ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އއ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ރައީސް ސޯލިހް އއ. އަތޮޅަށް މާދަމާ ފައްޓަވާ ދެ ދުވަހުގެ ދަތުރުފުޅުގައި ހަ ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ އަދި ހިމަންދޫއަށެވެ.

މަބްރޫކް ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގައި އެ ރަށްރަށުގައި ހިންގަމުންދާ މަޝްރޫއުތައް ބައްލަވައިލައްވާ، ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރައްވާނެ ކަމަށެވެ.

ރައީސް ދާދި ފަހުން ވަނީ ތ. ކަނޑޫދޫ އަށް ވަޑައިގެން އެ ރަށުގައި ކުރިއަށްގެންދިޔަ ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ހަރަކާތްތައް ފައްޓަވައި ދެއްވައިފައެވެ.

އަދި އެމަނިކުފާނު ވަނީ ފާޓިގޭޝަން ސިސްޓަމް ރަސްމީކޮށް އިފްތިތާހްކޮށްދެއްވުމުގެ އިތުރުން، ކާބޯތަކެތީގެ މައުރަޒު ވެސް ހުޅުއްވައިދެއްވާފައެވެ. އޭގެ އިތުރުން ރައީސް ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރި ގައުމީ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައެވެ.

މިދިޔަ މަހު އެމަނިކުފާނު ވަނީ ވަނީ ރ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަޅޭ

    އޭނަ ރަސްދޫ އަށް ނޭރިޔަސް ރަންގަޅުވާނެ.

  2. Thoddoo

    Thoddoo police station ❤🍉🍉👮👮👮👮👮👮👮👮👮👮👮👮👮👮🌺🌺🌺🌺

    3
    1