ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނު ދަތުރުފުޅުކުރައްވަން ހަމަޖެހިފައިވަނީ އއ. ތޮއްޑޫއަށާއި، ރަސްދޫއަށާއި، އުކުޅަހަށާއި، މަތިވެރިއަށާއި، ބޮޑުފޮޅުދޫ އަދި ހިމެންދޫއަށެވެ.

އެރަށްތަކަށް ކުރައްވާ ޒިޔާރަތުގައި ވަކިވަކި ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ވިޔަފާރިވެރިންނާއި، ދަނޑުވެރިން އަދި ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ އިތުރުން ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ދަތުރުފުޅުގައި ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވައިލެއްވުމަށާއި، ސަރުކާރުން ހިންގާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން އެމަނިކުފާނު ތޮއްޑޫ ސްކޫލްގެ 12 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލް ހުޅުއްވައިދެއްވާ، ބޮޑުފޮޅުދޫ މިސްކިތް ހުޅުއްވައިދެއްވާ، ހިމެންދޫގެ ބަނދަރު ހުޅުއްވައިދެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސްގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަވާސާ އިބޫ

    މި ރަށްތަކުގައި (ތޮއްޑޫއަށާއި، ރަސްދޫއަށާއި، އުކުޅަހަށާއި، މަތިވެރިއަށާއި، ބޮޑުފޮޅުދޫ އަދި ހިމެންދޫ) ގައި ބަންގުރަލާއި އޫރުމަސް ވިއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި މިސްކިއްތަކުގައި އަޑުގަދަ ކުރާ ބަހައްޓައިގެން ބަންގި ނުގޮވޭގޮތް ހެދުމަކީ މިރަށުގެ އެމްޑީޕީގެ އެކުޓިވިސްޓުންގެ ހުށަހެޅުމެއް! އަދި ސްކޫލުތަކުގައި އިސްލާމް މާއްދާ ނުކިޔަވަދޭގޮތް ހަދައި ކޮމްޕަޓިޓިވް ރިލިޖަން ކިޔަވަދޭން ހަމަޖެއްސުން!

    1
    2
  2. ތަމީ

    ލާޗާރި ބިޗާރީއަށް ރައްޔިތުންގެ ފައިސާތައް ނުތަޅާ ހަލާކުވެފައިހުރި ސީއެމްބިއުލާންސް ތައް ރަގަޅު ކޮއްބަލަ. ކިތައްރަށުގައިތޯ ބަލިމީހަކު އުފުލާލާނެ އަތްގާޑިއަލެއްވަރުވެސް ނެތީ. ތާއީދު ނެތް މީހަކު ތާއީދު ހޯދަން ރައްޔިތުންގެ ފައިސާ ނުތަޅާ.

  3. ލުތުފީ

    މީނަ އަތޮޅުތެރެއަށް މިދަނީ މަސްރޫއުތަކުގެ ރެބަން ކަޑަބްތޯ؟ ނުން މީނަ ދަތުރުމިކުރަނީ 2923ގެ ކެމްޕިއަނަށް! ކަލޯ އިބުރާހިމާ ދެން ދިވެހިރައްޔިތުންނަކަށް ދޯކާއެއް ނުދެވޭނެ! ތިޔައީ ހުސް އަގަތަޅާ މީހެއްކަން ރައްޔިތުންނަށް އެގިއްޖެ!