ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އަށް 30 ވެށިފާރަވެރިން ހޯދަން އިއުލާންކޮށްފިއެވެ.

ވެމްކޯ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީގެ ވެށިފާރަވެރިންގެ މަގާމަށް 30 މީހަކަށް ހުޅުވާލާފައިވާ ކަމަށެވެ. މި މަގާމަށް ނަގާ މީހުންގެ މުސާރަ އަކީ 9،000ރ.އެވެ.

މި ވަޒީފާ އަށް އެދި ހުށައަޅަންޖެހޭނީ ވަޒީފާ އަށް އެދޭ ފޯމާއި އައިޑީކާޑުގެ ކޮޕީއަކާއި ތިން މަސް ހަމަނުވާ ޕޮލިސް ރިޕޯޓެއް ކަމަށް ވެމްކޯއިން ބުނެއެވެ.

އެޕްލިކޭޝަން ފޯމް ބަލައިގަންނާނީ މއ. ޖަމްބުގަސްދޮށުގެ، ދެ ވަނަ ފަންގިފިލާގައި ހުންނަ ވެމްކޯ ހެޑް އޮފީހުންނެވެ. އެޕްލިކޭޝަން ހުށައެޅުމުގެ ސުންގަޑިއަކީ 24 އޮކްޓޯބަރ 12:00 ގެ ނިޔަލަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

ގޭގެއިން ކުނި ނެގުމުގެ މަސައްކަތް ވެމްކޯއިން ކުރަމުން އައިގޮތް ކޮވިޑް-19 ގެ ސަބަބުން ބަދަލުވެފައިވާ އިރު ކުރިން އެ ކުންފުނިން ކުނި ނަގަމުން އައީ ގޭބީސީތަކުން ވަކިވަކި ފަންގިފިލާތަކުންނެވެ. ނަމަވެސް ފަހުން ނަގަމުން ދަނީ ކޮންމެ ގޭބީސީއަކުން ވަކިންނެވެ.

އެއީ އެ ގޭބީސީއެއްގައި އުޅޭ ހުރިހާ ފަރާތަކުން މަގަށް ކުނި ނެރުމުން ވެމްކޯގެ މުވައްޒަފުން ކުނި ނަގާ އުސޫލުންނެވެ. ނަމަވެސް ސެޕްޓެމްބަރު 15 ވަނަ ދުވަހުން ފަށައިގެން އަލުން ކުރިން ކުނި ނަގަމުން އައިގޮތަށް ވެމްކޯއިން ވަނީ ކުނިނަގަން ފަށާފައެވެ.

ވެމްކޯގެ ސަބަބުން މާލެއާއި ރައްތަކުން ކުނި މެނޭޖްކުރުމަށް ބޮޑު ފަސޭހައެއް ވަނީ ލިބިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާންމުން

    ވީ އުނދަގޫ، ރަޖިސްޓްރީ ކުރަން އެހާ އުނދަގޫ، ވެރިފަރާތައް އެކަންވަނީ، އަމިއްލައަށް ކުނި އުކެން އޮތީއެއްނޫން

  2. ރޯދަ

    ކޮބައިބާ ވެށިފާރަވެރިންގެ އަސްލު މާނަޔަކީ

  3. ހުސައިން

    ބޮޑު މުސާރަ 9000