ކޮވިޑް-19 އަށް ފައްސިވެ އައިސީޔޫގައި ފަރުވާ ދޭން ޖެހުނު ދިވެހި ފިރިހެނަކު އައިސީޔޫގައި އޮވެވެސް ނަމާދު ބަރާބަރަށްކޮށް، ދުއާކުރިކަމާއި، އެންމެފަހުން އޭނާ ކޮވިޑުން ރަނގަޅުވިކަން އޭނާ އަށް ފަރުވާ ދިން ޑޮކްޓަރަކު ފާހަގަ ކޮށްފިއެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރެއް ކަމަށްވާ ޑރ.މިގުދާދު ލިޔުއްވި ދިރާސާ ކަރުދާހެއް މެޑިކަލް ޖާނަލްއެއްގައި އާއްމު ކުރެއްވުމަށް ފަހު ފޭސްބުކްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވަނީ ބަލި މީހެއްގެ ކުރު މައުލޫމާތުކޮޅެއް ހިމަނުއްވާފައެވެ.

ޑރ.މިގުދާދު ވިދާޅުވެފައި ވަނީ ބަލި މީހާ ވަރަށް ބޮޑަށް ހާލުދެރަވެ އައިސީޔޫއަށް ލާން ޖެހުނު ވަގުތު ވެސް ބަލި މީހާ ދުއާ ކުރަމުން ގެންދިޔަ ހަނދާން ވަރަށް ރަނގަޅަށް އެބަހުރި ކަމަށެވެ. "އައިސީޔޫގައި ފަރުވާ ދޭން ފަށައި ބައިޕެޕް މެޝިން ގުޅައި އައިވީ ގުޅާފައި އޮތް އިރުވެސް އޭނާ ދުއާ ކުރަމުން ދިޔަ ހަނދާން ވަރަށް ރަނގަޅަށް އެބަހުރި." ޑރ.މިގުދާދު ލިޔުއްވާފައި ވެއެވެ.

ތަކުރާރުކޮށް އޭނާ ދުއާ ކުރިކަން ފާހަގަ ކުރަމުން ޑރ.މިގުދާދު ވިދާޅުވީ "އަށް ދުވަހު އައިސީޔޫގައި އޮތްއިރު އެންމެ ނަމާދެއް ވެސް އޭނާ ދޫކޮށެއް ނުލާ. އެއީ އޭނާ ބަލިން ރަނގަޅު ވާނެ ކަމުގެ އިތުބާރު އަޅުގަނޑުމެންނަށް ވެސް ލިބިގެން ދިޔަ ކަމެއް. އިރާދަފުޅުން އޭނާ އެއްކޮށް ރަނގަޅުވި. الحمد لله"

ޑރ.މިގުދާދު އާއްމު ކުރެއްވި ދިރާސާ ކަރުދާހަކީ ރާއްޖޭގައި ކޮވިޑް ޖެހުނު ބޮޑެތި މީހުންގެ ކިބައިން ފެނުނު މަލްޓިސިސްޓަމް އިންފްލޭޓަރީ ސިންޑްރޯމް އާއި ގުޅޭ ގޮތުން ކުރެއްވި ދިރާސާގެ މައްޗަށް އެކުލަވާލި ދިރާސާ ކަރުދާހެކެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 239 މީހަކު ވަނީ ނިޔާވެފައެވެ. ކޮވިޑް ޖެހުނު އެތައް ބަޔަކު ވަނީ ހާލު ވަރަށް ދެރަވެ އެތައް ދުވަހަކު ވެންޓިލޭޓަރުގައި ފަރުވާ ދިންފަހުން ބަލިން ރަނގަޅު ވެސް ވެފައެވެ. ބައެއް ޑޮކްޓަރުން މީގެ ކުރިން ވެސް މީޑިއާގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި އުއްމީދު ކަނޑާލި ކިތައްމެ ބަލި މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ާާާޢަލީ

  ﷲސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުން ވަންތަކަން..ހެޔޮރަޙުމަތް..ﷲއަކުބަރު..އަޅަމެންނަށް ހެޔޮރަޙުމަތް ލައްވާށި..
  އާމީން

  42
 2. ޢަބްދުﷲ

  ކޮވިޑް ޖެހުނު ދިވެއްސެއް: އަށް ދުވަހު އައިސީޔޫގައި އެންމެ ނަމާދެއް ވެސް ދޫނުކުރޭ!

  44 ސިކުންތު ކުރިން ( އޮކްޓޯބަރ 19, 2021 )

  الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله الحمد لله
  الله سبحانه وتعالى އަށް ޙަމްދު ހުރި

  38
 3. ތެދު

  ﷲއެބަލިސަލާމަތްކުރެއްވި މީހާއަށް ސީދާވެގެންވާތެދުމަގުގައި ލަހައްޓަވާ އުމުރުދިގުކުރައްވާ ޖައްނަތުލްފިރްދޯސް ދެއްވާންދޭވެ.

  38
  1
 4. އާދަމުގެދަރި

  ކީރިތި ޤުރްއާނަކީ ޝިފާއެއް ކަމުގައި ވަނީ އަންގަވާފައި. ދުޢާއަކީ އެންމެ ބާރުގަދަ ހަތިޔާރު. ނަމާދަކީ ކެތްތެރިކަން އެކުލެވިގެންވާ މަތިވެރި އަޅުކަމެއް. ސަބަބުގައި ހިފައިގެން ވަކީލުކުރުމަކީ ކާމިޔާބުގެ މަގު. މިގޮތްތައް ދޫކޮށްލައި ތިމަތިމާއަށް ފެންނަގޮތަކަށް އުޅެގަތުމުން ނާކާމިޔާބާ ކުރިމަތި މިވަނީ. ހަމަކަށަވަރުން މަރަކީ އަންނާނެ އެއްޗެއް.

  32
 5. މަހަލްދީބް

  الحمد لله

  30
  1
 6. ކޮރަލް

  އިބްރަތް ތެރި އަދި އިބްރަތް ހާސިލް ކުރަން ޖެހޭ ވާހަކަ އެކެވެ.

  28
 7. Anonymous

  ما شاء الله

  29
 8. އަޚް

  އަލްހަމްދުﷲ ﷲއަށް ހަމްދުހުރި. އަހަރެމެން ބަލިމީހުންގެ އެހީތެރިން އަދި ދިވެހި މުސްލިމް ނަރުހުންނާއި، ޑޮކްޓަރުންގެ ކިބައިން އެދޭ ވަރަށް ބޮޑު އެދުމެއް އައިސީޔު ނުވަތަ ވޯރޑްގައި އައިވީއާއި އޮކްސިޖަން ފަދަ ހޮޅިތައް ގުޅާފަ އޮންނަ މުސްލިމް ބަލިމީހާ ވުޟޫ ކޮށްލެވޭނެ.ނުވަތަ ތަޔައްމަމު ކޮށްލެވޭނެ ގޮތެއް ހައްދަވައިދެއްވުން.. އަހަރެމެން އެންމެންނަކީ އެއްބަޔަކު އަނެއްބަޔަކަށް ހެޔޮކަންތައްތައް ކުރުމުގައި އެހީތެރިވާ ނަމޫނާ މުސްލިމް ޤައުމެއްކަން އިޚްސާސްކުރެވެންޖެހޭ

  35
 9. Anonymous

  އަލްހަމްދުލިﷲ

  33