މާލޭގައި 18 އަހަރު ނުފުރޭ ކުޑަކުދިންތަކެއް މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި އަލަމާ ގޯޅީގައި ހިނގި މާރާމާރީ އެއްގައި 15 އަހަރު ނުފުރޭ ދެ ކުޑަކުދިން ވަނީ 26 އަހަރުގެ ފިރިހެނަކަށް ހަމަލާދީ ޒަހަމްކޮށްލާފައެވެ.

މިކަން ފުލުހުން ކަށަވަރު ކޮށްދެއްވާފައި ވާއިރު 26 އަހަރުގެ މީހާ އަށް ލިބުނު އަނިޔާތަކަށް އައިޖީއެމް ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

މި މައްސަލަ އާއި ގުޅިގެން 15 އަހަރު ނުފުރޭ ދެ ކުދިން ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރި ނަމަވެސް، މި ދެ ކުދިންނަކީ ވެސް ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ އުމުރުފުރައިގެ ދެކުދިން ކަމުން އާއިލާ އާއި ހަވާލު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓާއި ޖުވެނައިލް އޮފެންޑާސް ޑިޕާޓްމެންޓު ގުޅިގެން މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި މައްސަލާގައި އަނިޔާވި މީހާގެ ތަފްސީލެއް ފުލުހުން ނުދެއްވި ނަމަވެސް، މައުލޫމާތު ލިބޭ ގޮތުގައި އެމީހާ އަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.

ކުޑަކުދިން ޖިނާއީ ކުށްތަކަށް އަރައިގަތުމަކީ ރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ. ނަމަވެސް ވަރަށް މަދު ފަހަރަކު ނޫނީ އެފަދަ މައްސަލަތައް ފުލުހުން މީޑިއާގައި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. އިއްބެ

  މި ދިވެހިރާއްޖޭގަ ބޮޑެތި ހުރިހާ ކުއްތަކެއް ގިނައިން ކުރަނީ މަސްތުވާ ތަކެތި ވިއްކަން އުޅެނީ މާރާމާރީ ހިންގަނީ މީހުންގެ މުދަލަށް ގެއްލުންދެނީ ތިބުނާ 18އަހަރު ނުފުރޭ ގެރިބަކަރި ތަށް. ކިތަންމެ ބޮޑު ކުށެއް ކުރިޔަސް މީހެއްގެ ފުރާނަ ދުއްވާލިޔަސް 18އަހަރު ނުވަންޏާ އޯކޭ. މަސްތުވާތަކެތި ވިއްކާ ބޮޑުންތަށް ދެފައި ދާމާލާފަ ގޭގަ ބޮޑު ސޯފާޔައް އަރާތިބެގެން 18އަހަރު ނުވާ ..... ފޮނުވައިގެ............ ކިހާބޮޑު ނުހޮރޮއްޕާނެއް ކުޑަ ކުއްޖަކު ނުދާނެ ކުއްކުރާކަށް ބޮޑެތި މީހުން ދާނީ.

  143
  6
  • މަސްކޮޅު

   އިއްބޭ ހަމަ ޙަޤީގަތުގައި މި ބޮޑު ނޮހޮރޮއްޕާނެއް ދެންހަމަ ފަނަރަ އަހަރު ނުފުރޭތީ ތިކަން ވެސް ތި ހިސާބުން ފޮހެވިގެން އެދިޔައީއެވެ. އަޅެފަހެ މިކުދިންގެ ބެލެނިވެރިން ވެސް ނުވަތަ މައިން ބަފައިން ވެސް ތިބޭނެއްނު މި މީސްމީހުންނަށް އަދަބު ލިބޭގޮތައް ހަދާލަދީބަލަ އެ އޯކޭޔޭ އަޅުގަނޑު ނަމަވެސް (މިކުންގެ ބެލެނިވެރިންނަށް ޤާނޫނީގޮތުން އެކުދިން އުފުލަން ކަނޑައެޅިފައިވާ ތަކުލީފުތައް ޙަވާލުކޮށް ބަލަ) އޭރުން ޖެހޭނީ މައިތިރިވާން ޢިއްޒަތަކަށް ޤަދަރަކަށް ބަލާނެކަމެއް ނެތް އޭރުން އަހަރެމެންގެ މި މާޙައުލު ތިވަބާތަކުން މިންޖުވާނެ ދޯ!

   19
  • ހެޔޮނުވާނެ

   ތަޅާފޮޅައި މަގުމަތީ އުޅުނަސް އެކުދިންނަށް ގެރިބަކަރި އަށް ގޮވަން ހެޔޮވެސް ނުވާނެއެވެ. ޝައްކެއް ނެތް ގޮތުގައި އެދަރަޖައަށް އެކުދިން ވެއްޓޭނީ ބެލެނިވެރިން އިހުމާލުވީމަ އެވެ. އެކުދިން ހަމަ މަގަށް އެޅުމުގައި އެކުދިންނާއިމެދު އޯގާތެރިކަން އިސްކުރުން މުހިންމެވެ. އަދި ނޭނގެ ތި 26 އަހަރުގެ މީހާ އަކީ އެކުދިންނަށް ކީއްކޮށްފަ ހުރި މީހެއް ކަމެއްކަން ވެސް! ދާދިފަހުން ހުޅުމާލޭގައި މަރާލާފައި ފޮއްޓަކަށް ލާފައި އޮތް 13 އަހަރުގެ ކުއްޖާ މެރީވެސް، ހަމަ ތިޢުމުރުގެ މީހަކު އިސްވެހުރެ ކިހާދުވަހަކު އެކުއްޖާއަށް އެކި ގޮތް ގޮތުން ގޯނާ ކޮށްފަނޫން ހެއްޔެވެ! އެހެންވީމައި އަހަރުމެން ހުރިހައި އޭންގަލަކުން ވިސްނަން ޖެހޭނެ އެވެ.

   1
   1
 2. ށުގާން

  ތީ ހާދަހާނުބައި ކުޑަކުދިން ތަކެކޭދޯ. ހަމަ ހައިރާންވެއްޖެ.

  18
 3. ޢަހު

  ބޮޑުމީހުނާއި ކުޑަމީހުން އަމިއްލައަށް ކަނޑައަޅައިގެން މިއުޅޭ މަޖިލިސް މެމްބަރުންތަށް ﷲގެ ޙަޒރަތަށް ޙަޒިރު ކުރެވޭ ދުވަހު ދޭނީ ކޮން ޖަވާބެއްތޯ؟ﷲ ވަނީ ކުޑަކުދިންނާއި ބޮޑެތި މީހުން މީގެ އެތަށް އަހަރެއް ކުރިން އިސްލާމްދީން އއުމާއެކު ކަނޑައަޅުއްވާފަ

  19
  1
 4. އައްޑޫ މީހާ

  ކުޑަކުއްޖާ ނުބެލި މަގުމަތީގައި މީހުންނަށް ހަމަލާދޭން ދޫކޮށްފައި ބެހެއްޓުމަކީ ބެލެބިވެރިޔާގެ މަސްޢޫލިއްޔަތު އަދާ ނުކުރުން އެހެންވީމަ ބެލެބިވެރިޔާ ހައްޔަރުކުރޭ ހަމަގައިމުވެސް ބެލެނިވެރިޔާ ޒިންމާދާރު ކުރެވެންޖެހޭނެ ޤާނޫނުތައް ހަދަނީ ތާކުންތާކު ޖެހޭ ގޮތަކަށެއްނޫން ކުޑަކުދިންނާއި ގުޅުންހުރި ޤާނޫނުތަކަށް އެބަޖެހޭ އިސްލާހު ގެންނަން ކުށުގެ ވެށީގައި އުޅޭ ކުދިންކުރާ ކުށެއްގެ ބޮޑު ކުޑަމިނަށް ބަލައި ބެލެނިވެރިޔާއަށް އޭގެން އަދަބެއް ދެވޭނެ ކަހަލަ ގޮތަކަށް އޭރުން ދަރިން ތަރުބިއްޔަތު ކުރުމުގައި އިހުމާލުވާ ބެލެނިވެރިން މަދުވާނެ އަދި ދަރިން އެހާ ފަސޭހައިން މަގުމައްޗަށް ދޫކޮށްލާކަށް ނުކެރޭނެ، މިހާރު މާބޮޑަށް ފަސޭހަކޮށްފަ އޮންނާތީ ހުރިހާކަމެއް ގޯސްވަނީ މިކަމުގެ ޒިންމާ ނަގާނެ ފަރާތެއްނެތް! އަނިޔާލިބޭ ފަރާތުން ލިބުނު ގެއްލުމުގެ ޒިންމާވެސް ހުރިހާ ޒިންމާއެއްވެސް ނަގަން ޖެހެނީ ސަރުކާރުގެ ވެރިން ހެވި ދިއްލިފައި ތިބީމަ ހުރިހާ ކަމެއް ނިމުނީ

  13
 5. ފުލެމިންގޯ

  މި އުޅޭ ގޭންގު މީހުން ކުދިން ބޮލަށް އެރިގެން ހުރިހާ ނުބައި ޖަރީމާ ހިންގުވާފައި ތިބޭނީ ފިލާ ކުށުގެ ޒިންމާ އުފުލަން ނުޖެހޭ އުމުރުގެ ކުދިން ދެން ކުއްކުރުމުގައި އުޅޭނީ މިއީ ފަނަރަ އަހަރު ނުވާކުދިންނަށް ހެޔޮވެގެންތޯ ނުވަތަ ގޭންގުތަކުގެ ބޮޑުންނަށް ހެޔޮއެދިގެން ކުރާކަމެއްތޯ ސުވާލު އުފެދޭ

  12
 6. ލޯބިވާ ވަޠަން

  އެ މީހެއްގެ ސަލާމަތްތެރިކަން ކަށަވަރު ކުރަންޖެހޭނީ އެމީހެ ކޭ ބުނާ ހިސާބުގަ ކަންތައް މިއޮތީ. ދައުލަތުގެ ވެސް މިބުނާ ކުޑަ ކުދީންގެ މައިން ބަފައިންގެ ވެސް އެއްވެސް ޒިއްމާއެއް ނެތް. ކޮބާ އަނިޔާ ލިބުނު މީހާގެ ހައްގު؟

  13
  1
 7. ފަތަބޯންވީ

  ތިބުނާ 18 ނުވާ ޅަދަރިންގެ މައިންބަފައިން ނޫނީ ބަލަދު އަރާމީހުން ހިފާ ހައްޔަރު ކުރަންވީއެއްނު.

  20
 8. ބޯޑުކުއްޖާ

  "18 އަހަރު ނުފުރޭ ކުޑަކުދިން" މިއީ ޒުވާނުން ހަލާކުކުރަން ޣައިރު މުސްލިމުން އުފެއްދި ނުލަފާ ފިކުރެއް. އެކުދިން ނުބައި ގޭންގުތަކުގެ ޝިކާރައަކަށް ހަދަނީ ސަރުކާރުތައް ގަސްތުގަ.

  16
  1
 9. ޙުދުހުދު

  18 އަހަރަކަށް ނޫން ބަލަން ވީޚީ.. ކުރިކުށަށް ބަލަންވީ... ޓެގު އަޅުވަންވީ... ގޭގައި ބަންދު ކޮށް ވަނަވަރު ހާމަކުރަންވީ... މައިންބަފައިންގެ ނަމާއެކު...

  16
 10. މުޙައްމަދު

  އެ ކުދިންނާ ދޭތެރޭ ފިޔަވަޅު ނޭޅޭނަަމަ އެކުދިންގެ މައިންބަފައިންނާ ދޭތެރޭ ފިޔަވަޅު އަޅަންވީނު. ގައިމު ކޮންމެ އެއްކޮޅެއް ޖެހޭނެ މައިތިރިވާން.

  11
 11. ޙަސަނާ

  ކުޑަކުދިންތަކެއް މަރާމާރީ ހިންގާ މީހަކު ޒަހަމްކޮހްފި ގޯޅިއެއްގައި 17 އަހަރުންމަތީ ކުޑަކުދިންތަކެއް 18 އަހަރު ކިރިޔާފުރުނު މީހަކައް ހަމަލާދީ ޒަހަމްކޮފި މައުލޫމާތުލިބޭ ގޮތުގަ އެކުދިންގެ އުމުރަކީ 17 އަހަރާ 10 މަސް ހިއުމަންޖެންޑެރ ...

  • ށަވިޔަނި

   އެކަމަކު ބިދޭސީއެއްތޯ ުުަުު ަަނުވަތަ ދިވެއްސެއްތޯ އެވަރު ބުނެލިނަމަ ަ

 12. އަލީ

  ތިވަރުގެ ކުއްތަކަށް އަރައިގަންނާނީ ކުޑަކުދިން ނެއް ނޫން .އެހެން ވީމަ ކުޑަކުދިން ނޭ ނުކިޔާ

 13. ލާމު

  ކުޑަކުދިން މާރާމާރީ ހިންގުމާއި މީހުން މެރުން ފަދަ ޖިނާއީ ކުށްތަކަށް އަރައި ނުގަންނާނެ.

 14. Anonymous

  musaara ނުދ

 15. Anonymous

  ސާބަހޭ ، 15 އަހަރުގެ ކުދިން މައިން ބަފައިން ނަށް ނުބެލުނީމަދޯ ގޮސް މާރަމާރީ ހިންގާ ހުރިހާ މުންކަރާތަކައް އަރަމުން ދިވަނީ އެކަން ކޮއްގެން ހައްޔަރުވީމަ އަނެއްކާވެސް މައިންބަފައިންނާ ހަވާލު، ހަވާލުވާތާ 5މިނެޓް ނުވާނެ މައިން ބަފައިންނާ ދިމާލައައް ގޮވާނެބހުރިހާ އެއްޗެއްބގޮވާފަ އެންބުރި ހަމަ މުންކަރާތްތައް ކުރުމަަށް ،

 16. ޙހހހ

  ތި ވެދާނެ އެކުދިން ބަތްކައްކާ ކުޅެން އުޅެނިކޮށް ވަޅި އަތުން ކައްސާލައިގެން ވި ކަމަކަށް. ކުޑަކުދިން ވީމަ ނޭގޭނެއެއްނު ރަނގަޅަށް ވަޅި ގެންގުޅޭކަށް