އިތުރު 113 މީހުން ކޮވިޑަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން 36 މީހުން ފައްސިވިއެވެ. މިއަދަކީ މިދިޔަ މަހުގެ 27 ވަނަ ދުވަހަށް ފަހު މާލެ އިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 69 މީހުން އަދި ރިސޯޓްތަކުން ހަމީހުން ކޮވިޑަށް ފައްސިވިއެވެ. ސަފާރީއަކުން ވެސް މިއަދު ދެމީހުން ފައްސިވިއެވެ.

މިއަދަކީ އޮގަސްޓް މަހު އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 3636 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %3.11 މީހުން ކޮވިޑަށް ފައްސިވިއެވެ. މިއަދަކީ ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވި މީހުންގެ ނިސްބަތް ސެޕްޓެމްބަރ 29 ވަނަ ދުވަހަށް ފަހު %3 އަށް އެރި ފުރަތަމަ ދުވަހެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 75 މީހުންނެވެ. ކޮވިޑް ޖެހިފައި މިހާރު ތިބި މީހުންގެ އަދަދު 1279 އަށް އަރައެވެ. އޭގެތެރެއިން 17 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު އޮކްޓޯބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 1515 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަކީ 86324 އެވެ. އޭގެތެރެއިން 84793 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 239 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މީދެން އަރަތެއްކަހަލަ ކަމެއް.