ފުލުހުންގެ މުއައްސަސާ، ހޯމް މިނިސްޓްރީގެ އިހްތިސޯސްގެ ދަށުން ވަކިކޮށް، ފުލުހުންނާއި ޒިންމާވާނެ ވަޒީރަކު ނެތްކަމަށް ބެލެވިފައި ވަނިކޮށް ރައީސް އޮފީހުން އެކަން ދޮގުކޮށްފިއެވެ.

މިއަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނިންމެވި ނިންމެވުން އޭގެ ހަމަހާއި 22 ދުވަސް ފަހުން މިއަދު ރައީސް އޮފީހުން ވަނީ ތަފްސީލް ކޮށްދީފައެވެ. އެއީ ރޭ މީޑިއާގައި ދައުރުވި ސިޓީ އަކާއި ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުންނެވެ.

ރައީސް އޮފީހުން ވިދާޅުވީ ފުލުހުންގެ ޤާނޫނުގެ ދަށުން އުފައްދަވައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް"އަކީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ "ދިވެހި ފުލުހުންގެ ޚިދުމަތް" ކަމުގައި އެ ޤާނޫނުގައި ބަޔާންކުރާތީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގަމުންދިޔަ "މޯލްޑިވްސް ޕޮލިސް ސަރވިސް"، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައިވާ އޮތް އޮތުން، 2021 މާރިޗު 27 ވަނަ ދުވަހުން ފެށިގެންނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ "ދިވެހި ފުލުހުންގެ ޚިދުމަތް"އަށް ޒިންމާވާނެ ވަޒީރަކީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމުގައި 27 މާރިޗު 2021 ގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ އުފުލައި، އަދި ފުލުހުންގެ ޚިދުމަތް ހިނގަމުންދަނީ އެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމަށްޓަކައި، މިނިސްޓަރ އޮފް ހޯމް އެފެއާޒު އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖެއްސެވުމުގެ ކަންކަން، 2021 މާރިޗު 27 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރައްވަމުން ގެންދަވާގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން އިތުރަށް ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ޖައްސަވަމުންގެންދަވާނީ، މިހައިތަނަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހަމަޖައްސަވައިފައިވާ ނަންބަރު 171 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބަބުރޫކް

    މިނިސްޓްރީއަށް ފޮނުވާ ސިޓީ އެޑްރެސްކުރާނީ ކިހިނެތް މިވީ ގޮތުން. އާންމުކޮށް ސިޓީ ދާނީ މިނިސްޓްރީގެ ބިއުރޯއަށް. މިނިސްޓްރުގެ ސެކްޓްރީއަށް. މިހާރު މިވީގޮތުން ސިޓީ ދާނީ ކޮންތާކަށް. ފަހަރިގެ ގެއަށްތަ. މިއޮތީ އެޑްމިނިސްޓްރޭޓިވް ޗޭންޖެއް ގެނެސް ވަރަށް މޮޅަށް.

    9
    2
  2. ކުތުބު

    ހިތުހުރިގޮތަކަށް ކަންކަން ކުރުމުން ރައްޔިޔުންނާ ޕޮލިހުންތިބީ ހަދާނެގޮތެއްނޭގިފަ މީބޮޑުވަރެއް

  3. ކޮއްޔާ

    މީ ކޮންކަހަލަ އޮޅުމެއްބާަ / މީއޮޅުން ބޮޅުން ގިނަ ދޯހަޅި ސަރުކާރު // އިސްތިއުފާ / އިސްތިއުފާ / އިސްތިއުފާ / އިސްތިއުފާ //

  4. ކާފަބޭ2020

    ވާނުވާސަރުކާރެއްގަ ތިޔައަކީމައްސަލައެއްނޫން! މިއީހަމަ ވާނުވާނޭގޭ ގުނބޯލިސަރުކާރެއް މިސަރުކާރަށްކުރެވޭކަމަކީ ހެޔޮހިތުންއަމިއްލަބާލީހަށް ބަންޑާރަކަފަވެއްދުން ފަތިފަތިން އިރައިގެންދާއިރުވެސްރޭކާނުލާވަރަށް އެކަމުގައިތިބީމަސްތުވެފަ ހެޔޮހިތުންވީހާގިނައިންއަތުޖެހުނުދިމާލަކުންދެމުންއޮތީ! ވޯޓު ކައިރިވާވަރަކަށް ތެޅޭތެޅުންގިނަވާތީ ހުޅުނބުދާއިރުވެސް ރޭކާނުލާވަރަށްތިބީ އެކަމުގައިމަސްތުވެފަ!

  5. އަބުދުﷲ

    އުސޫލު ގަވާއިދު ގާނޫނު ހިންގޭނީ ހަލާލު ތަކެތި ކައިގެން ލޭހިނގާ މީހުންގެ މެދުގަ ! 80 ޕަސެންޓު ކޮރެޕްޓް ރައްޔިތެއްގެ ތެރެޔަކު ނުހިގާނެ. މިއީ ރަން ތިރީސް އަހަރުގެ ފަޚުރުވެރި ރަން ނަތީޖާ.

  6. ހަޑިމިލޭރު

    ވަރިހަމަތާ. އެމެރިކާގެ ސަފީރު ނުލާހިކު ތައުރީފްކޮށްފި އިބޫސޯލިހުގެ ސިޔާސަތުތަކަށް. ދެލޯކަނު ސަފީރުންނަށް ކަމުދާނެ އެމިހުންގެ ޕްރޮޕެގެންޑާ ފަތުރާ ވެރިޔަކުހުރީމާ. ފެއިލްޑް ސްޓޭޓްގެ ފެއިލްްޑް ޕޮލިސީސް.

  7. ޝާން

    އިމުރާނު އިސްތިއުފާ ދޭނަމޭ ބުނީމަ އިބޫ ބިރުން ގޮތް ހުސްވެގެން އަނެއްކާ އިމުރާނު އާއި ހަވާލު ކުރީ

  8. ޅަތީފް

    ފަހަރި ދައިތަ ވެސް އިނީ ހަމަ އެހެން