ކަނޑު ދަތުރު ކުރާ އުޅަނދުފަހަރުތަކުން އަމަލު ކުރަން ކަނޑައަޅާފައިވާ ގަވާއިދު ހަރުކަށިކޮށް، އަމަލު ކުރަން މުހުލަތެއް ޓްރާންސްޕޯޓް މިނިސްޓްރީން ދީފިއެވެ.

އެ މިނިސްޓްރީން ވަނީ އަންނަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދަށް އަމަލު ކުރަން އަންގައިފައެވެ. މިގޮތަށް އެ މިނިސްޓްރީން އަންގާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަނޑުމަތީގައި ހިނގި ހާދިސާގައި ހަތަރު އަހަރުގެ ކުއްޖަކު ގެއްލި، އެ ކުއްޖާ ނިޔާވި ހާދިސާއާ ގުޅިގެން އެ މިނިސްޓްރީއަށް ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އެ މިނިސްޓްރީން ނެރުނު ގަވާއިދުގައިވާގޮތުން، ސިއްހީ ކަންކަންވެސް ފުރިހަމަ ކުރަން ޖެހެއެވެ. އަދި ހުރިހާ ސެޓްފިކެޓްތައް ހެއްދުމާއި، ލައިސަންސް އޮތުން މަޖުބޫރު ކުރުމާއި، ލައިފްޖެކެޓް ފަދަ އެއްޗެހި ހުންނަން ޖެހޭ ކަމަށް ބަޔާންކޮށްފައި ވެއެވެ.

އެގޮތުން އޮއިލް ޕޮލިއުޝަން އެންޑް ޕްރިވެންޝަން ސެޓްފިކެޓް ހެއްދުމާއި، ނުރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާއި ބެހޭ ސެޓްފިކެޓް ހެއްދުމާއި، ސުވޭޖް ސެޓްފިކެޓް ހެއްދުމަށް އެ ގަވާއިދުގައި ވެއެވެ.

އަދި އުޅަނދުފަހަރު މަރާމާތު ކުރުމަށް އެހެލުމަށްފަހު ދޫކުރާ ލިޔުން ނެގުމާއި، ކެޕްޓަނުންނާއި،ފަޅުވެރިން އަދި މެރިން މެކޭނިކުންގެ ގެ އަތުގައި އެ މިނިސްޓްރީން ގަބޫލު ކުރާ ލައިސަންސް އަދި ސަނަދުތައް އޮތުންވެސް އެ ގަވާއިދުގައި ވެއެވެ

އަދި އޭގެ އިތުރުން ބޮޔަންޓް އެޕަރޭޓަސް ހުރުމާއި، ވެސެލް ޓްރެކިންގ ޑިވައިސް ހަރުކުރުމާއި، އުޅަނދުގެ މެނިފެސްޓް އެނގެން އޮތުމާއި ކެޕްޓަނާއި ފަޅުވެރިންގެ މެޑިކަލް އަދި ވަޒީފާގެ އެއްބަސްވުން ހުށަހެޅުމަށް އެ ގަވާއިދުގައި ވެއެވެ.

އަދި މުއާސަލާތީ އާލާތްތައް ހުރުމަށް އެ ގަވާއިދުގައި ބުނެފައިވާއިރު، މިންގަޑުތަކާއި އެއްގޮތަށް ލައިފް ޖެކެޓް އަދި ލައިފް ބޮއި ހުރުން ގަވާއިދުގައި ވެއެވެ.

އެ މިނިސްޓްރީން ވަނީ ދީފައިވާ މުހުލަތު ތެރޭގައި މިގޮތަށް އަމަލު ނުކޮށްދިނަމަ ސީވާދިނަސް ސެޓްފިކެޓް ބާތިލް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ކުރިންވެސް މިފަދަ އުސޫލުތަކައި ގަވާއިދުތައް ހެދިފައި ވެއެވެ. ނަމަވެސް އަމަލު ކުރަން ނުގެންދެއެވެ. އެ އުސޫލުތަކަށް އަމަލު ނުކޮށް ރާއްޖޭގެ ކަނޑުމަތީގައި އެތައް ނުރައްކާތެރި ހާދިސާތައް ހިނގައި އެތައް ބައެއްގެ ފުރާނަ ގެއްލިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޝަހުބާން

    ސަރުކާރުން މިފެންނަނީ އަބަދުވެސް ޖަމަލުފޮޑި ޖަހާތަން. ވަރައް އަޑު ހަރުވާނެ ޖަމަލު ފޮޑީގަ..އެކަމަކު ވަހެއް ނުހުންނާނެ އެހާ.

    14
    1
  2. ޝަނޫޙް

    ކަލޭމެން ބޮލުރޮދިންނައް އިނގޭތަ ތިޔަބުނާ ސަލާމަތީ ސެޓްފިކެޓު އެއީ ކިހިނެތް ދޫކުރާ އެއްޗެއްކަން. އެކަން ކުރަން އިންސްޕެކްޓަރު އައިމާ އޭނާއަށް ސައިފޮދަކާއި ލާރިކޮޅެއް ވައްޓާލީމަ ސަލާމަތީ އޮންނަނީ އެންމެމަތީ ދަރަޖައިން ސެޓުފިކެޓު ޖަހައި ނިމިފަ. ޓުރާންސްޕޯޓުގެ ކަރަޕްޝަނާއި ހުރެ ކޮމްޕުލައެންސު ނުގެނެވެނީ.

    14
  3. އުގުރި

    ކަނބުލޮ އެންމެފަހުން މޭކަޕް ކުރީ ކޮން ދުވަހަކުތަ

  4. ތަމީ

    ދެދުވަހުގެ ކަމެއް

  5. ހިތާމަ

    ތިގޮތަށް މީގެ ކުރިންވެސް ހަރުކަށި ކޮށްގެން އަމަލުކުރޭތޯ ބަލާލި ބަޔަކުވެސްނެއި. އަދިވެސް ޓެކްސީ ތަށް ފަހަތުން ދުވެވޭތޯ ބަލާ ރައްޔިތުންނާ ތަޅާފޮޅަން. ރާއްޖޭގަ އުޅޭ ބަންގާޅީންނާ ކަނޑުގަދުއްވާ އުޅަނދު ޗެކް ކުރަން ޗެކް ޕޮއިންޓް އެއް ހަދާބަލަ ފުލުހުން. ބުރިޖު ހައިވޭ ގަ ކެމެރާތަށް ހިފާގެން ތިބުމަށްވުރެން ކަނޑުމަތި ބެލެހެއްޓުން މާ ރަނގަޅެއް ނޫން ބާ، ފުލުހުންނާ ސިފައިންވެސް. ޖޫރިމަނާވެސް ކުރަންވީ މިމީހުން ނޫންތަ؟

  6. ޑޮކްޓަރ

    ތިހެން އުޅުނު ބްރިޖް ހުޅުވިތަނާވެސް ވަކި ވައްތަރެއްގެ ލޯގަނޑު ނޫނީ ގަބޫލް ނުކޮށް، އެނމެފަހުން މިހާރު ހެޔޮ ލޯގަނޑު ކީއްކުރަން މާސްކް ނާޅާ ހެލްމެޓް އަޅާފަހުއްޓަސް ޕޮލިސް މީހާ ނުބުނޭ އެއްވެސް އެއްޗެއް ހަމަ އޯކޭ.

  7. ގައުމު

    ޓްރާންސްޕޯރޓް މިނިސްޓްރީގެ ކަންކަން ރަނގަޅު ވެދާނެ ކަމަށް ގަބޫލު ނުކުރެވޭ.. ހާއްސަކޮށް ކަނޑުގެ ބައި..ޓްރާންޕޯރޓް މިނިސްޓްރީ އެއްވެސް ޓާޑާއެއް ދިމައެއް ނުވާނެ. ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ދުއްވަނީ ކިތައް ކަނޑުއުޅަނދު ކަމެއް ޓްރާންސްޕޯރޓް މިނިސްޓްރީއަކުން ނޭނގޭނެ. ރަށެއްގެ ކައުންސިލުން ޓްރާންސްޕޯރޓްގެ ލެޓަރހެޓުގައި ސީވާރދިނަސް ސެޓްފިކެޓް ދޫކުރާއިރު އެއީ ސައްހަ އެއްޗެއްތޯ ބެލޭނެ ނުޒާމެއް ޓްރާންޕޯރޓު އޮތޮރިޓީގައި ނެތް. ގަވައިދު ހަރުދަނާ ކުރިޔަސް ކޮރަޕްޓު ކަމާއި ނާތަހުޒީބުކަން ކެނޑިގެން ކަންކަން އިސްލާހް ވާނީ..

    • ބެއްޔާ

      ސީވާދިނަސް ނުދިނަސް އެމީހުނަކަށްނޭގެ.

  8. ޚިޔާލު 2

    މެޓުން މޫސުމާއިބެހޭ ގޮތުން އިންޒާރެއް ދީފިނަމަ ފުރަންވާނީ އެމް.އެން ޑީ އެފް އަށް އެންގުމަށްފަހު ހުއްދަ ލިބިގެނެވެ. އުޅަނދު ޗެކުކުރުމަށްފަހު 1 ގަޑިއރު ތެރޭ ހުއްދަދޭންވާނެއެވެ. ސެޓުފިކެޓުތަކަކުން ވާނެކަމެއް ނެތެވެ.

  9. ޑޮކްޓަރ

    އަޅެކާކުބާ މިހުރިކާ ކަމެއް ބަލަނީ ؟ ހުރިހާ ސަރުކާރަކުން ހުރިހާކަމެއް ޖަހަނީ ޕޮލިހުން ބޮލަށް ނަތީޖާއަކަށް ވަނީ އެމީހުންނާ ނުގުޅޭކަމެއް ހަވާލު ކުރީމާ އެ ހަވާލުކުރާ ދުވަސްކޮޅޫ އެކަނި ބަލާފާ ފަހުން ނުބެލުން، މިސާލަކަށް ސިނގިރޭޓު ޖޫރިމަނާފުދޭނެ.

  10. ބަބޫ

    ޓްރާންޕޯޓް އޮތޯރިޓީ އެއްކޮށް އޯވާރހޯލު ނުކޮށް ތިޔަކަމެއްނުވާނެ. ރާއްޖޭގެ އެއްމެ މަތީ ލެވެލްގަ ކޮރަޕްޝަން ހިންގާތަން. އެއްމެ މަތިންފެށިގެން ގޮސް މަސައްކަތުމީހާއާ ޖެހެންދެން ބަދަލު ކުރަން ޖެހިފަ އޮތްތަނެއްތީ. ދުވަހަކުވެސް ކަަޓުބައި ނުލާ ކޮރަޕްޝަނާ ނުލާ ކުރިޔަށްދިޔަ ތަނެއްނޫންތީކީ. އިންޑިޔާއަށްވުރެ މަތީގަ

    • ބާބޫ

      މީހުން ބަދަލު ކުރީމާ އެކަންކަން ހުއްޓޭތަ؟. ދެންއަންނަބަޔަކުވެސް ހަމަކަޓުނަގަނީ.

  11. ލލ

    ބޭރުގެ ރެފިއުޖީން ކޮންޓުރޯލް ނުވާ ބަޔަކު !