ވެމްކޯ ސައުތު ރީޖަނަލް އޮފީހުގެ މެނޭޖަރު ޝާފިއު ޖަމީލަށް ހަމަލާދީ މާރާމާރީއެއް ހިންގައިފިއެވެ.

”ވަގުތަށް” އެނގިފައިވާ ގޮތުގައި ޝާފިއުއަށް ހަމަލާދީ މާރާމާރީ ހިންގާފައިވަނީ އޭނާ ސައިކަލުގައި އެކަނި ދަނިކޮށްނެވެ.

މި މާރާމާރީގެ މައުލޫމާތު އެނގޭ މީހަކު ބުނީ، ޝާފިއުއަށް ހަމަލާދީފައިވަނީ އައްޑޫސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ ޕަބްލިކް ވޯކްސްގެ މުވައްޒަފެއް ކަމަށެވެ.

"ވަގުތަށް" މައުލޫމާތު ދެއްވަމުން ޝާފިއު ވިދާޅުވީ، ވެހިކަލްތައް ހަލާކުވުމުގެ ސަބަބުން ކުނި ނުނެގި 3 ދުވަސް ވެއްޖެ ކަމަށާއި މަގު މަތިން ސައިކަލުގައި ދަނިކޮށް ހަމާލާދީފައިވަނީ އޭނާގެ ބުރަކައްޓަށް ކަމަށެވެ.

"ސައިކަލުގައި އައިސް އެއްވަރުކޮށް އަތުން ބުރަކަށީގައި ޖެހީ ވަރަށް ބާރަށް" ޝާފިއު ވިދާޅުވިއެވެ.

އަދި މިހާރު މައްސަލަ ފުލުހުަށް ރިޕޯޓްކޮށްފައިވާ ކަމަށާއި ބަޔާން ނަގަން ފުލުހުން ގުޅުމުން ބަޔާން ފުލުހުންނަށް ދޭނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވެހިކަލް ހަލާކުވެ ކުނި ނުނެގިގެން ވަރަށް ގިނަ މީހުން އަންނަނީ ވެމްކޯއަށް ގުޅާ ޝަކުވާ ކުރަމުންނެވެ. އަދި ގިނަ ބަޔަކު އަންނަނީ މީސްމީޑީއާގައި ވެސް އެކަމާއި ގުޅިގެން ނުރުހުން ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލީ

    ވެބްކެމް ޝާފިއުތަ

  2. މުޙައްމަދު

    ތިތާ ހުރީ ނިމިދިޔަ ސަރުކާރުން ގެންސްފައިހުރި ވެހިކަލް. މިސަރުކާރުގަ ތީންވެހިކަލެއްގެ ސްޕެއަރވެސް ނުހޯދާނެ. ނުވިތާކަށް އިތުރު ވެހިކަލެއްވެސް ނުހޯދާނެ. ކުނި ނުނެގި ހުންނަންޖެހޭ ސަބަބެއްނެތް. ސުވާދީވް ކަންމަތިން އޮފީސް ނުހިންގާ ވެމްކޯ އޮފީހުގަ ހުރެގެން މަސައްކަތް ކުރާނަމަ ވެހިކަލްވެސް ހުންނާނެ ކުނިވެސް ނެގޭނެ.

    • ނާގާބިލް

      ތިއީ ހަމަ ރަނގަޅުވާހަކައެއް.
      ގާބިލް ކަން ނެތި އެހެނިހެން ކުންފުނުތަކާއި މީހުން ކުރާ ކަންކަމަށް ކްލަބަްހައުސްގައި އަނގަތެޅުންނޫންކަމެއް ކުރަން އިނގޭ މީހެއްނޫން.

  3. ރަދީފް

    މިދެން ކާކުތަ؟؟ މެނޭޖަރޯ.ލޮލް.

  4. ސަހުލާ

    ވަރަށް ރޫޑް މެނޭޖަރެއް.
    ހިތްހެޔޮކަމާއި އެކު ސްޓާފުން އަދި ކަސްޓަމރުންނާއި ވާހަކަ ދައްކަން ނޭނގޭ "ކުނި" މެނޭޖަރެއް.

  5. އައްޑޫ ވެބްކެމް

    ތޭ އެއްވިއެސް ކަމަށް ވޭ މީހަށް ނުން. ތިއެ ތެތަނާއި ހަވާލަ ވީ ފަހުން ތެތަން މިޅިން ބޮއްސުން ލާފެއި އޮތީ. ތި އެގެ ކަމަކީ ކޮފީ ތަކި ފޮނި އަނގަ ތެޅުން. އެންމެ ފަހުން އެމްޑީޕީ އެތެރެ އިންތިހާބި އެސް ތިއެ ގެއި ޗޮކުން. ތިއެ މުޅުވޭނެއި ވެބްކެމް އިން އެކްޓް ކެރާ

  6. ސަހުލާ

    ތިމެނޭޖަރު ނޫނީ ނުހުންނާނެ އިއުލާންކުރުމެއް ނެތި، ގްރީންޒޯން ސަރަހައްދުން ގޯތިދިން މީހެއް. އެވެސް ސޯބެ މޭޔަރުކަމުގައި.

    1
    2