ގުޑުގުޑާ ދޫނިތައް ހިފާ ހައްޔަރުކޮށް އެޔަށް ގޯނާ ކުރާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމާއި މެދު ނުރުން ފާޅުކުރައްވައިފިއެވެ.
މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ނަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ ރާއްޖެއަށް އައި ގުޑުގުޑާދޫނި (ފްލެމިންގޯ) ތަކެއް ހިފައި ބޮޑު އަގުގައި ވިއްކަން ބަޔަކު މީސްމީޑިއާގައި ޖަހާފައިވާތީ އެކަމާއި މެދު އާއްމުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. އާއްމުން ވަނީ އެންވައިރޮމެންޓް ޕްރޮޓެކްޝަން އެޖްންސީ (އީޕީއޭ) އަށް އެކަމަށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފައެވެ.
އިރުވައި މޫސުމުގެ ކުރިއަށް އިރުވަޔަށް އެޅުމުގެ ކުރީގައި ދޫނި ސޫފާސޫފި ދަތުރުކުރުން ގިނަވެއެވެ. ގުޑުގުޑާ ދޫންޏަކީ ބައެއް އަހަރުތަކުގައި ރާއްޖެ އަށް އަންނަ ދުންޏެއް ކަމަށްވެވެ. ގުޑުގުޑާދޫނި ނުވަތަ ފްލެމިންގޯ އާއި އެހެން ދޫނި ސޫފާ ސޫފިތައް މިދުވަސްކޮޅު ރާއްޖެ އަށް ދަތުރުކުރަނީ ބިސްއަޅާ ވިހެއުމަށް ކަމަށާއި އެ އެއްޗެހީގެ ހިޖުރަކުރުމަށް ހުރަސް އެޅޭ ފަދަ ކަންކަން ނުކުރުމަށް އެންވައިރޮމެންޓް ޕްރޮޓެކްޝަން އެޖެންސީ އިން އަންގަވާފައިވާކަން ރައީސް ނަޝިދު ވަނީ ފާހަގަކުރައްވާފައެވެ.
"އެހެން އަންނަ ދޫންޏެއްވެސް ނުހިފުމަށާއި ގޯނާވެސް ނުކުރުމަށް. އެ ދޫންޏެއް ހިޖުރަކުރާ މަގުގައި ތިބުމަށް އަޅުގަނޑުމެން ތިބުން. އެއީ އަޅުގަނޑުމެން އެއަށް އަރައި ނުގަތުން. އޭގައި ރިހަ ކައްކަން ނޫޅުން. އޭގެ ފިޔަކޮށާފައި ގޭގައި ނުބެހެއްޓުން. ދާ ޖަހާފައި ނުހިފެހެއްޓުން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ގުޑުގުޑާދޫނި އެންމެ ފުރަތަމަ ފެނިފައިވަނީ ހއ. ފިއްލަދޫންނެވެ. ރާއްޖޭގެ އެހެން ބައެއް ހިސާބުތަކުން ވެސް މި ދޫނި ވަނީ ފެނިފައެވެ. ހއ. އަދި ހދ. އަތޮޅުން ފެނިފައިވާ ގުޑުގުޑާދޫނި ވިއްކަން ޖަހާފައިވަނީ "ޕެޓް ލަވާސް" ކިޔާ ވައިބާ ގްރޫޕެއްގައެވެ. އެނގިފައިވާ ގޮތުގައި ރާއްޖެ އައި ގުޑުގުޑާދޫނިތަކުގެ އަދަދު 10 އަށް ވުރެ ގިނަ ވާނެއެވެ. މިއީ ދުނިޔެ އިން ވެސް ވަރަށް މަދުން ފެންނަ ވައްތަރެކެވެ.
އެހެންނަމަވެސް ހިފާފައިވަނީ ކިތައް ގުޑުގުޑާދޫނި ކަމެއް އަދި މިހާތަނަށް އެނގިފައް ނުވެއެވެ. ހިޖުރާކުރާ ދޫނިތައް ހިފާނަމަ ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭއިން ވަނީ ވިދާޅުވެފައެވެ. ހިޖުރަކުރާ ދޫންޏަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނިތަކެކެވެ. ރާއްޖެއަށް ހިޖުރަކުރި ފްލެމިންގޯ ނުވަތަ ގުޑުގުޑާ ދޫނިތަކެއް ހިފައި ބޮޑުއަގުގައި ވިއްކަން ޖަހާފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާކަން ފުލުހުންވެސް ވަނީ ހާމަކުައްވާފައެވެ.
އަބްދުﷲ ގާޒީ ހިފާ ހައްޔަރުކުރިމީހާ މިވާހަކަދައްކަން ވަރަށް ރީތި.
ދުނިޔެއިން ވަރަށް މަދުންފެންނަ އެއްޗެކޭ ލިޔުނަސް ކަމަކު ނުދާނެ އެބަޖެހޭ އަމިއްލަ ރައުޔު ނެރުމުގެ ކުރިން ކަމުގެ ހަޤީޤަތް ދެނެގަނެ ދަސްކުރަން އާންމު މަޢުލޫމާތު މުއްސަނދިކޮށްބަލަ....ތިއީ ދުނިޔޭގައި ވަރަށް ގިނަ އެއްޗެއް ދުނިޔޭގެ ތި ދޫނި އުޅޭ ޤައުމުތަކުގައި އުޅޭނެ ތީގެ ބައިވަރު އައިންހަދާފަ ،،،،އެހެންވީމާ އެއްޗެއް އާންމުންނާ ހަމަޔަށް ނެރުމުގެ ކުރިން ކުޑަކޮށް ގޫގުލްކޮށްލިޔަސް މިިވަރަު އެނގޭނެ މިޒަމާނުގައި،.... ދެން ޖަހާބަލަ ގޫގުލްގަ ތިއީ އެންޑޭންޖަރ އެއްޗެއްތޯ...ނޫން........
ޚކަލެެހިކުރަނި ގުުދުގުދަ ދޮޮ
ދެން ކޮންކަމެއް ކޮށްފިއްޔާތޯ މަނިކުފާނު ރުޅިދުރު ނުވާނީ؟ ރައީސުންނާއި މިގައުމުގެ ބޮޑުންނާ އަދި ނަމާދުކޮށް ދީނަށް ލޯބިކުރާ މީހުން ފެނުމުން "ގޮޅާބޯ" ގޮވުންތޯ؟ ނޫނިއްޔާ މަނިކުފާނު ޒާތީވެ ޖައްސާލި ކޮންމެމީހަކާ މަގުމަތިނެ ދިމާކޮށް އައުގުރާން ގޮވުންތޯ<<
ފުލެމިންގޯއޭ ނުކިޔާ ގޮސް ޔޫ.ކޭގަ އޮވެބަލަ. މިތަނަށް އައީ ކީއް ކުރާންތޯ. ހިސާން ބުނީތޯ ދެންއަންނާށޭ؟ ބުނެބަލަ! ކޮން ލަދެއްތޯ ގަންނަންވީ، ގައިމު ލަދުހަޔާތާނުލާ.... ބިރަކާނުލާ .... މާގައްޑާ ވެގެން އުޅޭ ސޮރެއްނޫންތޯ؟