާއަކީ އެމް ޑީ ޕީގެ އިސް ބޭފުޅެއް ބަލަހައްޓަވާ ރަށެއް.

  4. ސ

    ސާބަހޭ އަދި ވެސް ބުނާތި އިންސާފު ގާއިމު ކުރެވުނޭ

  5. ރ

    ިއިންސާފު މިވަރަށް ގާއިމު ކުރެވޭނީ އޮރިޔާން ފޮޓޯ ގެންގުޅުނު މިހާ ވާނުވާގައި ސަރިއަތް ނިމެންދެން އެފޮޓޯ ނަގާ މަންޒަރު ކުޅުނު އެންމެން މިނިވަން ކަންމަތީ

  6. ނުން

    އާދައިގެ ދެތިން ސޮރު ޖަލުގަ ތަޅުވަ ތަޅުވާފަ ދޫކޮށްލާނެ. ތިބުނާ ބޮޑުންގެ ކޮޅު ނިމިފަ އިންނާނީ މިނިސްޓަރެއް ނޫނީ މަޖްލީސް މެމްބަރަކާ... ނޫނީ އެވަރުގެ ނުފޫޒް އޮތް ފަރާތަކާ..
    މާލެއާއި ރާއްޖެތެރޭގައި ޑްރަގް ވަރަށް ތިޔާގިވާނެ މިދުވަސްކޮޅު. މިތަކެތި އަތުލި ވާހަކަ ޖަހަނީ އަލަށް މުދާ ލިބިއްޖެކަން އެކިއެކި އެޖެންޓުންނަށް އަންގާލަން...

  7. ސސ

    ބޮޑުން ގުޅިގެން ކުރާކަމެއްވީމާ ދައުވާ ނުކުރީ، މަސްތުވާއިންގެ ދަށުވެ ޤައުމުވަނީ ފެއިލްވެފައި !

  8. އިނގޭ

    ތި ވާނީ ކުށެ އްނެ އް މަ އުސޫމު 2 ކުދިން ކަމަށް...ކޮން ބޮޑު އްނެކޭ؟؟؟