22:02

މިއަދު ވެސް މާލޭގެ އަދަދު މައްޗަށް، އިތުރު 95 މީހުން ފައްސިވެއްޖެ.

21:40

ކޮވިޑްގެ އާވައްތަރެއް އިނގިރޭސިވިލާތުން ފެނިއްޖެ.

19:47

ސިންގަޕޫރްގައި ކޮވިޑް-19ގެ ވޭދަނަތައް އިތުރުވެ ފިޔަވަޅުތަކަށް ލުއި ނުދޭން ނިންމައިފި. އެ ގައުމުގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަތަރު ހަފްތާއަށް ވަނީ އިތުރުކޮށްފައި

19:37

ޕޮލޭންޑުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ، އެގައުމުގެ ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ

14:36

ކޮވިޑް-19ގެ ވޭދަނަތައް ފެނި މިއަދު އެކަނި ތިން ރަށެއް ބަންދުކޮށްފި

ކޮވިޑް-19 އިން ދިފާއުވުމަށް ގިނަ ބަޔަކަށް ވެކްސިން ދެވިފައި ވުމުން މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދެން އިތުރުނުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމަކާއިއެކު އެޗްޕީއޭ އިން މިއަދު ވަނީ ވާހަކަ ދައްކާފައެވެ. ނަމަވެސް ވެކްސިން ބޮޑު އާބާދީއަކަށް ދީފައިވާ ގައުމުތަކާއި ސިޓީތަކުން ފެންނަ މަންޒަރު ތަފާތެވެ. ގިނަ ބަޔަކަށް ވެކްސިން ދިން ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިހުމާލު ވެއްޖެނަމަ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެގެން ގޮސްފައިވާ މަންޒަރު އެތައް ސިޓީއަކުން މިހާރު ވެސް ފެނިއްޖެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ހަގީގަތުގައި މިހާރު ރާއްޖޭގައި މާބޮޑު ފިޔަވަޅެއް އަޅާފައެއް ނެތެވެ. ބޭނުން މީހަކު ބޭނުން ގޮތަކަށް މާސްކް އެޅުން ފިޔަވައި ކޮވިޑުން ރައްކާތެރިވުމަށް ކުރުން މަޖުބޫރު އެއްވެސް ކަމެއް ނެތެވެ. އެހެންކަމުން ދުނިޔޭގެ ތަޖުރިބާއަށް ބަލާއިރު މާލޭގައި އަދިވެސް ކޮވިޑް އިތުރުވެގެން ނުދާނެ ކަމަށް ބުނަން ވަރަށް ދައްޗެވެ.

މިއަދު މާލެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވެސް ވަނީ އިތުރު ވެފައެވެ.

ކޮވިޑް އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފޭކްނިއުސް

    ދުނިޔެއަށް މިއަދު ޖެހިފައި އޮތް އެންމެ ބޮޑު ވަބާއަކީ ކޮރަޕްޓް ވިޔަފާރިވެރިންނާ އެމީހުންގެ ޕޭރޯލްގަ ތިބޭ ނޫސްތައް. މިކަހަލަ ނޫސްތަކައް ނޭނގޭ އެއްޗަކީ ކޮވިޑުގެ ހަބަރު މިހާރު މީހުން ބަލާއުޅެނީ ސޯޝަލް މީޑިއާއިންނާ ކަމުގެ މާހިރުން ބުނާ އެއްޗެއް. ކޮވިޑާ އެކީ ޚަބަރު ވަސީލަތްތަކުގެ ޑިމާންޑް ވަނީ ވެއްޓިފަ. ނޫސްތައް ޢާންމުކޮށް ބަލަނީ ރެސިޕީ ތަކާ ބްރޭކިންގް ހެޑްލައިންސް އަށް.

  2. އަހުމަދު

    އަސްތަ ކޮއިފުޅާ ތިވާހަކަ ނުދައްކާ. ރާއްޖޭގަ އޮންނަނީ އުޑުން ފައިބައިގެން އައި އެޗް.ޕީ.އޭ އެއް. މުޅި އިންސާނީ ނަސްލާއި ނުބައްދަލު މޮޅު ބައެއް ތީ.

  3. ނާއްޓެ

    މާސްކުވެސް ނާޅާ އެވެސއަޅަނީ ހިތައްއެރިއްޔާ މިސްކިއްތަކުގަވެސް ގިނަމީހުން އެތިބެނީ މާސްކުނާޅާ